މޮޑްރިޗް، 2024 ގެ ޔޫރޯގައި ކުޅެން ކްރޮއޭޝިއާ ކޯޗު ބޭނުން

Dec 17, 2022, 6:05 AM
މޮޑްރިޗް، 2024 ގެ ޔޫރޯގައި ކުޅެން ކްރޮއޭޝިއާ ކޯޗު ބޭނުން

ދޯހާ، ގަތަރު (ޑިސެމްބަރު 17) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕަކީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗްގެ ބައިނަލްއަގުވާމީ ފަހު މުބާރާތް ކަމަށް ވާނެ ކަމަށް ގިނަ ބަޔަކު ހީކުރި ނަމަވެސް އޭނާ އަށް 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސްކޮޑުން ވެސް ފުުރުސަތު ދޭނެ ކަމަށް ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް ބުނެފި އެވެ.

ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި މިރޭ މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޑާލިޗް ބުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ވެސް ބައެއް ކުޅުންތެރިން ގައުމީ ޓީމާ ވަކިވި ކަމަށާއި މި ފަހަރު ވެސް އެ ގޮތަށް ކަންކަން ހިނގާނެ ކަމަށެވެ.

އެކަމަކު، އޭނާ އެދެނީ 37 އަހަރުގެ މޮޑްރިޗް އަދިވެސް ޓީމުގައި މަޑުކުރުމަށް ކަމަށް ޑާލިޗް ވަނީ ބުނެފަ އެވެ.

"މިހާރު މި އޮތް ކްރޮއޭޝިއާގެ ޖީލުގެ ނިމުން އެންމެ ބޮޑަށް ފެންނާނީ 2024 ވަނަ އަހަރުގެ ޔޫރޯގައި. އެހާތަނަށް އަހަރެންގެ ކޮންޓްރެކްޓް ވެސް މި އޮތީ، އަހަރެން ބުނާނީ މޮޑްރިޗް މިހާރު އެ ހުރި ލެވަލްގައި އަދިވެސް އޭނާ އަށް ގައުމީ ޓީމަށް ކުޅެވޭނެއޭ، މޮޑްރިޗް ފަދަ ކުޅުންތެރިން ވެސް ހިމަނައިގެން، އަހަރެން 2024 ވަނަ އަހަރާ ހަމައަށް ޕްލޭން މި ހަދަނީ،" ޑާލިޗް ބުންޏެވެ.

"އަހަރެން ގަބޫލުކުރަނީ އޭނަ (މޮޑްރިޗް) އަށް އަދިވެސް ގައުމީ ޓީމަށް ކުޅެވޭނެ ކަމަށް،"

ކްރޮއޭޝިއާ ޓީމަށް 2006 ވަނަ އަހަރު ކުޅެން ފެށި މޮޑްރިޗް ވަނީ އެ ޓީމާ އެކު، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 ވަނަ އަަހަރުގެ ޔޫރޯ، 2012 ވަނަ އަހަރުގެ ޔޫރޯ، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް، 2016 ވަނަ އަހަރުގެ ޔޫރޯ އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން މިދިޔަ އަހަރުގެ ޔޫރޯ އާއި މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅެފަ އެވެ.

މޮޑްރިޗް ވަނީ މިހާތަނަށް ކްރޮއޭޝިއާ ޓީމަށް ކުޅެދިން 161 މެޗުން 23 ލަނޑު ޖަހައިފަ އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ މޮޑްރިޗް އަށެވެ. ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ ވެސް އެ އަހަރު ކާމިޔާބުކުރި މޮޑްރިޗް ވަނީ މިރޭ ކުޅޭ ތިން ވަނަ ހޮވާ މެޗުން މޮރޮކޯ އަތުން މޮޅުވެ، ރަނގަޅު ރެކޯޑަކާ އެކު، މި ފަހަރުގެ މުބާރާތް ނިންމާލަން ބޭނުން ކަމަށް ބުނެފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އާއި މޮރޮކޯ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެެގެންނެވެ. މޮޑްރިޗް ދެކޭ ގޮތުގައި ތިން ވަނަ ހޮވާ މެޗުގެ ހާލަތު ތަފާތުވާނެ އެވެ.

މިއީ ވޯލްޑް ކަޕެއްގެ ތިން ވަނަ ހޮވާ މެޗުގައި ކްރޮއޭޝިއާ އިން ކުޅޭ ދެ ވަނަ ފަހަރެވެ. ކްރޮއޭޝިއާ އިން ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުން ނެދަލެންޑްސް އަތުން މޮޅުވެފަ އެވެ.

މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މި ފަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 20:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox