ލަނޑު ޖަހާފައި ނެށުން ގޯސްވާނީ ބްރެޒިލްގެ ފުޓްބޯޅަ ނޭނގޭ މީހުންނަށް: ޓީޓޭ

Dec 9, 2022, 8:46 AM
ދެކުނު ކޮރެއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ބްރެޒިލް ކުޅުންތެރިން އުފާފާޅުކުރުމުގެ ގޮތުން ނަށަނީ.

ދެކުނު ކޮރެއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ބްރެޒިލް ކުޅުންތެރިން އުފާފާޅުކުރުމުގެ ގޮތުން ނަށަނީ.

ދޯހާ، ގަތަރު (ޑިސެމްބަރު 9) - ބްރެޒިލް ކުޅުންތެރިން ކޮންމެ ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ނެށުން އެއީ ގޯސްކަމެއްގެ ގޮތުގައި ފާހަގަކޮށް އެ ވާހަކަ ދައްކާ މީހުން އެ ގޮތަށް ކަންތައް ކުރަނީ ބްރެޒިލްގެ ފުޓްބޯޅައިގެ ސަގާފަތާއި ދެން ހުރި ކަންކަން ނޭނގޭތީ ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ބްރެޒިލުން 4-1 ދެކުނު ކޮރެއާ ބަލިކުރި މެޗުގައި ބްރެޒިލުން ޖެހި ގޯލެއްގެ އުފާފާޅުކުރުމުގެ ތެރެއިން ޓީޓޭ ވެސް ވަނީ އެ ޓީމުގެ ނެށުމެއްގައި ބައިވެރިވެފަ އެވެ.

ބްރެޒިލުން ކޮންމެ ގޯލެއް ޖަހާފައި އުފާފާޅުކުރާއިރު، ނަށާތީ އެންމެ ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރީ އަޔަލެންޑާއި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް، ރޯއީ ކީން އެވެ. ކީން ބުނީ ކޮންމެ ގޯލެއް ޖަހާފައި އުފާފާޅުކުރާއިރު ނެށުމަކީ "އިހުތިރާމް ކުޑަ އަމަލެއް" ކަމަށެވެ.

"މިއީ އަހަރެންގެ އަމިއްލަ ޓީމެއް ނޫން، މިއީ ބްރެޒިލްގެ އެންމެންގެ ހައްގު އޮތް ބްރެޒިލަށް ނިސްބަތްވާ ޓީމެއް. މި ޓީމު ރޭވުމުގެ ޒިންމާ މި ވަގުތު މި އޮތީ އަހަރެންގެ ބޮލުގައި އެޅިފައި. އަހަރެން މައާފަށް އެދެން، ބްރެޒިލް ފުޓްބޯޅައިގެ ކަންކަން ހިނގާ ގޮތާއި ސަގާފަތް ނޭނގޭ މީހުންނަށް. އެ މީހުންނަށް ކަންކަން ނޭނގޭތީ ދައްކާ ވާހަކަ އެއީ،" ރޯއީ ކީންގެ ވާހަކަތަކަށް އިޝާރާތްކޮށް ދޭނެ ޖަވާބަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޓީޓޭ ބުންޏެވެ.

ބްރެޒިލްގެ ކޯޗު ޓީޓޭ: ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރާއިރު ނެށުމަކީ ބްރެޒިލްގެ ފުޓްބޯޅައިގެ ސަގާފަތުގެ ތެރެއިން އައިސްފައިވާ ކަމެއް ކަމަށް ވަނީ ބުނެފައި.

ޓީޓޭ، 61، ބުނީ ދެކުނު ކޮރެއާ މެޗުގައި ބްރެޒިލުން ޖެހި އެއް ގޯލުގެ އުފާފާޅުކުރުމުގައި އޭނާ ބައިވެރިވީ ކުޅުންތެރިންގެ ކޮންމެ ކަމެއްގައި ވެސް ޓީމުގެ އެއްބައިވަންތަކަން ދައްކުވައިދޭން ބޭނުންވާތީ ކަމަށެވެ.

"އަހަރެންގެ އުމުރަކީ 61 އަހަރު. މީގެއިން ގިނަ ކުޅުންތެރިންނަކީ ގާތްގަނޑަކަށް އަހަރެންގެ ކާފަދަރިންގެ އުމުރު، އެހެންވީމަ އެ މީހުންނާ ގާތް ގުޅުމެއް އޮތްކަން ދައްކުވައިދޭ ކޮންމެ ކަމެއްގައި އަހަރެން ބައިވެރިވާނަން. މިއީ ޓީމެއް،" ޓީޓޭ ބުންޏެވެ.

"ނަށަން ޖެހިއްޖިއްޔާ އަދިވެސް ނަށާ ގޮތަށް މި ހުރީ، އެކަމަކު، އަހަރެން ކުޅުންތެރިން ގާތުގައި އެދޭނަން އަހަރެން ފޮރުވިފައި ހުންނަ ގޮތަކަށް އެކަން ކުރަން،"

ފަސް ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލުން އެންމެ ފަހުން ވޯލްޑް ކަޕްގެ ތަށި އުފުލާލީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި މުބާރާތުގަ އެވެ. އެއީ އޭޝިއާގައި ހޯސްޓްކުރި ފުރަތަމަ ވޯލްޑް ކަޕް އެވެ.

އޭޝިއާގެ ގައުމަކުން ބާއްވާ ދެ ވަނަ ވޯލްޑް ކަޕަކީ މިހާރު ގަތަރުގައި ކުރިއަށްދާ މުބާރާތެވެ. ބްރެޒިލަކީ މި ފަހަރުގެ އެއް ފޭވަރިޓެވެ.

ޓީޓޭ ބުނީ ބްރެޒިލަށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ނުލިބި 20 އަހަރު ވެފައިވާއިރު، މިއީ އެކަން ނިމުމަކަށް ގެންނަން މިހާރު އޮތް ޖީލަށް ލިބޭ ފުރުސަތެއް ކަމަށެވެ.

ބްރެޒިލާއި ކްރޮއޭޝިއާ ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރު އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox