ސްޕެއިންގެ ކޯޗުކަމުން ލުއިސް އެންރީކޭ ވަކިކޮށްފި

Dec 8, 2022, 11:59 AM
ސްޕެއިންގެ ކޯޗުކަމުން ލުއިސް އެންރީކޭ ވަކިކޮށްފި

މެޑްރިޑް، ސްޕެއިން (ޑިސެމްބަރު 8) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނާކާމިޔާބީއާ ގުޅިގެން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ މަގާމުން ވަކިކޮށްފި އެވެ.

ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި މިދިޔަ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ސްޕެއިން ކެޓީ ލަނޑެއް ނުޖެހި އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން މޮރޮކޯ އަތުންނެވެ. އެ މެޗަށް ފަހު އެންރީކޭ ބުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަ ދައްކާނީ ޗުއްޓީ އަކަށް ދިއުމަށް ފަހު ކަމަށެވެ.

އެކަމަކު، ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޕެއިންގެ ކޯޗުކަމުން އެންރީކޭ ވަކިކުރިކަން އޭނާ އަށް އަންގާފައިވާނެ ކަމަށެވެ. އެންރީކޭ އަށް ވަޒީފާ އިން ވަކިކުރިކަން އެންގީ ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލެސް އާއި ސްޕޯޓިން ޑިރެކްޓަރު ހޯސޭ ފްރަންސިސްކޯ މޮލީނާ އެވެ.

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ގައުމީ ޓީމަށް ދެން ގެންނާނެ ކޯޗެއްގެ ކަންކަން ނިންމާނީ މުސްތަގުބަލަށް ވެސް ވިސްނައި، އެންމެ ކަމުދާ ކޯޗަކަށް ކަމަށެވެ. އެ ގޮތުން ސްޕެއިނުން ހެޑް ކޯޗަކަށް ގެނައީ ސްޕެއިންގެ ޔޫތު ފުޓްބޯޅައިގައި 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ލުއިސް ޑެ ލާ ފުއެންޓޭ އެވެ.

ބާސެލޯނާ އާއި ރޯމާ އަށް ކުރިން ކޯޗުކޮށްދިން އެންރީކޭ، 52، ސްޕެއިންގެ ކޯޗުކަމާ އެންމެ ފުރަތަމަ ހަވާލުވީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. އެކަމަކު، އާއިލީ ކަމެއްގައި 2019 ވަނަ އަހަރުގެ ހަަތަރު މަސް ދުވަހު އެންރީކޭ ވަނީ ސްޕެއިންގެ ކޯޗުކަމުން ދުރުވެފަ އެވެ. އެ މުއްދަތުގައި ސްޕެއިނަށް ކޯޗުކޮށްދިނީ އޭނާގެ އެކުވެރިޔާ، އަދި އެސިސްޓަންޓް ކޯޗު ރޮބާޓޯ މޮރޭނޯ އެވެ.

އެންރީކޭ، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގައުމީ ޓީމަށް އެނބުރި އައިސް، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބުނީ، މޮރޭނޯ ބޭނުންވީ އޮޅުވާލައިގެން ސްޕެއިންގެ ކޯޗުގެ މަގާމު ހޯދަން ކަމަށާއި އެކަމަކު، ފަށާފައިވާ ޕްރޮޖެކްޓެއް އެހެން މީހަކާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ނުފެންނާތީ އަލުން ގައުމީ ޓީމަށް އެނބުރި އައީ ކަމަށެވެ.

ދެ ފަހަރެއްގެ މަތިން ސްޕެއިންގެ ކޯޗުކަން ކުރި އެންރީކޭ ވަނީ އެ ޓީމަށް 45 މެޗު އިރުޝާދުދީފަ އެވެ. އެ މެޗުތަކުގެ ތެރެއިން 25 މެޗުން މޮޅުވިއިރު، ނުވަ މެޗުން ވަނީ ބަލިވެފަ އެވެ.

ސްޕެއިނުން ވަނީ އެންރީކޭގެ ކޯޗުކަމުގައި މިިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލާއި މިދިޔަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލާއި މި އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ވާދަކޮށްފަ އެވެ. ޔޫރޯގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކެޓީ އެ މުބާރާތުގެ ޗެމްޕިއަން، އިޓަލީ އަތުންނެވެ. ނޭޝަންސް ލީގުގެ ފައިނަލުގައި ބަލިވީ ފްރާންސް އަތުންނެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި މޮރޮކޯއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވީ އެވެ.

އެންރީކޭ، ސްޕެއިންގެ ކޯޗުކަމުގައި ހުރިިއިރު، އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި ނިންމުންތަކަކީ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ސްކޮޑުން ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކަށް ފުރުސަތު ނުދިނުމުގެ އިތުރުން، ތަޖުރިބާކާރު ކުޅުންތެރިޔާ، އަދި ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް މިދިޔަ އަހަރުގެ ޔޫރޯ އާއި މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ނުދިން މައްސަލައިގަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް އެންރީކޭ ނެގި ސްކޮޑުގައި ޖުމްލަކޮށް ބަލާއިރު، ތިބީ ގިނަ ޒުވާން ކުޅުންތެރިންނެވެ. ވޯލްޑް ކަޕް ކަަަހަަލަ ބޮޑު މުބާރާތެއްގެ ތަޖުރިބާ މަދު ކުޅުންތެރިން ނަގާފައިވާތީ، ސްޕެއިންގެ ކުރީގެ ކޯޗުން ވެސް ވަނީ އެންރީކޭގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެންރީކޭ އަކީ މި ފަހަރުގެ ވޯލްޑް ކަޕް ނަތީޖާތަކާ ގުޅިގެން ޓީމު ދޫކޮށްލި ކޯޗުންގެ ލިސްޓަށް އިތުރުވި ނަމެކެވެ. މީގެ ކުރިން މެކްސިކޯގެ ކޯޗު ޓަޓާ މާޓީނޯ, ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒް، ގާނާގެ ކޯޗު އޮޓޯ އައްޑޯ އަދި ދެކުނު ކޮރެއާ އަށް އިރުޝާދުދިން ކޯޗު ޕައޮލޯ ބެންޓޯ ހިމެނެ އެވެ.

ޖަރުމަނުން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުގައި ހަންސީ ފްލިކް ދެމިހުންނާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، ޕްރެޝަރު ބޮޑުވެފައިވާ ކޯޗުންނަށް ބަލާއިރު، ގަތަރުގެ ކޯޗު ފީލިކްސް ސަންޗޭޒް، އިރާންގެ ކާލޯސް ކުއެރޯޒް، ވޭލްސްގެ ރޮބް ޕޭޖް، ޑެންމާކްގެ ކެޝްޕާ ހިއުލްމަންޑް، އުރުގުއޭގެ ޑިއޭގޯ އަލޮންސޯ އަދި ސާބިއާގެ ޑްރަގަން ސްޓޮއިކޮވިޗް ހިމެނެ އެވެ. މީގެ އިތުރުން އިކުއެޑޯގެ ކޯޗު ގުސްޓާވޯ އަލްފާރޯ އާއި ކެނަޑާގެ ކޯޗު ޖޯން ހާޑްމަން އަންނަނީ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވެފައިވާތީ، އެއްބަސްވުން އާ ކުރަން މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox