ބުސްކެޓްސް ސްޕެއިނަށް ކުޅުން ހުއްޓާލައިފި

Dec 16, 2022, 2:02 PM
ބުސްކެޓްސް ސްޕެއިނަށް ކުޅުން ހުއްޓާލައިފި

މެޑްރިޑް (ޑިސެމްބަރު 16) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މިޑްފީލްޑަރު، ސާޖިއޯ ބުސްކެޓްސް ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.

ސްޕެއިން ޓީމަށް ކުޅުން ހުއްޓާލިކަން ބުސްކެޓްސް، މިއަދު އިއުލާނުކުރިއިރު، ކްލަބް ފުޓްބޯޅައިގައި އޭނާ ކުޅެމުން އަންނަ ބާސެލޯނާ ދޫކޮށްލަން އުޅޭ ވާހަކަތައް ވެސް އަންނަނީ ދެކެވެމުންނެވެ.

"ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ގައުމީ ޓީމަށް ކުޅެ، މި ޓީމުގައި ހޭދަކުރި 143 މެޗުގައި ވެސް އަހަރެން މަސައްކަތް ކުރީ ޓީމުގެ ހައްގުގައި، މިއީ ގައުމީ ޓީމާ ދުރަށް ޖެހިލަން އެންމެ ރަނގަޅު ވަގުުުތު ކަމަށް އަހަންނަށް ގަބޫލުކުރެވެނީ،" 34 އަހަރުގެ ބުސްކެޓްސް ބުންޏެވެ.

ބުސްކެޓްސް އަކީ ސްޕެއިން ގައުމީ ޓީމާ އެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިއެކެވެ. ބުސްކެޓްސް އަކީ އޭރުގެ ސްކޮޑަށް ބަލާއިރު، އެންމެ ފަހުން ރިޓަޔާމަންޓް އިއުލާނުކުރި އެއް ކުޅުންތެރިޔާ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ޓީމުގެ މެޗެއްގެ ތެރެއިން ބުސްކެޓްސް.

ސްޕެއިން ގައުމީ ޓީމަށް ބުސްކެޓްސް އަށް ވުރެ ގިނަ މެޗު ކުޅެދިނީ ދެ ކުޅުންތެރިއެކެވެ. އެއީ 167 މެޗު ކުޅެދިން، 2010 ވަނަ އަހަރުގެ ކެޕްޓަން، ކުރީގެ ކީޕަރު އިކާ ކަސިއަސް އާއި މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ނުލިބުނު ސާޖިއޯ ރާމޯސް އެވެ. ރާމޯސް ވަނީ ސްޕެއިން ޓީމަށް 180 މެޗު ކުޅެދީފަ އެވެ.

"ގައުމީ ޓީމުގައި ހޭދަކުރި ކޮންމެ ވަގުތެއް ވަރަށް ހާއްސަ، ދުނިޔޭގެ ޗެމްޕިއަނަކަށް، ޔޫރަޕްގެ ޗެމްޕިއަނަކަށް އަހަންނަށް ވެވުނު، އެންމެ ފަހުން ސްޕެއިން ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައި، ކުޅުން ހުއްޓާލާއިރު، މިއީ އަހަރެން ފަހުރުވެރިކަމާ އެކު ފާހަގަކުރާނެ ކަމެއް،" ބުސްކެޓްސް ބުންޏެވެ.

ބުސްކެޓްސް އަށް ސްޕެއިން ޓީމުން އެންމެ ފުރަތަމަ ފުރުސަތު ދިނީ 2019 ވަނަ އަހަރު ސްޕެއިންގެ އޭރުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. ބުސްކެޓްސް ވަނީ ސްޕެއިން ޓީމަށް ދެ ގޯލު ޖަހައިދީފަ އެެވެ. އޭނާ ގައުމީ ޖޯޒީގައި ފެނިގެންދިޔަ އެންމެ ފަހު މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ސްޕެއިނުން ޕެނަލްޓީ ޖަހައިގެން މޮރޮކޯ އަތުން ބަލިވި މެޗުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox