އީޔޫ ޕާލަމެންޓްގެ ކުރީގެ ނައިބު ރައީސް ކޮރަޕްޝަންގެ ތުހުމަތު ދޮގުކޮށްފި

އީވާ ކައިލީ ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު. -- ފޮޓޯ: ރޮއިޓާޒް

އީވާ ކައިލީ ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު. -- ފޮޓޯ: ރޮއިޓާޒް

ޔޫރޮޕިއަން ޕާލަމެންޓްގެ ކުރީގެ ނައިބު ރައީސް އީވާ ކައިލީއަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކުރައްވައިފި އެވެ.

ބެލްޖިއަމްގެ ދެ ގެޔަކާއި ފޮއްޓަކުން 1.5 މިލިއަން ޔޫރޯ ފެނުމުން ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި ގްރީސްއަށް ނިސްބަތްވާ އީވާ ކައިލީ ހިމެނެ އެވެ. އެއީ ގަތަރުން އީޔޫ ޕާލަމެންޓް މެމްބަރަކަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނާ މައްސަލައެކެވެ.

އީޔޫ ޕާލަމެންޓުގައި ނެގި ވޯޓަކުން، އޭނާ ނައިބު ރައީސްކަމުން ދުރުކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ޕާލަމެންޓުގައި 14 ނައިބު ރައީސުން ތިބެ އެވެ.

ޕާލަމެންޓުގެ ރައީސް ރޮބޭޓާ މެޓްސޯލާ ވިދާޅުވީ މިއީ "ޔޫރޮޕްގެ ޑިމޮކްރަސީއަށް އުނދަގޫ ދުވަސްތަކެއް" ކަމަށެވެ. ގަތަރުން ތުހުމަތުތައް ދޮގުކުރެ އެވެ.

"އީވާ ކައިލީގެ ކުށެއް ނެތް ކަމާއި ގަތަރުން ރިޝްވަތު ހިފުމާ އޭނާއާ ގުޅުމެއް ނުވާ ކަމަށް ތަކުރާރުކޮށް ފާހަގަކުރި،" ގާނޫނީ ވަކީލް ވިދާޅުވި އެވެ.

އީވާ ކައިލީގެ އިތުރުން ތުހުމަތު ކުރެވޭ ތިން މީހަކާ ދެކޮޅަށް ބެލްޖިއަމްގައި ވަނީ ދައުވާ އުފުލައިފަ އެވެ. އުފުލި ދައުވާތަކަކީ "ޖިނާއީ ހަރަކާތް ރާވައި ހިންގުމާއި، ކޮރަޕްޝަނާއި، މަނީ ލޯންޑަރިން" އެވެ.

އެކަމުގެ މައުލޫމާތު އޭއެފްޕީއާ ހިއްސާކުރި މަސްދަރަކުން ބުނީ އެއީ 2004 އިން 2019 އަށް އިޓަލީގެ ސޯޝަލިސްޓް އެމްޕީއަކަށް ރިޝްވަތު ދޭން ގަތަރުން ކުރި މަސައްކަތާ ގުޅުން ހުރި މައްސަލައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox