ދެކުނު ކޮރެއާ އަތުން ބޮޑު މޮޅެއް ހޯދައި ބްރެޒިލް ކުއާޓާ އަށް

Dec 5, 2022, 8:55 PM
ލަނޑު ޖެހުމަށް ފަހު ބްރެޒިލް ކުޅުންތެރިން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ބްރެޒިލް ކުޅުންތެރިން އުފާފާޅުކުރަނީ.

ދޯހާ، ގަތަރު (ނޮވެމްބަރު 6) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި މިރޭ ދެކުނު ކޮރެއާ އަތުން 4-1 އިން ބޮޑު މޮޅެއް ހޯދައި، ބްރެޒިލުން ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަންނަ ހޮނިިހިރު ދުވަހު ކުޅޭ ކުއާޓާ ފައިނަލުގައި ބްރެޒިލް ކުޅޭނީ މިރޭ ގަދަ 16 ބުރުގައި ޕެނަލްޓީ ޖަހައިގެން ޖަޕާން ބަލިކުރި ކްރޮއޭޝިއާއާ އެވެ.

ގަތަރުގެ ސްޓޭޑިއަމް 974 ގައި މިރޭ ކުޅުނު މެޗުގެ 34 މިނިޓް ތެރޭ ބްރެޒިލުން ވަނީ ދެކުނު ކޮރެއާ ކޮޅަށް ހަތަރު ގޯލު ޖަހައިފަ އެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި ބްރެޒިލަށް ގޯލު ހުޅުވައިދިނީ ވިނީޝިއުސް ޖޫނިއާ އެެވެ. މިއީ ރަފީނިއާ ނެގި ހުރަހަކުން އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވިނީޝިއުސް ޖެހި ގޯލެކެވެ.

ބްރެޒިލުން ލީޑުފުޅާކުރީ މެޗުގެ 13 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ނޭމާ ޖެހި ގޯލުންނެވެ. މިއީ ރިޗާލިސަން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ލިިބުނު އަނިޔާއަކާ ހެދި ކުޅުމާ ދުުރަށް ދާން ޖެހުނު ނޭމާ އަލުން ފިޓްވެގެން އެނބުރި އައި ފަހުން ކުޅުނު ފުރަތަމަ މެޗެވެ.

ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ރިޗާލިސަން އުފާފާޅުކުރަނީ.

މެޗުގެ 29 ވަނަ މިނިޓްގައި ތިއާގޯ ސިލްވާ ދިން ބޯޅައަކަށް އޭރިއާތެރެއަށް ހުސްކޮށް ވަދެ، ރިޗާލިސަން ވަނީ ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައި، ބްރެޒިލަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ވިނީޝިއުސް އޭރިއާތެެރެއަށް ހުރަސްކޮށްލި ބޯޅައެއް ވޮލީ އަކުން ގޯލަށް ފޮނުވާލައި، ލޫކަސް ޕަކޭޓާ ބްރެޒިލްގެ ހަަތަރު ވަނަ ގޯލު ޖެހި އެވެ.

ދެ ވަނަ ހާފްގެ ކުރީކޮޅުގައި ދެކުނު ކޮރެއާގެ ސޮން ހެއުން މިން އަށް ގޯލެއް ޖަހަން ހުސްކޮށް އެރި ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. މި ހާފުގެ ކުރިކޮޅުގައި ބްރެޒިލަށް ލަނޑެއް ޖަހައިދޭން އެ ޓީމުގެ ރަފީނިއާ ފޮނުވާލި ދެ ހަމަލާއެއް ދެކުނު ކޮރެއާގެ ކީޕަރު ކީ ސަންގް ޔޫ ވަނީ ހުއްޓުވައިފަ އެވެ.

ފުރަތަމަ ހާފަށް ވުރެން ރަނގަޅަށް ދެކުނު ކޮރެއާ އިން ވަނީ ދެ ވަނަ ހާފުގައި ކުޅެފަ އެވެ. އަދި ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ވެސް ފޮނުވާލިިއިރު، މެޗުގެ 68 ވަަނަ މިނިޓްގައި ބްރެޒިލްގެ އޭރިއާގެތެރެއިން ދެކުނު ކޮރެއާގެ ހުވާން ހީޗާން ޖެހި ބޯޅައެއް ކީޕަރު އެލިސަން ވަނީ މަތަކޮށްފަ އެވެ.

އެކަމަކު، މެޗުގެ 76 ވަނަ މިނިޓްގައި ޕައި ސިން ހޯ އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އެ ބޯޅަ ހުއްޓުވަން ކީޕަރު އެލިސަން އަށް ކަމެއް ނުކުރެވުނެވެ. އިތުރު ގޯލެއް ޖަހަން ދެކުނު ކޮރެއާ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މެޗަށް ފަހު ބްރެޒިލްގެ ކުޅުންތެރިން ވަނީ މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ އަށް ހާއްސަ މެސެޖެއް ލިޔެފައިވާ ބެނާއެއް ދައްކާލައިފަ އެވެ. އަދި މެޗުގެ ކުރިން ބްރެޒިލް ސަޕޯޓަރުން ވެސް ވަނީ މެސީ އަށް ހާއްސަ މެސެޖުތަކެއް ލިޔެފައިވާ ބެނާތަކެއް ވިހުރުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox