ޗައިނާގައި އުފެއްދި ފުރަތަމަ ކޮމާޝަލް ޖެޓް ޗައިނާ އީސްޓާން އެއާލައިނާ ހަވާލުކޮށްފި

ޗައިނާގައި އުފެއްދި ފުރަތަމަ ކޮމާޝަލް ޖެޓް. -- ފޮޓޯ: ޗައިނާ ޑެއިލީ/ ޓްވިޓާ

ޗައިނާގައި އުފެއްދި ފުރަތަމަ ކޮމާޝަލް ޖެޓް. -- ފޮޓޯ: ޗައިނާ ޑެއިލީ/ ޓްވިޓާ

ޗައިނާގައި އުފެއްދި ފުރަތަމަ ކޮމާޝަލް ޖެޓު ހުކުރު ދުވަހު ޗައިނާ އީސްޓާން އެއާލައިންސްއާ ހަވާލުކޮށްފި އެވެ.

ސީ919 ޖެޓަކީ ޕަސަންޖަރުން އުފުލުމަށް ހާއްސަ ބޮޑު ވައިގެ އުޅަނދެކެވެ. އެ އުޅަނދުގެ ފުރަތަމަ ދަތުރު ކުރީ ޝަންހާއީ ޕުޑޯންގް އިންޓަނޭޝަނަލް އެއާޕޯޓުން ޝަންހާއީ ހޮންގްގިއާއޯ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

އެ އުޅަނދުގައި 164 ސީޓު ހުންނަ އިރު، އެއީ ބިޒްނަސް ކްލާހާއީ އިކޮނޮމީ ކްލާހުގެ ސީޓުތަކެވެ. ޗައިނާ އީސްޓާން އެއާލައިންސުން ޕަސެންޖަރުންނާ އެކު އެ އުޅަނދު ބޭނުން ކުރަން ފެށުމުގެ ކުރިން 100 ގަޑިއިރަށް ވުރެ ގިނަ ވަގުތު ޓެސްޓު ދަތުރުތައް ކުރާނެ އެވެ.

އެގޮތުން ޓެސްޓު ދަތުރުތަކުގައި ދާނީ ޝަަންހާއީ، ބެއިޖިން އަދި ގުއަންގްޒޫ ފަދަ ޗައިނާގެ އެތެރޭގެ މަންޒިލްތަކަށެވެ.

ޝިންހުއާ ނިއުސް އެޖެންސީން ބުނީ އެ އުޅަނދު ރަސްމީކޮށް ބޭނުން ކުރަން ފަށާނީ 2023 ވަނަ އަހަރުގެ އެޕްރީލް ނުވަތަ މޭ މަހުގައި ކަމަށެވެ.

ޗައިނާގައި ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް އުފެއްދި އިރު، އެ އުޅަނދު ވާދަކުރާނީ މިހާރު އޭވިއޭޝަން މާކެޓުގައި އުޅޭ އެއާބަސް އޭ320ނިއޯ އާއި ބޮއިންގް 737 މެކްސް ފަދަ ޖެޓުތަކާ އެވެ.

އެ ގައުމުން އަމިއްލަ ކޮމާޝަލް ޖެޓެއް އުފައްދަން ނިންމީ އެމެރިކާއާ އެކު އޮންނަ ވާދަވެރިކަމުގެ ތެރެއިން އެއާބަސް އާއި ބޮއިންގް އުޅަނދުތަކަށް ބަރޯސާވުން ބުއްދިރުވެރި ކަމަކަށް ނުވާތީ އެވެ.

ކޮމާޝަލް އޭވިއޭޝަން ކޯޕް އޮފް ޗައިނާ (ކޯމެކް) އިން 2030 ވަނަ އަހަރުގެ ކުރިން ކޮންމެ އަހަރަަކު ވެސް އޭގެ 25 އުޅަނދު މާކެޓަށް ނެރޭނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox