ބްރެޒިލް މެޗުގެ ކުރިން ރަނގަޅަށް ރެސްޓު ނުލިބޭތީ ބެންޓޯ ހިތްހަމަނުޖެހިފައި

Dec 5, 2022, 1:05 AM
ނޮވެމްބަރު 28، 2022 ވީ ހޯމަ ދުވަހު ގަތަރުގެ އަލް ރަޔާންގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ވޯލްޑް ކަޕް ގްރޫޕް އެޗްގައި ދެކުނު ކޮރެއާ އާއި ގާނާ ބައްދަލުކުރި މެޗަށް ފަހު ދެކުނު ކޮރެއާގެ ކޯޗު ޕައުލޯ ބެންޓޯ, ރެފުރީ އެންތޮނީ ޓޭލާއާ ދިމާއަށް ހިތްހަމަ ނުޖެހިގެން އެއްޗެހި ކިޔަނީ ރަތް ކާޑު ދައްކަނީ -- ފޮޓޯ: އޭއެފްޕީ

ނޮވެމްބަރު 28، 2022 ވީ ހޯމަ ދުވަހު ގަތަރުގެ އަލް ރަޔާންގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ވޯލްޑް ކަޕް ގްރޫޕް އެޗްގައި ދެކުނު ކޮރެއާ އާއި ގާނާ ބައްދަލުކުރި މެޗަށް ފަހު ދެކުނު ކޮރެއާގެ ކޯޗު ޕައުލޯ ބެންޓޯ, ރެފުރީ އެންތޮނީ ޓޭލާއާ ދިމާއަށް ހިތްހަމަ ނުޖެހިގެން އެއްޗެހި ކިޔަނީ ރަތް ކާޑު ދައްކަނީ -- ފޮޓޯ: އޭއެފްޕީ

ދޯހާ، ގަތަރު (ނޮވެމްބަރު 5) - ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ކުރިން ޓީމަށް އަރާމު ކުރަން ވަގުތު ނުލިބޭތީ ދެކުނު ކޮރެއާގެ ކޯޗު، ޕޯޗުގަލްގެ ޕައުލޯ ބެންޓޯ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި މިރޭ ބްރެޒިލްއާ ދެކޮޅަށް ދެކުނު ކޮރެއާ ނުކުންނާނެ އެވެ. ވޯލްޑް ކަޕްގައި މީގެ ކުރިން ދެކުނު ކޮރެއާ އިން ދެ ވަނަ ބުރުގައި ވާދަކުރީ އެންމެ ދެ ފަހަރެވެ. އެއީ 2002 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތާއި 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި މުބާރާތުގަ އެވެ.

ބެންޓޯ ބުނީ 72 ގަޑިއިރުތެރޭގައި ވޯލްޑްކަޕްގެ ވަރުގަދަ މެޗަކަށް ނުކުންނައިރު އެ ޓީމަށް އުނދަގޫތަކެއް އެބަހުރި ކަމަށެވެ، ދެކުނު ކޮރެއާ ކަހަލަ ޓީމަކަށް މިއީ އެއް މެޗުން އަނެއް މެޗަށް ދާން ބަލާއިރު، މަދު ވަގުތުކޮޅެއް ކަމަށް ބެންޓޯ ވަނީ ބުނެފަ އެވެ. އަދި ހަލާތު ނިޔާކުރި ގޮތުން ބްރެޒިލް އަށް މި ކަމުން އެޑްވާންޓޭޖެއް އޮތްކަމަށް ގަބޫލުކުރާ ކަމަށް ވެސް ބެންޓޯގެ ވާހަކައިގައި ފާހަގަކުރި އެވެ.

"ފަހު މެޗުގައި ބްރެޒިލުން ޓީމް ބަދަލުކޮށްފައި އޮތީ، އަހަރުމެންނަށް އޮތް ހާލަތު ތަފާތު. އެ މެޗުގައި ޓީމު ބަދަލުކުރެވޭކަށް ނެތް. ވަރަށް ހާޑު މެޗެއް ނިންމާފައި މި ލިބުނީ އެންމެ 72 ގަޑިއިރު. މިއީ އިންސާފުވެރި ގޮތެއް ނޫން" މީގެ ކުރިން ޕޯޗުގަލް އަށް ވެސް ވޯލްޑް ކަޕްގައި އިރުޝާދު ދިން ބެންޓޯ ބުންޏެވެ.

ބެންޓޯ ބުނީ ދެކުނު ކޮރެއާ ޓީމުގައި އަނިޔާގެ މައްސަލަތައް ހުރި ނަމަވެސް ޓީމުގައި ތިބި 26 ކުޅުންތެރިނަންނަށް ވެސް އިތުބާރު އެބައޮތް ކަމަށެވެ.

ބްރެޒިލް އަކީ ވޯލްޑް ކަޕްގެ މިކަހަލަ ބޮޑެތި މެޗުތަކުން މޮޅުވުމުގެ ސަގާފަތެއް އޮތް ޓީމެއް ކަމަށާއި، އެހެންކަމުން، މިއީ ދެކުނު ކޮރެއާ އަށް އޮތް ޗެލެންޖެއް ކަމަށް ބެންޓޯ ގަބޫލުކުރެ އެވެ. އެހެން ނަމަވެސް ދެކުނު ކޮރެއާ އޮތް ހިތްހަމަޖެހުމަކީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެއް އަތުން ބަލިވުމުގެ ޕްރެޝަރުން ނެތުން ކަމަށާއި، އޭގެ ފައިދާ ނެގޭނެކަމަށް ގަބޫލުކުރާ ކަމަށް ވެސް ބެންޓޯ ވަނީ ބުނެފަ އެވެ.

ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން އެންމެ ފަހުން ބްރެޒިލް ކަޓާފައިވަނީ 1990 ވަނަ އަހަރުގަ އެވެ. އެ ފަހަރު އާޖެންޓީނާ އަތުން ބްރެޒިލް ބަލިވީ 1-0 އިންނެވެ.

ދެކުނު ކޮރެއާ އަކީ ވޯލްޑް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި އޭޝިއާގެ ދެ ވަނަ ގައުމެވެ. އެ ގޮތުން، 2002 ގެ މުބާރާތުގެ ހަތަރު ވަނަ އެ ޓީމުން ހޯދިއިރު، 1966 ވަނަ އުތުރު ކޮރެއާ އިންވެސް ވޯލްޑް ކަޕްގެ ގަދަ 8 ޓީމުގެ ތެރެއިން ޖާގަ ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox