އުތުރު ސީރިއާއިން ކުރުދީ ސިފައިން "ސާފުކޮށްލަން" އުރުދުގާން އެދެފި

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން.

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން.

އިސްތަންބޫލް، ތުރުކީ (ޑިސެމްބަރު 11) - އުތުރު ސީރިއާއިން ކުރުދީ ސިފައިން "ސާފު ކުރުން" ވަރަށް މުހިއްމު ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން، ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއަށް ދަންނަވައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު އިސްތަންބޫލްގައި ހަ މީހުން މަރުވި ހަމަލާ ދިނީ ކުރުދީން ކަމަށް ބުނެ، އުތުރު ސީރިއާއަށް ސިފައިން ފޮނުވައި، އެ ތަނުގައި އުޅޭ ކުރުދީންނާ ދެކޮޅަށް ހަނގުރާމަ ކުރާނެކަމުގެ އިންޒާރު ތުރުކީއިން ދިނެވެ.

މީގެ ކުރިން ވެސް އެގޮތަށް އަސްކަރީ އޮޕަރޭޝަން ހިންގި އެވެ. އެގޮތުން 2019 ވަނަ އަހަރު ތުރުކީ ސިފައިން އެ ހިސާބުން ފޭބީ، ރަޝިއާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ސީރިއާ އާއި ތުރުކީގެ ބޯޑަރު ކައިރީގައި 30 ކިލޯމީޓަރުގެ "ސޭފް ޒޯން" ހަދައިގެންނެވެ. އެއީ ސީރިއާގައި އުޅޭ ކުރުދީން ފޮނުވާ ހަމަލާތައް ބޯޑަރު ހުރަސްކޮށް ތުރުކީއަށް ފޯރުން ހުއްޓުވުމުގެ ގޮތުން ހެދި އެއްބަސްވުމެކެވެ.

އެހެން ނަމަވެސް އުރުދުގާން ވިދާޅުވީ އެ އެއްބަަސްވުން ތަންފީޒް ކުރުމުގައި ރަޝިއާއިން ފެއިލްވެފައިވާ ކަމަށެވެ. ރަޝިއާއަކީ ސީރިއާގެ ހަމަނުޖެހުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ގައުމެކެވެ. ރަޝިއާއިން ތާއީދު ކުރަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދްގެ ފަޅިއަށެވެ.

އާދީއްތަ ދުވަހު ޕުޓިންއަށް ފޯނުން ގުޅުއްވައި އުރުދުގާން ވިދާޅުވީ "ބޯޑަރު ކައިރިން ހެދި ސޭފް ޒޯނުން ކުރުދީ ހަނގުރާމަވެރިން ސާފުކޮށްލުން ކޮންމެހެން ވެސް މުހިއްމު" ކަމަށެވެ.

އުތުރު ސީރިއާއަށް ތުރުކީގެ ސިފައިން ފޮނުވުން ހުއްޓުވުމަށް އެމެރިކާ އާއި ރަޝިއާއިން ވެސް ބޭނުންވެ އެވެ. އެހެންވެ ޑިޕްލޮމެޓިކް ގޮތުން އެ ގައުމަށް ޕްރެޝަރު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox