އިންޑޮނީޝިއާގެ އަލިފާން ފަރުބަދައެއް ގޮވައި ގިނަ ބަޔަކު އިވެކުއޭޓްކޮށްފި

އިންޑޮނީޝިއާގެ ސެމެރޫ ފަރުބަދައިން ދުން އަރަނީ. -- ފޮޓޯ: ސީއެންއެން

އިންޑޮނީޝިއާގެ ސެމެރޫ ފަރުބަދައިން ދުން އަރަނީ. -- ފޮޓޯ: ސީއެންއެން

އާދީއްތަ ދުވަހު އިންޑޮނީޝިއާގެ ސެމެރޫ އަލިފާން ފަރުބަދަ ގޮވައި ދެ ހާހަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވެއްޖެ އެވެ.

ޖާވާ ރަށުގެ އެންމެ އުސް ފަރުބަދައިން ބޯ ދުން އަރައި، ދިޔާ އަލިފާން ފައިވަން ފެށީ ވެރިރަށް ޖަކާޓާއާ 800 ކިލޯމީޓަރު އިރުދެކުނުންނެވެ.

އިދާރާތަކުން ވަނީ އަލިފާން ފަރުބަދަ ގޮވުމާ ގުޅޭ އެންމެ މަތީ އެލާޓު ނެރިފަ އެވެ. ސެމެރޫ ފަރުބަދަ ވަށައިގެންވާ އަވަށްތަކަށް ދުމާއު ހިރަފުހުގެ އަސަރު ކުރަމުންދާ އިރު، ބޯކޮށް ވާރޭ ވެސް ވެހެމުންދެ އެވެ.

Advertisement

އަވަށްތަކުގެ މީހުން ބުނީ ހިރަފުސް ބޯވެގެން ގޮސް އުޑުމަތި އެއްކޮށް އަނދިރިވެ އިރުގެ އެއްވެސް އަލިކަމެއް ނުލިބެ އެވެ. ދުވާލު ހީވަނީ ރޭގަނޑުގެ ވަގުތެއްހެން ކަމަށް އެ މީހުން ބުންޏެވެ.

ނޭޝަނަލް ޑިޒާޒްޓާާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ) ގެ ތަރުޖަމާނު އަބްދުލް މުހާރީ ވިދާޅުވީ ހޫނު، ދިޔާ އަލިފާން ފަރުބަދައިން ފައިބަމުންދާ ކަމަށެވެ. އެއީ 3،676 މީޓަރު އުސް ފަރުބަދައެކެވެ.

މިހާތަނަށް މީހަކު މަރުވި ކަމެއް އަދި އަނިޔާކަމުގެ ރިޕޯޓެއް ނުލިބެ އެވެ. އަލިފާން ފަރުބަދަ ވަށައިގެން އަށް ކިލޯމީޓަރުގެ ހިސާބެއް ވަނީ ބަންދުކޮށްފަ އެވެ.

އަލިފާން ފަރުބަދަ ގޮވުމުން ސުނާމީއެއް އަރާފާނެ ކަމަށް ޖަޕާނުގެ މޫސުމާ ބެހޭ އެޖެންސީއިން އިންޒާރު ދިނެވެ. އެހެން ނަމަވެސް، ސުނާމީއެއްގެ އަސަރެއް ނުކުރެ އެވެ.

ސެމެރޫ ފަރުބަދަ އެންމެ ފަހުން ގޮވީ މީގެ އެއް އަހަރު ކުރިންނެވެ. އެ ފަހަރު 51 މީހުން މަރުވެ، ފަސް ހާހަށް ވުރެ ގިނަ ގެ ސުންނާފަތިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox