މެސީ އަށް ފައިނަލްގައި "ފަސޭހަނުވާނެ" ކަމަށް ޖިރޫ ބުނެފި

Dec 16, 2022, 10:42 AM
މެސީ އަށް ފައިނަލްގައި "ފަސޭހަނުވާނެ" ކަމަށް ޖިރޫ ބުނެފި

ދޯހާ، ގަތަރު (ޑިސެމްބަރު 16) - އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ފަސޭހަނުވާނެ ކަމަށް އެ ޓީމާ ދެކޮޅަށް ނުކުންނަ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސް އިން ތަށި ދިފާއުކުރަން ފައިނަލުގައި އާޖެންޓީނާއާ ބައްދަލުކުރާއިރު، މި ދެ ޓީމު ވަނީ އެންމެ ފަހުން، ރަޝިއާގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން ފްރާންސް މޮޅުވީ 4-3 އިންނެވެ.

މި ފަހަރުގެ ފައިނަލުގައި ދެ ޓީމު ބައްދަލުކުރުމުގެ ކުރިން، ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައިވާ ޖިރޫ ބުނީ މެސީ އަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް ކަމަށެވެ.

އެކަމަކު، ޓީމެއްގެ ގޮތުގައި ކުޅެގެން މެސީ އާއި އާޖެންޓީނާ ކައިރިން ނަތީޖާ ނެރެން ފްރާންސަށް އެނގޭނެ ކަމަށް ޖިރޫ ގަބޫލުކުރެ އެވެ.

"މެސީ އެންމެ ހިތްހަމަޖެހިގެން ހުރެ ކުޅޭ މެޗަކަށް ފައިނަލް ވިޔަނުދޭން އަހަރެމެންނަށް ކުރެވުނު މަސައްކަތެއް ކުރާނަން. ޔަގީނުން ވެސް ފަސޭހައެއްނުވާނެ. އަހަރެމެން މި މެޗު މޮޅުވާން ބޭނުން. އަހަރެމެން އަނެއްކާ ވެސް މި ތަށި އުފުލާލަން ބޭނުން،" 60 އަހަރު ތެރޭ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާ ފުރަތަމަ ޓީމަށް ވުމުގެ އަމާޒުގައި ފްރާންސް އިން ކުރާ މަސައްކަތުގައި ބައިވެރިވާން ފޮނި އުންމީދެއްގައި ހުރި ޖިރޫ ބުންޏެވެ.

2018 ވަނަ އަހަރު ކުޅުނު މެޗުގެ ތެރެއިިން ޖިރޫ (ކ) އާއި ޕޮގްބާ (ވ) ކައިރިން މެސީ ބޯޅަ ފޮނުވާލަނީ.

ޖިރޫ ބުނީ 2018 ވަނަ އަހަރު މެސީ ހުއްޓުވަން، އޭރު ފްރާންސް ޓީމުގައި މޮޅަށް ކުޅުނު އެންގޯލޯ ކާންޓޭ ތަފާތު ކުޅުމެއް ދެއްކި ކަމަށާއި މި ފަަހަރު މެސީގެ ގޭމް ކުޅުނަނުދެން ފްރާންސް އިން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން މެސީ އެކޭ އެއްވަރަށް އާޖެންޓީނާގައި ދެން ތިބި ކުޅުންތެރިންނާ މެދު ވެސް ފްރާންސުން ވިސްނަން ޖެހޭނެ ކަމަށް ވެސް ޖިރޫ ގަބޫލުކުރެ އެވެ.

"ހަނދާން ނައްތާލައިގެން ނުވާނެ، ހަމައެކަނި މެސީއެއް ނޫން އެ ޓީމުން ކުޅެނީކީ. އާޖެންޓީނާ ޓީމުގައި ވަރަށް ބުރަކޮށް ޓީމަށްޓަކައި ކުޅޭ މޮޅެތި ކުޅުންތެރިން އެބަތިބި، އަހަރެމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ،" ޖިރޫ ބުންޏެވެ.

މި ފަހަރުގެ މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ މެސީ އާއި ފްރާންސްގެ ކީލިއަން އެމްބާޕޭ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ފަސް ގޯލު ޖަހައިފަ އެވެ. ދެ ވަނައިގައި އޮތީ ހަތަރު ލަނޑު ޖެހި ޖިރޫ އާއި އާޖެންޓީނާގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ.

ޖިރޫ ބުނީ ހަތަރު ކުޅުންތެރިއަކަށް ރަން ބޫޓު ހޯދުމުގެ ފުރުސަތު އޮތުމަކީ ވެސް ފައިނަލަށް އިތުރު ގޮތްތަކަކުން މީހުންގެ ސަމާލުކަން ހުއްޓޭނެ ކަމެއް ކަމަށެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް އޮތް ޕްރެޝަރުގެ ތެރެއިން ވެސް އެ ޓީމު ފައިނަލަށް ގެންދަން ކުރި މަސައްކަތަށް ތައުރީފު ހައްގުކަމަށް ޖިރޫ ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕާ ފްރާންސުން ކުރިމަތިލީ އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ނުލައި ކަމަށްވާއިރު، ބަދަލުގައި ޓީމަށް އަރައި، މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ އަގުވަޒަންކުރަން ޖެހޭ ކަމަށް ވެސް ޖިރޫގެ ވާހަކައިގައި ފާހަގަކުރި އެވެ.

މާދަމާރޭ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި ކުޅޭނީ އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ އާއި މުޅިން އަލަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާގެ މޮރޮކޯ އެވެ. ފައިނަލުގައި އާޖެންޓީނާ އާއި ފްރާންސް ކުޅޭ މެޗު އޮންނާނީ އާދިއްތަ ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox