ރެޑްވިންގްސް ބަލިކޮށް ޓީރެކްސް ޗެމްޕިއަންކަން ހޯދައިފި

Dec 16, 2022, 5:12 AM
ޓީރެކްސްގެ ކުުޅުންތެރިން ތަށްޓާ އެކު އުފާފާޅުުރަނީ.

ޓީރެކްސްގެ ކުުޅުންތެރިން ތަށްޓާ އެކު އުފާފާޅުުރަނީ.

ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ރޭ ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ފޯރިގަދަ ކުޅުމަކަށް ފަހު ޓީރެކްސް އިން ކާމިޔާބުކުރީ 50-54 ޕޮއިންޓުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ލީޑެއް ނަގައި ހަމަޖެހިލަން ބޭނުންވާތީ ފެނިގެންދިޔައީ އަވަސް ކުޅުމެކެވެ. ރެޑްވިންގްސްގެ ޒުވާން ކުޅުންތެރިން ކައިރިގައި ޓީރެކްސްގެ ތަޖުރިބާކާރު ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކައި، ފުރަތަމަ ކުއާޓާ ނިންމާލީ، 17-21 އިން ލީޑުގައި އޮވެ އެވެ.

Advertisement

އެކަމަކު، ދެ ވަނަ ކުއާޓާގައި ރެޑްވިންގްސް އިން ކުޅުން ރަނގަޅުކުރިއެވެ. ރެޑްވިންގްސް އިން ދެ ވަނަ ކުއާޓާ މެދު ތެރެއިން 27-25 އިން ލީޑުނަގައި، މި ކުއާޓާ ނިންމާލިއިރު، އޮތީ، 29-25 އިން ކުރީގަ އެވެ.

ޓީރެކްސް އާއި ރެޑްވިންގްސް ރޭ ކުޅުނު ފައިނަލް މެޗުގެ ތެރެއިން: ރެޑްވިންގްސްގެ ޒައިދާން (ކ) ކައިރިން ޓީރެކްސްގެ ވިލްދާން ބޯޅަ ހިފައިގެންދަނީ

ދެ ވަނަ ކުއާޓާގައި ދެއްކި ކުޅުން ރެޑްވިންގްސް އިން ވަނީ ތިން ވަނަ ކުއާޓާ ފެށިއިރު ވެސް ތަކުރާރުކޮށްފަ އެވެ. ނަތީޖާ އަަކަށްވީ ރެޑްވިންގްސް އިން މި ކުއާޓާ ފެށިގެން ހަތް ޕޮއިންޓުގެ ލީޑެއް ނެގުމެވެ. އެކަމަކު، އަލީ ފަޒްލީ (އޮލިމްޕިކް)ގެ އިރުޝާދުގެ ދަށުން ކުުޅުނު ޓީރެކްސް އިން ބަދަލުތަކެއް ގެނެސްގެން، މެޗުގެ ތެރެއަށް އެނބުރި އަ އެވެ. އަދި ކުއާޓާ ނިންމާލީ 41-41 އެއްވަރުވެގެންނެވެ.

ނަތީޖާ ނެރުނު ކުއާޓާގައި ޓީރެކްސް އިން ވަރަށް ރަނގަޅަށް ތަޖުރިބާގެ ބޭނުންކޮށްގެން ކުޅުނެވެ. އެ ޓީމުން ޕްރެޝަރު ވަގުތުތަކުގައި ވެސް ހަމަޖެހިގެން ކުޅުމުގެ ނަތީޖާ އަކަށްވީ 50-54 އިން މެޗުން މޮޅުވުމެވެ. މި ކުއާޓަރުގައި ރެފްރީ ވަނީ ޓީރެކްސްގެ އިބްރާހިމް އަންފާލް ޝަރީފް (އަންޓެ) އާއި އިސްމާއިލް ވިލްދާނަށް ފިޔަވަޅު އަޅައިފަ އެވެ.

ރޭގެ މެޗުގައި ޓީރެކްސް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް އެއްކުރި އަހުމަދު ފިރާޝް އެވެ. ފިރާޝް އަށް ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފަ އެވެ. އެ ޓީމުން ދެން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެ ޓީމަށް އެންމެ ގިނަ ރީބައުންޑް ނަގައިިދިން، މުހައްމަދު ހުވައިލިދު އަލީ (ހުވޭ) އެވެ. ހުވޭ ވަނީ ރީބައުންޑުން ހަތް ޕޮއިންޓް ސްކޯކޮށްފަ އެވެ.

ރޭގެ ފައިނަލް މެޗަށް ފަހު ރަނަރަޕަށް ދިޔަ ރެޑްވިންގްސް ޓީމު މެޑަލް އަޅައިގެން ފޮޓޯއަކަށް ހުއްޓިލައިގެން.

މި މުބާރާތުގައި ރެޑްވިންގްސް އިން ޖުމްލަކޮށް ބަލާއިރު މޮޅު ކުޅުމެއް ދެއްކި އެވެ. ރޭގެ މެޗުގައި ރެޑްވިންގްސް އަށް އެންމެ ރަނގަޅަށް ކުޅެދިނީ، 14 ޕޮއިންޓް ސްކޯކުރި އަހުމަދު ލައިލް ޝިފާން އެވެ.

އޭގެ އިތުރުން މެޗުގައި އެންމެ ގިނައިން ރީބައުންޑް ކާމިޔާބުކުރި ކުޅުންތެރިއަކީ، ރެޑްވިންގްސްގެ ޝިރުފާން އަހުމަދު އެވެ. އޭނާ ވަނީ ރީބައުންޑުން އެކަނި 13 ނަގައިދީފަ އެވެ.

މަރުހޫމް ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕަކީ ދާދި ފަހުން ނިމުނު އެމްބީއޭ ޗެމްޕިއަންޝިޕުގައި ރަނގަޅު ނަތީޖާ ނެރުނު ކުލަބްތަކާ އެކު މުޅިން އަލަށް ބާސްކެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ މުބާރާތެކެވެ. ލަންކާގެ ޓީމުތައް ވެސް ވާދަކުރި މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ކުއީންސް ބާސްކެޓްބޯލް ކްލަބް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox