ޔޫރޮޕްގެ ޑިމޮކްރަސީ އޮތީ ނުރައްކަލަށް ހުށަހެޅިފައި: އީޔޫ ޕާލަމެންޓް

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކުރި އީޔޫ ޕާލަމެންޓުގެ ނައިބު ރައީސް އީވާ ކައިލީ. -- ފޮޓޯ: ރޮއިޓާޒް

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކުރި އީޔޫ ޕާލަމެންޓުގެ ނައިބު ރައީސް އީވާ ކައިލީ. -- ފޮޓޯ: ރޮއިޓާޒް

ސްޓްރެސްބޯގް، ފްރާންސް (ޑިސެމްބަރު 12) - ޔޫރަޕްގެ ޑިމޮކްރަސީ އޮތީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ޕާލަމެންޓުގެ ރައީސް ރޮބޭޓާ މެޓްސޯލާ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ އެ ޕާލަމެންޓުގެ ނައިބު ރައީސް އީވާ ކައިލީ ކޮރަޕްޝަންގެ ތުހުމަތުގައި ބެލްޖިއަމްގައި ހައްޔަރު ކުރުމާ ގުޅިގެންނެވެ. އެއީ ގަތަރުން އީޔޫ ޕާލަމެންޓް މެމްބަރަކަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނާ މައްސަލައެކެވެ.

"މިކަން އޮޅުވާނުލާތި. ޔޫރޮޕްގެ ޕާލަމެންޓަށް އެ ދަނީ ހަމަލާދެމުން. ޔޫރޮޕްގެ ޑިމޮކްރަސީއަށް އެ ދަނީ ހަމަލާދެމުން. އަޅުގަނޑުމެންގެ މިނިވަން، ހުޅުވާލެވިފައިވާ މުޖުތަމައުތަކަށް އެ ދަނީ ހަމަލާދެމުން،" ޕާލަމެންޓް މެމްބަރުންނާ މުހާތަބު ކުރައްވައި މެޓްސޯލާ ވިދާޅުވި އެވެ.

ގްރީސްއަށް ނިސްބަތްވާ އީވާ ކައިލީގެ އިތުރުން ތުހުމަތު ކުރެވޭ ތިން މީހަކާ ދެކޮޅަށް ބެލްޖިއަމްގައި ވަނީ ދައުވާ އުފުލައިފަ އެވެ. އުފުލި ދައުވާތަކަކީ "ޖިނާއީ ހަރަކާތް ރާވައި ހިންގުމާއި، ކޮރަޕްޝަނާއި، މަނީ ލޯންޑަރިން" އެވެ.

ބެލްޖިއަމްގައި ހުންނ އީޔޫ ޕާލަމެންޓްގެ އިމާރާތައި ގެތަކެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ފުލުހުން ހޯދި އެވެ. ރިޝްވަތު ދީގެން އީޔޫ ޕާލަމެންޓް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ކުރާ ތުހުމަތުތައް ގަތަރުން ދޮގުކުރެ އެވެ.

އެ މައްސަލައާ ގުޅިގެން އީޔޫ ޕާލަމެންޓްގެ ނައިބު ރައީސްގެ ޒިންމާތަކުން އީވާ ކައިލީ ވަނީ އެކަހެރިކޮށްފަ އެވެ. އޭނާ އެ މަގާމުން ދުރުކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ. ޕާލަމެންޓް ތެރޭގައި ވަނީ ވަކި ތަހުގީގެއް ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox