ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް: ލަންކާ ކްލަބު އަތުން ކިންގްސް އަށް މޮޅެއް

Dec 11, 2022, 9:12 AM
ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގައި ކިންގްސް އާއި ލަންކާ. ބްލޫސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު.

ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގައި ކިންގްސް އާއި ލަންކާ. ބްލޫސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު.

ރާއްޖޭގެ ކުޅިވަރުގެ ބައްޕަގެ ގޮތުގައި ފާހަގަވެފައިވާ މަރުހޫމް ޒާހިރު ނަސީރުގެ ހަނދާނުގައި ކުރިއަށްގެންދިޔާ ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގައި ކިންގްސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރިއިރު، ރެޑްވިންގްސް އަތުން ޓީރެކްސް ބަލިވެއްޖެ އެވެ.

މަރުހޫމް ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕަކީ ދާދި ފަހުން ނިމުނު އެމްބީއޭ ޗެމްޕިއަންޝިޕުގައި ރަނގަޅު ނަތީޖާ ނެރުނު ކުލަބާ އެކު މުޅިން އަލަށް ބާސްކެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ މުބާރާތެކެވެ.

މިގޮތުން ފިރިހެން ބައިގައި ވާދަކުރަނީ އެމްބީއޭ ޗެމްޕިއަންޝިޕުގެ ތަށި ހޯދި ކިންގްސް ބީސީ އާއި ޓީރެކްސް ބީސީ އަދި ރެޑްވިންގްސް ބީސީ އެވެ. އަންހެން ބައިގައި ވާދަކުރަނީ ކުއީންސް ބީސީ އާއި ސައިކްލޯން ބީސީ އެވެ. މި ކުލަބުތަކާއިއެކު ކޮންމެ ޑިވިޝަނެއްގައި ސްރީ ލަންކާގެ ކުލަބެއް ކަމަށްވާ ބްލޫސް ބާސެކްޓްބޯޅަ ކުލަބުގެ އަންހެން އަދި ފިރިހެން ޓީމް ވެސް އަންނަނީ ވާދަކުރަމުންނެވެ.

މުބާރާތުގެ ކުޅުން ފެށީ އަންހެން ޑިވިޝަންގައި ސައިކްލޯން ބީސީ އާއި ލަންކާ ބްލޫސް ބީސީ ވާދަކުރި މެޗުންނެވެ. މި މެޗު ބްލޫސް އިން ކާމިޔާބުކުރީ 60-48 ޕޮއިންޓުންނެވެ. މި މެޗުގެ ކޮންމެ ކުއާޓާ އެއްގައި ވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ކުޑަ ތަފާތަކުން ތިން ކުއާޓާ އެއްގައި ބްލޫސް ލީޑުކުރިއިރު، ސައިކްލޯން އިން އެންމެ ރަނގަޅަށް ކުޅުނީ ތިންވަނަ ކުއާޓާގަ އެވެ.

ސައިކްލޯން ޓީމުން މި މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 11 ޕޮއިންޓު ހޯދައިދިން ކެޕްޓަން މަރިޔަމް ސޮފްވަ ހަސަން އެވެ. ބްލޫސް ޓީމަށް ބަލާއިރު އެޓީމްގެ ލިއާރާ ހެތިއަރާޗީ ވަނީ 20 ރީބައުންޑް ނަގައި އެޓީމަށް 14 ޕޮއިންޓް ސްކޯކޮށްދީފަ އެވެ.

ފިރިހެން ޑިވިޝަންގައި އިއްޔެ ކުޅުނު ދެ މެޗު ކާމިޔާބުކުރީ ކިންގްސް ބީސީ އާއި ރެޑްވިންގްސް ބީސީ އެވެ. ކިންގްސް މޮޅުވީ ލަންކާގެ ބްލޫސްއާ ވާދަކޮށް 92-66 އިންނެވެ. ރެޑްވިންގްސް މޮޅުވީ ޓީރެކްސް އަތުން 61-50 އިންނެވެ.

ކިންގްސް އާއި ބްލޫސް ކުޅުނު މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ކިންގްސްގެ އަހުމަދު ހުޝާމް (ތުއްބެ) އެވެ. ތުއްބެ ވަނީ 25 ޕޮއިންޓް އެޓީމަށް ސްކޯކޮށްދީފަ އެވެ. އަބަދުﷲ އަމްޒަރުވަނީ 18 ޕޮއިންޓް އެޓީމަށް ސްކޯކޮށްދީފަ އެވެ. ބްލޫސް އިން އެންމެ ރަނގަޅަށް ކުޅުނީ 15 ޕޮއިންޓް ހޯދައިދިން ކެޕްޓަން ސަންޖީވާ ކުލަމިނާ އެވެ.

ރެޑްވިންގްސް އާއި ޓީރެކްސް ކުޅުނު މެޗުގައި ފުރަތަމަ ކުއާޓާގައި ރެޑްވިންގްސް ލީޑެއް ނެގި އެވެ. ދެވަނަ ކުއާޓާގައި ޓީރެކްސް އިން ސްކޯގެ ފަރަގު ކުޑަކުރި ނަމަވެސް ފަހު ދެ ކުއާޓާގައި ރެޑްވިންގްސް ފެނުނީ ތަފާތު ބޮޑުކޮށެވެ.

މުހިންމު ބައެއް ކުޅުންތެރިން ނުލައި މި މުބާރާތަށް ނުކުތް ޓީރެކްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 16 ޕޮއިންޓް ހޯދައިދިން މުހައްމަދު ހުވެއިލިދު އަލީ އެވެ. ރެޑްވިންގްސްގެ ގިނަ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ޒައިދާން އާތިފް ޝުކުރޫ އާއި މުހައްމަދު ޒީދާން ޒައީމް އަދި ކެޕްޓަން މުހައްމަދު އަޝްމަލް އަހުމަދުވެސް ފެނުނީ އިތުބާރާއެކު ކުޅިތަނެވެ.

މި މުބާރާތުގައި މިއަދު ކުޅޭނީ ދެ މެޗެވެ. ހަވީރު ކުޅޭ މެޗުގައި އަންހެން ޑިވިޝަންގެ ސައިކްލޯން އާއި ކުއީންސް ވާދަކުރާއިރު، ފިރިހެން ބައިގައި މިރޭ ޓީރެކްސް ނުކުންނާނީ ކިންގްސްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox