ޖެހިލުން ކުޑަ ޖަޕާނަކީ ފަސޭހަކޮށްލެވޭ ވަރުގެ ޓީމެއް ނޫން

Dec 5, 2022, 3:09 AM
ޖެހިލުން ކުޑަ ޖަޕާނަކީ ފަސޭހަކޮށްލެވޭ ވަރުގެ ޓީމެއް ނޫން

ދޯހާ، ގަތަރު (ޑިސެމްބަރު 5) - މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ "ޖެހިލުން ކުޑަ" ޓީމަކީ ޖަޕާން ކަމަށާއި އެ ޓީމަކީ ފަސޭހަކޮށްލެވޭ ވަރުގެ ޓީމެއް ނޫން ކަމަށް ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް ބުނެފި އެވެ.

ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ކްރޮއޭޝިއާ އާއި ޖަޕާން މިރޭ ވާދަކުރާނެ އެވެ. ޖަޕާން ދެ ވަނަ ބުރުން ޖާގަ ހޯދީ ސްޕެއިން އާއި ޖަރުމަން ބަލިކޮށް ގްރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ. ކްރޮއޭޝިއާ އަށް ގަދަ 16 އިން ޖާގަ ލިބުނީ އެ ޓީމު ހިމެނުނު ގްރޫޕް އެފްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

ޖަޕާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޑާލިޗް ބުނީ ޖަޕާނަކީ މި މުބާރާތުގެ އެންމެ ހިތްވަރުގަދަ ޓީމު ކަމަށެވެ. ޖަޕާނުން ގްރޫޕް ސްޓޭޖުގައި ނެރުނު ނަތީޖާތަކަށް ތައުރީފު ކުރަން ޖެހޭކަން ފާހަގަކޮށް ޑާލިޗް ބުނީ ދުނިޔޭގެ ފެންވަރުގެ އެތައް މޮޅެތި ކުޅުންތެރިންނެއް ތިބި ވަރުގަދަ ދެ ޓީމު ކަމަށްވާ ޖަރުމަނާއި ސްޕެއިން އަތުން ފަހަތުން އަރައި، މޮޅުވެ ގްރޫޕްގެ އެއް ވަނަ ހޯދުމަކީ އާދައިގެ ކުޑަ މަސައްކަތެއް ކަމަށެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިން ޑާލިޗް ބުނީ ޖަޕާންއާ ދެކޮޅަށް ކުޅެވޭނީ މެޗުގެ ހުރިހާ ވަގުތަކު އެއްވަރެއްގަ ފޯކަސް ރަނގަޅަށް ބަހައްޓައިގެން ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅަކަށް ފަރުވާކުޑަކުރެވުނަސް ޖަޕާނުން ލަނޑު ދީފާނެ ކަމަށް ޑާލިޗް ގަބޫލުކުރެ އެވެ.

"އަހަރެން ބުނާނީ މި މުބާރާތުގެ އެންމެ ހިތްވަރުގަދަ ޓީމަކީ ޖަޕާން އޭ. އެޓީމާ ދެކޮޅަށް ކުޅޭއިރު އެއްވެސް ވަރަކަށް ފަރުވާކުޑަކޮށްގެން ނުވާނެ." ޑާލިޗް ބުންޏެވެ.

ޑާލިޗް ބުނީ ޖަޕާން ކުޅޭ ގޮތާއި އެ ޓީމުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ދަސްކޮށްފައިވާނެ ކަމަށާއި ކްރޮއޭޝިއާ ޓީމު އޮތީ ބޭނުންވާ މިންވަރަށް މި މެޗަށް ތައްޔާރުވެފައި ކަަމަށެވެ.

ދެ ވަނަ ބުރުގެ މުހިންމު މެޗަށް ނުކުންނައިރު، ކޯޗުގެ ކަންބޮޑުވުމަކީ އެ ޓީމަށް މެޗުތަކުގައި ނަތީޖާ ނެރުމަށް ބޭނުންވާ ގޯލު ނުޖެހުމުގެ މައްސަލަ އެވެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމަށް ގޯލު ޖެހުނީ އެއް މެޗުގަ އެވެ.

ޑާލިޗް ބުނީ ފޯވާޑުން މި މެޗުގައި ގޯލު ޖެހުން މުހިންމު ކަމަށާއި ލިބޭ ފުރުސަތުތަކުގެ ބޭނުން ޖަޕާން ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ނުކުރެވިއްޖެ ނަމަ ފަހު ވަގުތު ދެރަ ލިބޭނެ ކަމަށެވެ. އަނެއްކޮޅުން، ނޮކްއައުޓް ބުރުގައި ގޯލު ނުޖެހުމަކީ ޓީމަށް ކުރިމަތިވާނެ ޕްރެޝަރެއްގެ ގޮތުގައި ޑާލިޗް ފާހަގަކުރި އެވެ.

ކްރޮއޭޝިއާ މެޗާ ބެހޭގޮތުން ޖަޕާންގެ ކޯޗު ހަޖީމޭ މޮރިޔާސޫ ބުނީ ޖަޕާންގެ އެންމެ ބޮޑު ތަފާތަކީ ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތް ކަމަށެވެ. އެ ގޮތުން، ކޮންމެ އިރުޝާދަކަށް ހުރިހާ ކުޅުންތެރިން އެކުގައި ކުރާ މަސައްކަތް މޮރިޔާސޫ ފާހަގަކުރި އެވެ.

އެންމެ ފަހުން ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ވެސް ޖަޕާނުން ވާދަކުރި އެވެ. އެ ފަހަރު މެޗުގެ އެންމެ ފަހު މިނެޓުގައި ޖަޕާން ކޮޅަށް ބެލްޖިއަމުން ޖެހި ގޯލާ އެކު އެ ޓީމު ކުއާޓާ ފައިނަލަށް ނުގޮސް ކެޓީ އެވެ. އެ ޓީމުން ވަނީ މިދިޔަ ހަ މުބާރާތުގެ ތެރެއިން ހަތަރު މުބާރާތެއްގެ ގަދަ 16 ޖާގަ ހޯދާފަ އެވެ.

މޮރިޔާސޫގެ އަޒުމަކީ ވޯލްޑް ކަޕް ތާރީހުގައި ފުރަތަމަ ފަހަރަށް ޖަޕާނަށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިދިނުމެވެ. މޮރިޔާސޫ ގަބޫލުކުރާ ގޮތުގައި ތާރީހީ ކާމިޔާބީ ހޯދަން ބަލާއިރު މިއީ އެ ޓީމަށް އެންމެ ރަނގަޅު ފުރުސަތެއް އޮތް ފަހަރެވެ.

"މިހާރު މި ޓީމްގައި ތިބި ކުޅުންތެރިންގެ ހުނަރާ، ހިތްވަރަށް ބަލާއިރު އަހަރެން ގަބޫލުކުރާ ގޮތުގައި މި ފަހަރު ޓީމަށް ރަނގަޅު ފުރުސަތެއް އެބައޮތް. ޖަރުމަން މެޗާއި ސްޕެއިން މެޗުގައި ފެނުނު ކަހަލަ ހިތްވަރެއް ނެރެން ޖެހޭނީ، އެކަން އެ ކުޅުންތެރިން ކުރާނެކަން އަހަންނަށް ޔަގީން" މޮރިޔާސޫ ބުންޏެވެ.

މީގެ ކުރިން ވޯލްޑް ކަޕްގައި ދެ ފަހަރެއްގެ މަތިން މި ދެ ޓީމް ވާދަކުރި އެވެ. ފްރާންސްގައި ބޭއްވި، 1998 ވޯލްޑް ކަޕްގެގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު 1-0 އިން ކްރޮއޭޝިއާ ކާމިޔާބުކުރިއިރު، ޖަރުމަނު 2006ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.

ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ޖަޕާން އާއި ކްރޮއޭޝިއާ ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން އަށެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox