ހަމުގެ ކެންސަރަށް އުފެއްދި ވެކްސިންގެ ދިސާރާގައި ރަނގަޅު ނަތީޖާތަކެއް

އެ ވެކްސިން އުފެއްދީ މޮޑާނާ އާއި މާކް ގުޅިގެން. -- ފޮޓޯ: ރޮއިޓާޒް

އެ ވެކްސިން އުފެއްދީ މޮޑާނާ އާއި މާކް ގުޅިގެން. -- ފޮޓޯ: ރޮއިޓާޒް

ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 13) - މެސެންޖާ އާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަމުގެ ކެންސަރުގެ ބަލި މީހުންނަށް ހާއްސަ "ޕާސަނަލައިޒްޑް" ވެކްސިން އުފައްދައި، އޭގެ ތަހުލީލުން ރަނގަޅު ނަތީޖާތަކެއް ލިބިފައިވާ ކަމަށް މޮޑާނާ އާއި މާކް ކުންފުނިން ބުނެފި އެވެ.

އެމްއާރްއެންއޭ ޓެކްނޮލޮޖީއަކީ ކޮވިޑް ވެކްސިން އުފެއްދުމުގައި މުހިއްމު ޓެކްނޮލޮޖީ އެކެވެ. އެ ޓެކްނޮލޮޖީގެ އެހީގައި އެހެން ވައިރަސްތަކާއި ކެންސަަރު ފަދަ ބަލިތަކާ ދެކޮޅަށް ކުރިއެރުން ހޯދިދާނެ ކަމަށް ސައިންސްވެރިން ދެކޭތާ އަހަރުތަކެއް ވެއްޖެ އެވެ.

ހަމުގެ ކެންސަރަށް އުފެއްދި ވެކްސިންގެ އެންމެ ފުރަތަމަ ތަހުލީލުގައި 150 މީހުން ބައިވެރިވި އެވެ. އެއީ ސާޖަރީ ހަދައި މެލަނޯމާ ޓިޔުމަރް ނަގާފައިވާ މީހުންނެވެ. ހަމުގެ ކެންސަރަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރާ "ކެއިޓްރުޑާ"އާ އެކު އެ މީހުންނަށް ވެކްސިންގެ ނުވަ ޑޯޒް ދިނެވެ.

Advertisement

ތަހުލީލުން ދެއްކި ގޮތުގައި މަރުވުމާއި އަލުން ކެންސަރު ފެތުރުމުގެ ފުރުސަތު 44 ޕަސެންޓް ކުޑަވެ އެވެ. ތަހުލީލުގެ ފުރިހަމަ ނަތީޖާ ވަރަށް އަވަހަށް ޝާއިއުކުރާނެ އެވެ. ވެކްސިންގެ ތަހުލީލުގެ ތިން ވަަނަ މަރުހަލާ 2023 ގައި ފަށަން ރާވާފައިވާ އިރު، އެ މަރުހަލާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވާނެ އެވެ.

މެސެންޖާ އާރްއެންއޭއަކީ ސެލްތަކުގެ ތެރޭގައިވާ މޮލެކިޔުލް އެކެވެ. އެ މޮލެކިޔުލްގައި ހިމެނެނީ ޕްރޮޓީން އުފައްދަން ބޭނުންވާ މައުލޫމާތެވެ. ހަށިގަނޑުގައި ވަކި ވައިރަހެއް ނުވަތަ ބައްޔަކާ ދެކޮޅަށް ހަނގުރާމަ ކުރާނެ ޕްރޮޓީން އުފެއްދުމަށް، އެ މޮލެކިޔުލް ޑިޒައިން ކުރުމުގެ ގާބިލްކަން ސައިންސްވެރިން ވަނީ ހޯދައިފަ އެވެ.

މެލަަނޯމާއަކީ ހަމުގެ ކެންސަރުގެ އެންމެ ނުރައްކާތެރި ބާވަތެވެ. އެ ބަލީގެ މުޅިން 325،000 ކޭސް 2020 ވަނަ އަހަރު އެކަނިވެސް ރިޕޯޓުކުރި އެވެ. ރިޕޯޓުތައް ބުނާ ގޮތުން 2022 ވަނަ އަހަރު އެ ބަލީގައި 8000 މީހުން މަރުވާނެ ކަމަށް ލަފާކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox