އަހަރެން ބުނި ގޮތަށް އެންމެން ކުޅުނު، ބަލިވުމުގެ ޒިންމާ ނަގަން: އެންރީކޭ

Dec 7, 2022, 7:25 AM
 އަހަރެން ބުނި ގޮތަށް އެންމެން ކުޅުނު، ބަލިވުމުގެ ޒިންމާ ނަގަން: އެންރީކޭ

ދޯހާ، ގަތަރު (ޑިސެމްބަރު 7) - މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި މޮރޮކޯ އަތުން ސްޕެއިން ބަލިވެ، މުބާރާތުން ކަޓަން ޖެހުމުގެ ހުރިހާ ޒިންމާ ނަގާ ކަމަށާއި، ކުޅުންތެރިން އޭނާ ބޭނުންވި ގޮތަށް ކުޅުނު ކަމަށް ސްޕެއިންގެ ކޯޗު ލުއީ އެންރީކޭ ބުނެފި އެވެ.

ޕެނަލްޓީ ޖަހައިގެން މޮރޮކޯ އަތުން ސްޕެއިން ރޭ ބަލިވިއިރު، 2018ގެ މުބާރާތުގެ ގަދަ ސޯޅައިން ސްޕެއިން ކެޓީވެސް ޕެނަލްޓީގައި ނާކާމިޔާބު ވުމުންނެވެ. އެ ފަހަރު ދެ ޕެނަލްޓީއެއް ސްޕެއިން އަށް ގޯލަށް ވައްދައި ނުލެވުނުއިރު ރޭ މޮރޮކޯ ކޮޅަށް ޖެހި ފުރަތަމަ ތިން ޕެނަލްޓީ ވެސް ކާމިޔާބެއް ނުކުރެވުނެވެ.

މޮރޮކޯ މެޗުގައި ސްޕެއިން އަށް ގޯލެއް ނުޖެހުމުން ފާޑުކިޔުންތައް އަމާޒުވެފައިވާ ކޯޗު ލުއިސް އެންރީކޭ ބުނީ މެޗުން ބަލިވުމުގެ ހުރިހާ ޒިންމާ އެއް ނަގާ ކަމަށެވެ.

ސްޕެއިންގެ ކުޅުމުގެ ސްޓައިލް ބަދަލުކުރަން ޖެހޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެމުން އެންރީކޭ ބުނީ އޭނާ ބުނި ގޮތަށް ހުރިހާ ކުޅުންތެރިން ވެސް ކުޅުނު ކަމަށާއި، މެޗުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ވެސް ލިބުނު ކަމަށެވެ. ވަރުގަދަ މެޗުތަކުގައި ތަފާތަކަށްވަނީ ލިބޭ މަދު ފުރުސަތުގައި ގޯލު ޖެހުން ކަމަށް ފާހަގަކޮށް، އެންރީކޭ ބުނީ. މި މެޗުގައި ގޯލު ޖަހާނެ ފުރުސަތު ސްޕެއިން ކުޅުންތެރިންނަށް ލިބުނު ކަމަށާއި، ފަހު ވަގުތު ސަރާބިއާ ފޮނުވާލި ބޯޅަ ވެސް ގޯލަށް ނުވަނީ ނަސީބު ދެރަވުމުން ކަމަށް އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ ޓީމުގެ ކުޅުމުގެ ސްޓައިލް ގޯސްކަމަށް ގަބޫލު ނުކުރާ ކަމަށާއި، ޓީމުގައި ތިބި ކުޅުންތެރިންނާ އެކު ދެއްކި ކުޅުމަށް ބަލާއިރު ފާޑުކިޔާނެ ޖާގައެއް އޮތްކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ކުރިމަގާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ކޯޗު އެންރީކޭ ބުނީ ސްޕެއިންގެ އެފްއޭ އިން ނިންމާނެ ގޮތަކާމެދު މަޝްވަރާ ކުރުން އޮތީ އަދި ފަހުން ކަމަށާއި، މި ވަގުތަށް އޮތީ މުބާރާތުގެ ނާކާމިޔާބީ އިން އަރައިގަންނަށް އާއިލާއާ އެކު ވަގުތު ހޭދަކުރުން ކަމަށެވެ.

"އަހަރެން ޒިންމާ ނަގަން މުބާރާތުން ކެޓީމަ. މީގަ ދެން އެފްއޭ އިން ގޮތް ނިންމާނީ. ޓީމަށް ބަދަލެއް ބޭނުންވާތޯ، ނޫނީ ކޮން ކަހަލަ ބަދަލެއްތޯ ގެންނާނީ. އަހަރެން ހުންނާނަން އަބަދުވެސް ގައުމީ ޓީމަށް އެއްބާރުލުން ދޭން،" އެންރީކޭ ބުންޏެވެ.

މޮރޮކޯ އަތުން ބަލިވި މެޗުގައި ސްޕެއިންގެ ފުރަތަމަ ތިން ޕެނަލްޓީ ޖެހީ ޕަބްލޯ ސަރާބިއާ އާއި ކާލޯސް ސޮލާގެ އިތުރުން ސާޖިއޯ ބުސްކެޓްސް އެވެ. ޕެނަލްޓީ ޖަހާ ކުޅުންތެރިން ނިންމީ ކިހިނަކުންތޯ އެހުމުން އެންރީކޭ ބުނީ އެ ވަގުތު ޓީމުގައި ކުޅެން ތިބި ކުޅުންތެރިންނަށް ބަލައި ޕެނަލްޓީ ޖަހާނެ ފުރަތަމަ ތިން ކުޅުންތެރިން ނިންމީ އޭނާ ކަމަށެވެ. އެހެންކަމުން، މެޗުގައި ދިމާވި އެއްވެސް ކަމަކަށް އިތުރު އެއްވެސް މީހަކު ޒިންމާ ވާން ނުޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ފަހުން ބޭއްވި ފަސް ވޯލްޑް ކަޕްގެ ތެރެއިން އެ ޓީމަށް ދެ ވަނަ ބުރު ފަހަނައަޅައި ދެވުނީ އެންމެ ވޯލްޑް ކަޕެއްގަ އެވެ. އެއީ 2010ގަ އެވެ. އެފަހަރު ސްޕެއިން އިން ވަނީ ވޯލްޑް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox