ދެކުނު ކޮރެއާ މެޗަށް ނޭމާ ފިޓުވުމާ އެކު ކޯޗު ހިތްހަމަޖެހިފައި

Dec 5, 2022, 2:59 AM
ދެކުނު ކޮރެއާ މެޗަށް ނޭމާ ފިޓުވުމާ އެކު ކޯޗު ހިތްހަމަޖެހިފައި

ދޯހާ، ގަތަރު (ޑިސެމްބަރު 5) - ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނަ މެޗަށް ބްރެޒިލްގެ ތަރި ނޭމާ ފިޓުވުމަކީ މި މެޗަށް ނުކުންނައިރު, ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ އިތުބާރު ބޮޑަށް އޮތް ކަމެއް ކަމަށް ކޯޗު ޓީޓޭ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ވާދަކުރާ ބްރެޒިލް ވަނީ އެ ޓީމު ހިމެނުނު ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. ދެކުނު ކޮރެއާ އިން ދެ ވަނަ ބުރުގެ ޖާގަ ހޯދީ ފަހު މެޗުގައި ޕޯޗުގަލް އަތުން މޮޅުވެ، ޕޮއިންޓުގެ ގޮތުން އުރުގުއޭ އާ އެއްވަރުވެ، ފައިދާ ގޯލަށް ބަލާއިރު ވެސް އެއްވަރުވެ، ޖެހި ގޯލަށް ބަލާއިރު ކުރި ލިބިގެންނެވެ.

ބްރެޒިލް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގެ ފަހު ކޮޅު އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުނު ނޭމާ ފަހު ދެ މެޗުގައި ކުޅެފަ އެއް ނުވެ އެވެ. ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށްފަހު މިހާރު އޭނާ ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފަ އެވެ.

ނޭމާއާ ބެހޭގޮތުބް ވާހަކަދައްކަމުން ކޯޗު ޓީޓޭ ބުނީ ނޭމާ ހުރީ އެއްކޮށް މިހާރު ފިޓުކޮށްކަމަށާއި، މި މެޗުގައި ނޭމާ ފެންނާނެ ކަމަށެވެ.

ނޭމާގެ އިތުރުން ފަހު ދެ މެޗުގައި ނުކުޅެވުނު ޑިފެންޑަރު ޑަނީލޯ ވެސް ހުރީ ފިޓުކޮށެވެ. ނަމަވެސް މިދިޔަ މެޗުގައި ކުޅުނު ފޯވާޑް ގަބްރިއެލް ޖީސޫސް އާއި ޑިފެންޑަރު އަލެކްސް ޓެލޭސް އަށް އަނިޔާވެ މި މުބާރާތުގައި ކުޅުމުގެ ފުރުސަތުވަނީ އެއްކޮށް ގެއްލިފަ އެވެ.

ޖީސޫސް ފަހު މެޗަށް ކުޅެން ނެރުނުއިރު އޭނާ ހުރީ އަނިޔާގައި ކަމަށް ބުނެ މީޑީޔާ ތަކުން އަންނަނީ ހަބަރު ފަތުރަމުންނެވެ. ނަމަވެސް ކޯޗު ޓީޓޭ ވަނީ މިއީ ދޮގު ހަބަރުތަކެއް ކަމަށް ބުނެފަ އެވެ.

"ޖީސޫސްގެ އަނިޔާއާ ގުޅޭގޮތުން އެ ދައްކަނީ ހުސް ދޮގު ވާހަކަ. އޭނާ ފިޓުކޮށް ހުރީމަ އެ މެޗަށް އެރުވީ. އަނެއްކޮޅުން އަހަރެން ގަބޫލުކުރަނީ މި ޓީމްގެ މެޑިކަލް ޓީމަކީ ފެންވަރު ހުރި ޓީމެއް ކަމަށް. އެމީހުން އަހަންނަށް ދޮގު މައުލޫމާތެއް ނުދޭނެ" ކޯޗު ޓީޓޭ ބުންޏެވެ.

ދެކުނު ކޮރެއާ ޓީމާ ގުޅޭގޮތުން ކޯޗު ޓީޓޭ ބުނީ ޕޯޗުގަލް އަތުން ހޯދި މޮޅާ އެކު ދެކުނު ކޮރެއާ ޓީމުގެ ފެންވަރު ފެނިފައިވާ ކަމަށެވެ.

ބްރެޒިލުން ދެކުނު ކޮރެއާ އަށް ފުރިހަމަ އަށް އިހުތިރާމް ކުރާނެކަން ފާހަގަކޮށް ޓީޓޭ ބުނީ މެޗުގައި ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށް ގަބޫލުކުރާ ކަމަށެވެ، މިހާތަނަށް މި ވޯލްޑް ކަޕްގައި ނުކުމެފައިވާ ނަތީޖާތަކަށް ބަލާއިރު އެއްވެސް ޓީމަކަށް މެޗަށް ނުކުތުމުގެ ކުރިން މޮޅުވުމުގެ ޔަގީންކަމެއް ނުދެވޭނެ ކަމަށް ޓީޓޭ ވަނީ ބުނެފަ އެވެ.

ބްރެޒިލާއި ދެކުނު ކޮރެއާ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox