ޕޮލެންޑަކީ ފަސޭހަކުރެވޭނެ ޓީމެއް ނޫން: ފްރާންސްގެ ކޯޗު

Dec 4, 2022, 5:49 AM
ޕޮލެންޑަކީ ފަސޭހަކުރެވޭނެ ޓީމެއް ނޫން: ފްރާންސްގެ ކޯޗު

ދޯހާ (4 ޑިސެމްބަރު) - ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށް ޕޮލެންޑް ނުކުންނައިރު، އެ ޓީމަކީ ފަސޭހަކުރެވޭ ވަރަށްވުރެ ވަރުގަދަ ޓީމެއް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި 36 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވާދަކުރާ ޕޮލެންޑާ ދެކޮޅަށް ފްރާންސް ނުކުންނާނީ ފޭވަރިޓުންގެ ގޮތުގައެވެ. މި ދެ ގައުމު އެންމެ ފަހުން ބައްދަލުކުރި ހަތް މެޗުގައި ވެސް ފްރާންސް ބައްޔެއްނުވެއެވެ.

ފްރާންސްގެ ދެ ވަނަ ބުރުގެ ޖާގައެއް ހޯދީ ގުރޫޕް ޑީގައި ބާކީ އެއް މެޗު އޮއްވަ އެވެ. ގިނަ ބަދަލުތަކަކާ އެކު ގުރޫޕްގެ ފަހު މެޗަށް ނުކުމެ ޓިއުނީޝިއާ އަތުން ފްރާންސް ބަލިވިޔަސް، އެ ޓީމަށް ގުރޫޕްގެ އެއް ވަނަ ލިބުނެވެ. ޕޮލެންޑް ގުރޫޕް ސީގެ ދެވަނަ ހޯދީ މެކްސިކޯގެ މައްޗަށް ލަނޑުގެ ތަފާތުން ކުރި ހޯދައިގެނެވެ.

މެޗުގެ ކުރިން ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބުނީ ޕޮލެންޑަކީ ފްރާންސަށް ފަސޭހަކުރެވޭ ވަރުގެ ޓީމެއް ނޫން ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅެން ފްރާންސް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.

"ޕޮލެންޑްގައި އެބަތިބި ތަޖުރިބާކާރު ކުޅުންތެރިންތަކެއް. އެ ޓީމުގައި އެންމެ މަޝްހޫރު ކުޅުންތެރިއަކަށް ހުރީ (ރޮބަޓް) ލެވަންޑޯސްކީ. އެކަމަކު އޭނާ (ލެވަންޑޯސްކީ) އެކަނި ހުރެގެނެއް ނޫން އެ ޓީމު ވަރުގަދަވަނީ. ޕޮލެންޑަކީ ވަރަށް އޯގަަނައިޒް، ވަރުގަދަ ކުޅުންތެރިންތަކެއް ތިބި ޓީމެއް،" ޑެޝޯމްޕްސް ބުންޏެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ވެސް ޕޮލެންޑްގެ ފަރާތުން ބޮޑަށް ފެނުނީ ޑިފެންސިވް ގޭމެކެވެ. ހާއްސަކޮށް ގުރޫޕްގެ ފަހު މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ކުޅުނީ ޑިފެންސަށް ވަރަށް ބޮޑު އިސްކަމެއް ދީގެނެވެ.

ޑެޝޯމްޕްސް ބުނީ ޕޮލެންޑްގެ ކޮންމެ ކަހަލަ ގޭމެއް ކުޅުނަސް، އޭ ޓީމުގެ ސްޓައިލް އަށް އިހުތިރާމްކުރާ ކަމަށެވެ.

"ޕޮލެންޑް ކުޅޭ ގޭމަށް އިހުތިރާމްކުރަންޖެހޭ. ޕޯލެންޑަކީ ގަދަ 16ގެ ޖާގައެއް ހައްގު ޓީމެއް،" ޑެޝޯމްސްޕް ބުންޏެވެ.

ޕޮލެންޑުން ލެވަންޑޮވްސްކީގެ ބޭނުން ހިފަންޖެހޭ

މި މުބާރާތުގައި ސައުދީ އަރަބިއްޔާ ކޮޅަށް ޕޮލެންޑްގެ ކެޕްޓަން ލެވަންޑޯސްކީ ޖެހި ލަނޑަކީ ފީފާ ވޯލްޑް ކަޕެއްގައި އޭނާ ޖެހި ފުރަތަަމަ ލަނޑެވެ. މި މުބާރާތުގައި މިހާތަނަށް ޕޮލެންޑް ކުޅުނު ތިން މެޗުގައި ވެސް ފާހަގަވި ކަމަކީ ލެވަންޑޯސްކީ އަށް އެކަށީގެންވާ މިންވަރަށް ފުރުސަތުތައް ތަނަވަސްނުވުމެވެ. ހާއްސަކޮށް ގުރޫޕްގެ ފަހު މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ޕޮލެންޑް ކުޅުނުއިރު، ލެވަންޑޯސްކީގެ ފަރާތުން މާބޮޑު ތަފާތެއް ނުފެނުނެވެ.

މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން ޕޮލެންޑްގެ ކޯޗު ޗެސްލޯވް މިޗްނިއެވިޗްޒް ބުނީ ލެވަންޑޯސްކީގެ ބޭނުން ހިފޭނީ އިދިކޮޅު ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގިނަ ފުރުސަތުތައް ތަނަވަސްކޮށްދީގެން ކަމަށެވެ.

"އަމިއްލަ ހާފުން ބޯޅަ ދީގެން ލަނޑެއް ނުޖެހޭނެ. ކުރިން ކުޅުނު މެޗުތަކުގައި ވެސް ރަނގަޅު ދަނޑިވަޅުތަކުގައި އަހަރަމެންނަށް ކުޅެވުނީ ގޯސް ބޯޅަތަކެއް. ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް، ތަފާތެއް ދެއްކޭނީ ޕެނަލްޓީ އޭރިޔާ ތެރެއަށް ނުވަތަ ފޯވަޑުންގެ ޒޯނަށް ގިނަ ބޯޅަތަކެއް ދީގެން،" މިޗްނިއެވިޗްޒް ބުންޏެވެ.

ފްރާންސް އާއި ޕޮލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:00ގައެވެ.

މެޗުގެ ފެކްޓްްސް

  • މިރޭގެ މެޗަކީ ވޯލްޑް ކަޕެއްގައި ފްރާންސް - ޕޯލެންޑް ބައްދަލުކުރާ ދެވަނަ ފަހަރު. މީގެ ކުރިން މި ދެ ގައުމު ވޯލްޑް ކަޕެއްގައި ކުރިމަތިލީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގަ. އެ މެޗު 3-2 އިން ކާމިޔާބުކުރީ ޕޯލެންޑް.
  • ފްރާންސް - ޕޯލެންޑް އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް ފްރާންސް ބައްޔެއްނުވޭ. ޕޯލެންޑް އަތުން ފްރާންސް އެންމެ ފަހުން ބަލިވީ 1982 ވަނަ އަހަރުގެ އޯގަސްޓް މަހު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި.
  • ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރު 1986 ވަނަ އަހަރު ތައާރަފްކުރި ފަހުން ފްރާންސް ވަނީ ފަސް ފަހަރު ގަދަ 16ގައި ވާދަކޮށްފަ. ފަސް ފަހަރު ވެސް ފްރާންސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ.
  • މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗުގައި 36 އަހަރުގެ ތެރޭގައި ފްރާންސް ކުޅޭ ފުރަތަމަ ފަހަރު.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox