ކެމަރޫން އިން ބްރެޒިލް ބަލިކޮށްފި، ސްވިޒަލެންޑް ދެ ވަނަ ބުރަށް

Dec 2, 2022, 9:39 PM
ކެމަރޫންގެ ވިންސެންޓް އަބޫބަކުރު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ކެމަރޫންގެ ވިންސެންޓް އަބޫބަކުރު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދޯހާ، ގަތަރު (ޑިސެމްބަރު 3) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ބަލިކުރި ފުރަތަމަ އެފްރިކާ ޓީމްގެ ޝަރަފް ކެމަރޫން އިން ހޯދިއިރު، ސާބިއާ 3-2 އިން ބަލިކޮށް ސްވިޒަލެންޑު ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ޖީގެ ފަހު މެޗުގައި މިރޭ ކެމަރޫނުން ބްރެޒިލް ބަލިކުރީ 1-0 އިންނެވެ. މި މެޗުން ބަލިވި ނަމަވެސް ދެ ވަނަ ބުރުގެ ޖާގަ ބްރެޒިލަށް މި މެޗުގެ ކުރިން ވެސް އޮތީ ޔަގީންވެފަ އެވެ. ބްރެޒިލް އަށް ގްރޫޕްގެ އެއް ވަނަ ލިބުނީ ހަ ޕޮއިންޓާ އެކު ފައިދާ ގޯލުގެ ތަފާތުންނެވެ. ހަ ޕޮއިންޓާ އެކު ބްރެޒިލް އަށް ވުރެ ފައިދާ ގޯލު މަދުން ހޯދައި ދެ ވަނަ ހޯދި މިރޭ ސާބިއާ އަތުން މޮޅުވި ސްވިޒަލެންޑް އެވެ.

މި ގްރޫޕުން ކެޓީ ތިން ޕޮއިންޓް ހޯދި ކެމަރޫން އާއި އެއް ޕޮއިންޓާ އެކު ގްރޫޕުގެ ފުލަށް ދިޔަ ސާބިއާ އެވެ.

ދެ ވަނަ ބުރުގައި ބްރެޒިލް ނުކުންނާނީ ގްރޫޕް އެޗްގެ ދެ ވަނަ ހޯދި ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ސްވިޒަލެންޑު ނުކުންނާނީ ގްރޫޕް އެޗްގެ އެއް ވަނަ ހޯދި ޕޯޗުގަލްއާ ދެކޮޅަށެވެ.

މިރޭ ބްރެޒިލް އަތުން ކެމަރޫން މޮޅުވި މެޗުގައި ބްރެޒިލް ޓީމުން ވަނީ އެ ޓީމުގެ ފުރަތަމަ އެގާރަ އެއްކޮށް ބަދަލުކޮށްފަ އެވެ. ކޯޗު ޓީޓޭ މުޅި ޓީމު ބަދަލުކުރިއިރު، ކެޕްޓަން ބޭންޑް އަޅައިގެން ނުކުތީ 39 އަހަރުގެ ޑެނީ އަލްވޭސް އެވެ. އޭނާ އަކީ ވޯލްޑް ކަޕެއްގައި ބްރެޒިލަށް ކުުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.

ބްރެޒިލް ޓީމުން މި މެޗުގައި އަށް ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވާލިއިރު، އެ ބޯޅަތައް ކެމަރޫންގެ ކީޕަރު ޑާވިސް އެޕަސީ ވަނީ ދިފާއުކޮށްފަ އެވެ. މީގެ ތެރޭގައި އަރިމަތިން ކުޅުނު ބްރެޒިލްގެ ގަބްރިއެލް މާޓިނެލީ ފޮނުވާލި ހަމަލާތަކާއި، ފޯވާޑް، ގެބްރިއެލް ޖެސުސް، ބްރޫނޯ ގިމަރޭސް އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕެޑްރޯ އަށް ލިބުނު ފުރުސަތުތައް ހިމެނެ އެވެ.

ކެމަރޫނުން މެޗުގައި ބްރެޒިލްގެ ގޯލާ އަމާޒުކޮށް ފޮނުވާލީ އެންމެ ތިން ހަމަލާ އެވެ. އޭގެ ތެރޭގައި ހިމެނެނީ މެޗުގެ އިތުރު ވަގުތުގަިއ ކެޕްޓަން ވިންސެންޓް އަބޫބަކާރު ޖެހި ގޯލެވެ. ކައުންޓާ އެޓޭކުގައި އަރިމަތިން ޖެރޯމް ބެކެލީ ނަގައިދިން ހުރަސް އަބޫބަކާރު ބޮލުން ފޮނުވާލި ގޯލުގެ އަރިމަތީ ކަނަށެވެ. ކީޕަރު އެޑަސަން މި ބޯޅަ ދިފާއުކުރުމަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

މި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ޖޯޒީ ބާލާފައިވާތީ ރެފްރީ ވަނީ އަބޫބަކާރަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. އޭނާ އަށް މެޗުގެ 81 ވަނަ މިނެޓުގައި ރެފްރީ އޮތީ ރީނދޫ ކާޑެއް ދައްކާފަ އެވެ.

މުބާރާތުން ކެޓި ނަމަވެސް މި މެޗުން ބަލިވުމާއިއެކު ކެމަރޫން އިން އުފާފާޅުކުރި އެވެ. ސަބަބަކީ ދުނިޔޭގެ ހަ ފަހަރު ޗެމްޕިއަން ބްރެޒިލް މީގެ ކުރިން އެފްރިކާގެ ގައުމެއް އަތުން ވޯލްޑް ކަޕްގައި ބަލިވެފައި ނުވުމެވެ. އެންމެ ފަހުން އެޓީމުން އެފްރިކާގެ ގައުމަކާ ދެކޮޅަށް ވޯލްޑް ކަޕްގައި ނުކުތީ 2014ގަ އެވެ. އެފަހަރު ކެމަރޫން އަތުން ބްރެޒިލް މޮޅުވީ 4-1ގެ ނަތީޖާ އަކުންނެވެ.

ސްވިޒަލެންޑްގެ އެމްބޯލޯ ގޯލު ޖެހުމަށް ފަހު: އެމްބޯލޯ ވަނީ މިރޭ ވެސް މޮޅު ކުޅުމެއް ދައްކާފައި.

ގްރޫޕް ޖީ އިން ބްރެޒިލްއާ އެކު ދެ ވަނަ ހޯދި ސްވިޒަލެންޑުން 3-2 އިން ސާބިއާގެ މައްޗަށް ކުރި ހޯދީ ވާދަވެރި ކުޅުމަކަށް ފަހުގަ އެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ޒެރްޑަން ޝަގީރީ ޖެހި ގޯލުން ސްވިޒަލެންޑް ލީޑު ނެގި ނަމަވެސް ސާބިއާ އިން ވަނީ ފަހަތުން އަރައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ކެޕްޓަން ޑޫސާން ޓަޑިކް ނަގައިދިން ހުރަހަކުން އަލެކްސަންޑަ މިޓްރޮވިޗް ޖަހައިިދިންއިރު، ސްވިޒަލެންޑުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސާބިއާގެ ދެ ވަނަ ގޯލު ޖަހައިދިނީ ޑޫސާން ވްލަހޯވިޗް އެވެ.

މި މެޗުން މޮޅުވެ ދެ ވަނަ ބުރުގެ ޖާގަ ސާބިއާ އަށް ލިބެން އޮތް ނަމަވެސް ސްވިޒަލެންޑުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަރިމަތިން ސިލްވަން ވިޑްމާ ނަގައިދިން ހުރަހަކުން މި ގޯލު ޖަހައިދިނީ ހުސްކޮށް އެރި ބްރީލް އެމްބޯލޯ އެވެ.

ސްވިޒަލެންޑަށް ދެ ވަނަ ބުރު ޔަގީންވި ގޯލު ޖެހީ ދެ ވަނަ ހާފް ފެށިތާ މާގިނަ އިރުތަކެއް ނުވަނީހެވެ. ރީތީ ޓީމު ގޯލެއްގެ ގޮތުގައި ފެނުނު މި ލަނޑު ރެމޯ ފްރެއޮލާ ޖަހައިނީ ރުބެން ވާގަސް ދިން ބޯޅައަކުންނެވެ. މި ލަނޑުގައި ޝަގީރީގެ ދައުރު ބޮޑެވެ.

މުބާރާތުގައި މާދަމާ ރޭ ކުޅޭނީ ދެ ވަނަ ބުރުގެ ފުރަތަމަ ދެ މެޗެވެ. އަށެއް ޖަހާއިރު ކުޅޭ މެޗުގައި ނެދަލެންޑްސް ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. އަދި މާދަމާރޭ 12 ޖަހާއިރު ކުޅޭ މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ އޮސްޓްރޭލިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox