ބަންގްލަދޭޝްގައި ބޮޑު މުޒާހަރާއެއް، ޕާލަމެންޓް މެމްބަރުން އިސްތިއުފާ ދީފި

ބަންގްލަދޭޝްގެ އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ. -- ފޮޓޯ: ޕާކިސްތާން ޓުޑޭ

ބަންގްލަދޭޝްގެ އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ. -- ފޮޓޯ: ޕާކިސްތާން ޓުޑޭ

ދާކާ، ބަންގްލަދޭޝް (ޑިސެމްބަރު 10) - ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީއަށް ސަޕޯޓު ކުރާ 100،000 މީހުން ވެރިރަށް ދާކާގައި މުޒާހަރާކޮށް ބޮޑު ވަޒީރު ޝެއިހް ހަސީނާގެ އިސްތިއުފާއަށް ޑިމާންޑުކޮށްފި އެވެ.

"ޝެއިހް ހަސީނާއަކީ ވޯޓު ވަގެއް،" މުޒާހަރާ އޮތް ގޮލާޕްބާގް ސްޓޭޑިއަމް ތެރޭގައި މީހުން ގޮވަމުން ދިޔަ އެވެ. ސްޓޭޑިއަމް ފުރި މަގުމަތީގައި ވެސް މީހުން ތިއްބެވެ.

މުޒާހަރާގެ ތެރެއިން ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ހަތް ޕާލަމެންޓް މެމްބަރުން އިސްތިއުފާ ދެއްވި އެވެ. އެއާއެކު ޕާލަމެންޓުން އިދިކޮޅު އަޑު އެއްކޮށް ގެއްލުނީ އެވެ.

ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން އދ. އިން ދާދި ފަހުން ކަންބޮޑުވުން ފާޅުކުރި އެވެ.

ބަންގްލަދޭޝަކީ އޭޝިއާގައި އެންމެ ބާރަށް ކުރިއަރަމުންދާ އެއް އިގްތިސާދެވެ. އެހެން ނަމަވެސް ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ގޭގާއި ޑީސެލް އިމްޕޯޓް ކުރުން މެދުކަނޑާލަން މަޖުބޫރުވި އެވެ.

އާއްމުންގެ ނުރުހުން އިތުރުވާން ފެށީ ކަރަންޓު ކަނޑައި ތެލުގެ އަގު އުފުލެން ފެށުމުންނެވެ. ބަންގްލަދޭޝްގެ ފައިސާ، ޓާކާގެ އަގުގެ ވެލިއު 25 ޕަސެންޓު ވަނީ ވެއްޓިފަ އެވެ.

އިދިކޮޅުގެ ބޮޑު އެއްވުމެއް އޮތް ނަމަވެސް އެ ގައުމުގެ އެއްވެސް ޓީވީ ޗެނަލްއަކުން އެކަން ރިޕޯޓެއް ނުކުރެ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ސަރުކާރުގެ ޕްރެޝަރާ ހެދި ކަވަރޭޖް ނުދިން ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ޑިމާންޑަކީ ޝެއިހް ހަސީނާގެ އިސްތިއުފާ އާއި ޕާލަމެންޓް އުވާލައި، ވަގުތީ ސަރުކާރެއް ގާއިމްކޮށް މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުން،" އިދިކޮޅުގެ ތަރުޖަަމާނު ޒަހީރުއްދީން ސްވާޕަން ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ބޮޑު މުޒާހަރާއެއް އޮތް އިރު، ހުކުރު ދުވަހު އިދިކޮޅުގެ ދެ އިސްވެރިން ހައްޔަަރު ކުރި އެވެ. އެއީ ހަމަނުޖެހުމަށް ހިތްވަރުދޭ ކަމުގެ ތުހުމަތުގަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަ ކުރަން ފެށުމުން، ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން 2000 އަށް ވުރެ ގިނަަ އެކްޓިވިސްޓުންނާއި އިދިކޮޅު ސަޕޯޓަރުން ބަންދުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox