ވައުދުވި ގޮތަށް ބްރެޒިލްގެ ކޯޗު ޓީޓޭ ޓީމު ދޫކޮށްލައިފި

Dec 10, 2022, 2:14 AM
ވައުދުވި ގޮތަށް ބްރެޒިލްގެ ކޯޗު ޓީޓޭ ޓީމު ދޫކޮށްލައިފި

ދޯހާ، ގަތަރު (ޑިސެމްބަރު 10) - މީގެ ދޮޅު އަހަރު ކުރިން ވައުދުވި ގޮތަށް، ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅުނު ފަހު މެޗަށް ފަހު އެ ޓީމުގެ ކޯޗުކަމުން ޓީޓޭ ވަކިވެއްޖެ އެވެ.

ޓީޓޭ، 61، ބްރެޒިލްގެ ކޯޗަކަށް ހުރި ފަހު މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ބްރެޒިލުން ޕެނަލްޓީ ޖަހައިގެން 4-2 އިން ކްރޮއޭޝިއާ އަތުން ބަލިވި މެޗުގަ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތު، 90 މިނިޓް ހަމަވިއިރު، ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

އެކަމަކު، އިތުރު ވަގުުތުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ނޭމާ ބްރެޒިލަށް ލީޑުނަގައިިދިނެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހުކޮޅުގައި ކްރޮއޭޝިއާގެ ބްރޫނޯ ޕެޓްކޮވިޗް ގޯލެއް ޖަހައި، އެ ޓީމަށް އެއްވަރުކޮށްދީ މެޗު ޕެނަލްޓީ އަށް ގެންދިޔަ އެވެ. ޕެނަލްޓީގައި ބްރެޒިލް ކަޓައި، ޓީޓޭ މަގާމު ދޫކޮށްލީ އެވެ.

ބްރެޒިލްގެ ކޯޗުކަމުން 2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ހާއްސަ މުބާރާތަށް ފަހު، އޭރުގެ ކޯޗު ޑުންގާ ވަކިކޮށް، އެ މަގާމާ ހަވާލުވި ޓީޓޭ އެވެ. ޓީޓޭ ބްރެޒިލަށް އިރުޝާދުދިންއިރު، އެއް ފަހަރު ކޮންޓްރެކްޓް އާ ކުރި އެވެ. ޓީޓޭ އެންމެ ފުރަތަމަ ބްރެޒިލްގެ ކޯޗުކަން ދޫކޮށްލާނެ ވާހަކަ ދެއްކީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން، މި އަހަރުގެ މާޗް މަހު ވެސް ވަނީ ވޯލްޑް ކަޕަށް ފަހު ބްރެޒިލް ކޯޗެއްގެ ގޮތުގައި ނުފެންނާނެ ކަމަށް ބުނެފަ އެވެ.

"ކުރިން ވެސް ބުނެފައިވާނެ، މިއީ އަހަރެންގެ ފަހު މުބާރާތޭ، އަހަރެންގެ ވަގުތު މި ހިސާބުން މި ނިމުނީ. މީގެ ދޮޅު އަހަރު ކުރިން އަހަރެން ބުނިން ވޯލްޑް ކަޕަށް ފަހު މި މަގާމުން ނުފެންނާނެއޭ. އަހަރެން ބުނި ބަހުގައި ހިފަހައްޓައި، މަގާމު ދޫކޮށްލަން މި ނިންމީ،" ރޭގެ މެޗަށް ފަހު ޓީޓޭ ބުންޏެވެ.

"އަހަރެންގެ މި ނިންމުމަކީ ބޮޑު ޑްރާމާ އަކަށް ހަދަން ނެތިން. އަހަންނަށް ފަހު ވެސް ބްރެޒިލް އަށް ކޯޗުކޮށްދޭނެ ޕްރޮފެޝަނަލް ތަފާތު ކޯޗުން ލިބޭނެ،"

ބްރެޒިލްގެ ގިނަ ކްލަބްތަކަކަށް ކޯޗުކޮށްދިން ޓީޓޭ ވަނީ، ބްރެޒިލާ ހަވާލުވެ، ދެ ވޯލްޑް ކަޕާއި ދެ ކޮޕަ އެމެރިކާގައި އެ ޓީމަށް އިރުޝާދުދީފަ އެވެ.

ބްރެޒިލުން 2019 ވަނަ އަހަރު، ޓީޓޭގެ ކޯޗުކަމުގައި ކޮޕަ އެމެރިކާގެ ޗެމްޕިއަންކަން ހޯދިއިރު، އެ ތަށީގައި އެ ޓީމަށް އަތްލުމުގެ ނަސީބު ލިބިފައިވަނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިއީ ބްރެޒިލުން ހޯދި ނުވަ ވަނަ ކޮޕަ އެމެރިކާ ތަށްޓެވެ. އެހެން ނަމަވެސް، އެންމެ ފަހުން މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލުގައި ބްރެޒިލް ވަނީ އާޖެންޓީނާ އަތުން ބަލިވެފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox