ސެނެގާލް ކަޓުވާލައި، އިންގްލެންޑް ކުއާޓާގައި ފްރާންސާ ދެކޮޅަށް

Dec 4, 2022, 8:53 PM
ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ ހެންޑަސަން (ކ) އާއި ބެލިންހަމް އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ ހެންޑަސަން (ކ) އާއި ބެލިންހަމް އުފާފާޅުކުރަނީ.

ދޯހާ، ގަތަރު (ޑިސެމްބަރު 5) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި މިރޭ ސެނެގާލް އަތުން 3-0 އިން މޮޅުވެ، އިންގްލެންޑުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

ޕޮލެންޑް ބަލިކޮށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދި ފްރާންސާއި އިންގްލެންޑް ކުޅޭ ކުއާޓާ ފައިނަލް މެޗު އޮންނާނީ މި މަހު 10 ވަނަ ދުވަހު އެވެ. ވޯލްޑް ކަޕެއްގައި އިންގްލެންޑާއި ފްރާންސް އެންމެ ފަހުން ބައްދަލުކުރީ 1982 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގަ އެވެ.

އެކަމަކު، ވޯލްޑް ކަޕްގައި އެންމެ ފަހުން ބައްދަލުކުރި ފަހުން، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި، އިންގްލެންޑާއި ފްރާންސް ތިން ފަހަރު ބައްދަލުކުރި އެވެ. އެއީ 1992، 2004 އާއި 2012 ވަނަ އަހަރުގެ ޔޫރޯތަކުގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި ފަހަރުތަކެކެވެ. އޭގެ ތެެރެއިން، ދެ މެޗުން ފްރާންސާ އެއްވަރުވިއިރު، އެއް މެޗުން އިންގްލެންޑް ވަނީ ބަލިވެފަ އެވެ.

އަލްބައިތު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ސެނެގާލުން ވެސް އިންގްލެންޑަށް ޕްރެޝަރު ކުރެވޭތޯ އެޓޭކް ކުރަން މަސައްކަތް ކުރަމުންދިޔަ އެވެ. އެކަމަކު، އިންގްލެންޑުން ވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ދެ ގޯލު ޖަހައި، މެޗުގެ ކޮންޓްރޯލް ނަގައިފަ އެވެ.

އިންގްލެންޑްގެ ހެންޑަސަަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެޗުގެ 38 ވަނަ މިނިޓްގައި އިންގްލެންޑަށް ލީޑުނަގައިދިން ގޯލު ޖެހީ، ތަޖުރިބާކާރު މިޑްފީލްޑަރު، ޖޯޑަން ހެންޑަސަން އެވެ. ޖޫޑް ބެލިންހަމް އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ހެންޑަސަން ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ބެލިންހަމް އަކީ ވޯލްޑް ކަޕް މެޗެއްގައި ގޯލެއް ޖަހަން ފުރުސަތު ހޯދައިދިން އިންގްލެންޑްގެ އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ބެލިންހަމްގެ އުމުރަކީ 19 އަހަރާއި 158 ދުވަހެވެ. އަނެއްކޮޅުން، ހެންޑަސަން ވެފައިވަނީ ވޯލްޑް ކަޕެއްގައި ގޯލު ޖެހި އިންގްލެންޑްގެ ދެ ވަނަ އަށް އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. ހެންޑަސަން މި ގޯލު ޖެހިއިރު، އުމުރަކީ 32 އަހަރާއި 170 ދުވަހެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނިޓްގެ ތެރެއިން ފަހު ސިކުންތުގައި އިންގްލެންޑްގެ ދެ ވަނަ ގޯލު ޖެހީ ކައުންޓަ އެޓޭކެއްގައި ބެލިންހަމްގެ މަސައްކަތުގެ ފައިދާނަގައި، ފިލް ފޯޑެން ދިން ބޯޅައަކުން ހެރީ ކޭން އެވެ.

މިއީ ކޭން މި ފަހަރުގެ ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ގޯލެވެ. މި ލަނޑާ އެކު ކޭން ވަނީ އިންގްލެންޑަށް ވޯލްޑް ކަޕާއި ޔޫރޯގެ މުބާރާތްތަކުގައި 11 ގޯލު ޖަަހައި، އިންގްލެންޑްގެ ޓީމުގައި ރެކޯޑެއް ގާއިމްކޮށްފަ އެވެ. ކުރިން ވޯލްޑް ކަޕާއި ޔޫރޯގައި އިންގްލެންޑަށް އެންމެ ގިނަ ގޯލު ޖަހައިދިނީ 10 ލަނޑު ޖަހާފައިވާ ގެރީ ލިނެކާ އެވެ.

ކައުންޓަ އެޓޭކުގައި އިންގްލެންޑްގެ ކޭން ގޯލަށް ބޯޅަ ފޮނުވާލަނީ.

ދެ ވަނަ ހާފަށް ސެނެގާލުން ނުކުތީ ތިން ބަދަލެއް ގެނެސްގެންނެވެ. ކުޅެން އެރީ ޕަޕާ އަލަސާނޭ ގޭއި، ބަމްބަ ޑިއާންގް އަދި ޕާޕޭ މާޓަ ސާ އެވެ.

އިންގްލެންޑުން ވަނީ މެޗުގެ 56 ވަނަ މިނިޓްގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާބޭރުން ކޭން ޖެހި ބާރު ބޯޅަ ސެނެގާލްގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ.

އޭގެ ދެ މިނިޓް ފަހުން، އިންގްލެންޑުން ވަނީ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މެޗުގެ 57 ވަަނަ މިނިތްގައި ފޯޑެން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބުކާޔޯ ސަކާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ ސަކާ މި ފަހަރުގެ ވޯލްޑް ކަޕްގައި ޖެހި ތިން ވަނަ ގޯލެވެ.

ބަދަލަކަށް ކުޅެން އެރި އިންގްލެންޑްގެ މާކަސް ރަޝްފޯޑް ނެގި ހުރަހަކަށް އަރައި ކޭން ގޯލަށް ބޯޅަ ފޮނުވާލަން ކުރި މަސައްކަތް ކާމިޔާބެެއްނުވި އެވެ. އޭގެ ފަހުން، މެޗުގެ އިތުރު ވަގުތުގައި އިންގްލެންޑްގެ ލޫކް ޝޯ ނެގި ހުރަހަކުން ރަޝްފޯޑް ވެއްޓިގެންފައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

މިއީ ސެނެގާލުން ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކުޅުނު ދެ ވަނަ ފަހަރެވެ. އެ ޓީމުން 2002 ވަަނަ އަހަރުގެ ވޯލްޑް ކަޕްގައި މުޅިން އަލަށް ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، މި ފަހަރު އެ ހިސާބަށް ނުދެވި، ގަދަ 16 ބުރުން މި ވަނީ ކަޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox