ތައިލޭންޑްގެ އަމީރާއަށް ހިތުގެ މައްސަލައެއް ދިމާވެ، ކުއްލިއަކަށް ވެއްޓިއްޖެ

އަމީރާ ބަޖްރަކިތިޔަބާ. -- ފޮޓޯ: އީޕީއޭ

އަމީރާ ބަޖްރަކިތިޔަބާ. -- ފޮޓޯ: އީޕީއޭ

ތައިލޭންޑް ރަސްގެފާނުގެ ދޮށީ ދަރިކަނބަލުންނަށް ހިތުގެ މައްސަލައެއް ދިމާވެ ކުއްލި ގޮތަކަށް ވެއްޓި ވަޑައިގަތުމުން ފަރުވާ ދޭން ފަށައިފި އެވެ.

ތައިލޭންޑްގެ ޝާހީ ގަނޑުވަރުން ބުނީ އަމީރާ ބަޖްރަކިތިޔަބާ ވެއްޓި ވަޑައިގަތީ ބުދަ ދުވަހުގެ ރޭ އިރުއުތުރު ބެންކޮކްގައި އެކަމަނާގެ ކުއްތާތައް ތަމްރީން ކުރުމުގައި އުޅުއްވަނިކޮށް ކަމަށެވެ.

އުމުރުފުޅުން 44 އަހަރުގެ އަމީރާއަކީ ރަސްގެފާނު ވަޖިރަލޮންގްކޯންގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. ކައިރި ހޮސްޕިޓަލެއްގައި ފަރުވާ ދެއްވުމަށް ފަހު، ހެލިކޮޕްޓަރުގައި އެކަމަނާ ބަދަލުކުރީ ބެންކޮކްގެ ހެލްތު ފެސިލިޓީ އަކަށެވެ.

Advertisement

ޝާހީ ގަނޑުވަރުން ބުނީ އެކަމަނާގެ ހާލުކޮޅު "ކޮންމެވެސް ވަރަކަށް ސްޓޭބަލް" ކަމަށެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި އިތުރު ތަފްސީލެއް ނެތެވެ. އެހެން ނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެކަމަނާގެ ހާލުކޮޅު ސީރިއަސް އެވެ.

އަމީރާ ބަޖްރަކިތިޔަބާ، ރަސްގެފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ. އެކަމަނާއަކީ ރަސްގެފާނުގެ ޕާސަނަލް ގާޑުގައި އިސް އޮފިސަރެކެވެ.

ތައިލޭންޑްގެ ޝާހީ އާއިލާގެ ތެރޭގައި ތައުލީމީ ގޮތުން އެންމެ ގިނަ ކާމިޔާބީތައް ހޯއްދަވާފައިވާ ބޭފުޅުންގެ ތެރޭގައި އެކަމަނާ ހިމެނިވަޑައިގަންނަވަ އެވެ. އެގޮތުން އެމެރިކާގެ ދެ ޔުނިވާސިޓީއަކުން ގްރެޖުއޭޓް ޑިގްރީ ހާސިލްކުރެއްވި އެވެ.

ތައިލޭންޑުގެ ވަލީ އަހުދުގެ ގޮތުގައި ރަސްގެފާނު އެއްވެސް ފަަރާތެއްގެ ނަން އިއުލާނު ކުރައްވާފައެއް ނުވެ އެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ރަސްގެފާނަށް ފަހު ތަހުތު ލިބިވަޑައިގަންނަވާނީ އަމީރާ ބަޖްރަކިތިޔަބާ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox