ބްރެޒިލް އަކީ ފޭވަރިޓުން، އެކަމަކު ޖެހިލުންވާކަށް ނުޖެހޭ: ޑަލިޗް

Dec 9, 2022, 8:22 AM
ބްރެޒިލް އަކީ ފޭވަރިޓުން، އެކަމަކު ޖެހިލުންވާކަށް ނުޖެހޭ: ޑަލިޗް

ދޯހާ، ގަތަރު (ޑިސެމްބަރު 9) - ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ބްރެޒިލްއާ ދެކޮޅަށް ކްރޮއޭޝިއާ ނުކުންނައިރު، ބްރެޒިލް އަކީ ފޭވަރިޓަށް ވިޔަސް، ކްރޮއޭޝިއާ ޖެހިލުންވާންޖެހޭ ސަބަބެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފި އެވެ.

ބްރެޒިލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16ގެ ބުރުގައި ދެކުނު ކޮރެއާ އަތުން ފަސޭހަކަމާ އެކު މޮޅުވެގެންނެވެ. އަނިޔާގެ ސަބަބުން ދެ މެޗުގައި ކުޅުމާ ދުރުގައި ހުރުމަށް ފަހު، ބްރެޒިލްގެ ތަރި ނޭމާ އެ މެޗަށް ނުކުތުމާ އެކު، އެ ޓީމުގެ ފެނުނީ ތަފާތުކޮށެވެ.

ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ވާދަކުރި ކްރޮއޭޝިއާ ކުއާޓާ އަށް ދަތުރުކުރީ ގަދަ 16ގައި ޖަޕާން އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.

ބްރެޒިލާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ކްރޮއޭޝިއާގެ ކޯޗު ޑަލިޗް ބުނީ މެޗާ ކުރިމަތިލާއިރު ބްރެޒިލް އަކީ ފޭވަރިޓުން ކަމަށެވެ. އެކަމަކު، ކިތަންމެ މޮޅެތި ކުޅުންތެރިންތަކެއް ބްރެޒިލް ޓީމުގައި ހިމެނުނަސް، ކްރޮއޭޝިއާ ޖެހިލުންވާކަަށް ނުޖެހޭ ކަމަށް ޑަލިޗް ގަބޫލުކުރެ އެވެ.

"ބްރެޒިލް އަކީ މޮޅު ޓީމެއް. ވަރަށް ކޮންފިޑެންސާ އެކު ކުޅޭ ޓީމެއް. އެކަމަކު، އަހަރަމެން ދުލެއް ނުދޭނަން. އަހަރަމެން ޖެހިލުންވާ ޖެހޭ ސަބަބެއް ނެތް. އަހަރެން ގަބޫލުކުރަނީ ކްރޮއޭޝިއާ އަށް ބްރެޒިލް އަށް ޗެލެންޖެއް ދެވޭނެކަމަށް،" މީގެ ހަތަރު އަހަރު ކުރިން އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިން ކޯޗު ޑަލިޗް ބުންޏެވެ.

ޑަލިޗް ބުނީ ބްރެޒިލް ކަހަލަ ޓީމަކާ ކުޅޭއިރު ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން ވަރަށް މުހިންމު ކަމަށެވެ. އަދި ބްރެޒިލްއާ ކުޅޭއިރު ކްރޮއޭޝިއާގެ ޓީމު "ސްމާޓް"ވާން ޖެހޭނެ ކަމަށް ވެސް ޑަލިޗްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

"މެޗަކީ 50-50. ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް. ބްރެޒިލް އަކީ މޮޅު ޓީމެއް. އެކަމަކު ކްރޮއޭޝިއާ އަކީ ވެސް ބަލި ބައެއް ނޫން،" ޑަލިޗް ބުންޏެވެ.

ބްރެޒިލް އާޢި ކްރޮއޭޝިއާ މިރޭ ކުރިމަތިލާއިރު:

* ބްރެޒިލް އާޢި ކްރޮއޭޝިއާ މިހާތާނަށް ހަތަރު ފަހަރު ކުރިމަތިލާފައިވާއިރު، ބްރެޒިލް އަދި ބައްޔެއް ނުވޭ. ބްރެޒިލް 3 މެޗުން މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުވެފައި.

* ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ކްރޮއޭޝިއާ ވަނީ ބަލިވެފަ. މޮޅުވީ 2018 ވަނަ އަހަރު އާޖެންޓީނާ އަތުން.

* ޖަރުމަން އަތުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި މޮޅުވި ފަހުން، ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް އެންމެ ފަހުން އޮތް ފަސް ވޯލްޑް ކަޕްގަައި ވެސް ކުޅުނު ނޮކްއައުޓް މެޗުތަކުން ބްރެޒިލް ވަނީ ބަލިވެފައި.

* 2008 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ މުބާރާތްތަކުގެ ނޮކްއައުޓް ބުރުގައި ކްރޮއޭޝިއާގެ އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން ހަތް މެޗު ވަނީ އެކްސްޓްރާ ޓައިމްއާ ހަމައަށް ގޮސްފައި.

ބްރެޒިލާއި ކްރޮއޭޝިއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox