ވޯލްޑް ކަޕުން ކެޓުމާ އެކު މުލާ ޖަރުމަނު ޓީމުން ރިޓަޔާކުރަނީ

Dec 2, 2022, 4:14 AM
ވޯލްޑް ކަޕުން ކެޓުމާ އެކު މުލާ ޖަރުމަނު ޓީމުން ރިޓަޔާކުރަނީ

ދޯހާ، ގަތަރު (ޑިސެމްބަރު 2) - ފީފާ ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓުމާ އެކު އެ ޓީމަށް އެންމެ ގިނަ ދުވަސް ވަންދެން ކުުޅުނު އެއް ކުޅުންތެރިޔާ، ތޯމަސް މުލާ ގައުމީ ޓީމުން ދެން ނުފެނިދާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ވާދަކުރިއިރު އެވެ. އޭގެ ފަހުން ޖަރުމަނު ޓީމަށް ގިނަ ބަަދަލުތަކެއް ގެނެސްގެން، މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުތް ނަމަވެސް ގްރޫޕް ސްޓޭޖު ފަހަަނައަޅައި ދެވޭ ގޮތެއްނުވި އެވެ. ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައި، ޖަރުމަނަށް ލަދުވެތި ރެކޯޑަކާ ކުރިމަތިލާން ޖެހުނީ އެވެ.

ޖަރުމަނު ރޭ ކޮސްޓަ ރިކާ އަތުން 4-2 އިން މޮޅުވި މެޗަށް ފަހު މުލާ، 33، ބުނީ ޖަރުމަނު ޓީމުން "ދެން ނުފެނުމުގެ" ފުރުސަތު އެބައޮތް ކަމަށެވެ.

"މިއީ ގައުމީ ޓީމަށް އަހަރެންގެ ފަހު މެޗުނަމަ، މި މެޗުގެ ހަނދާންތައް ވެސް ކުރާނީ ވަރަށް އުފަލާ އެކު، އަހަރެމެން އެކުގައި ވަރަށް އާދަޔާހިލާފު ހަނދާންތަކެއް ވެސް ހުންނާނެ. ކޮންމެ ފަހަރަކު ވެސް އަހަންނަށް ކުރެވުނު ހުރިހާ ކަމެއް ޓީމަށްޓަކައި ކޮށްފައިވާނެ. ޓީމަށް ޓަކައި އަހަރެން އަބަދުވެސް ހުންނާނެ،" ރޭގެ މެޗަށް ފަހު ޖަރުމަނު މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި މުލާ ބުންޏެވެ.

ޖަރުމަނުގެ ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މުލާ ދެން ޖަރުމަނު ޓީމުން ނުފެންނާނެ އެވެ.

މިއީ ޖަރުމަނު ގައުމީ ޓީމަށް ރަސްމީ 122 މެޗުން 44 ގޯލު ޖެހި، މުލާ ޖަރުމަނާ އެކު ކުޅުނު ހަތަރު ވަނަ ވޯލްޑް ކަޕް އެވެ.

ބަޔާން މިއުނިކަށް ކުޅޭ މުލާ އެންމެ ފުރަތަމަ ޖަރުމަނާ އެކު ކުޅުނީ ކުޅުނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން، ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތަށި ހޯދި ޓީމުގައި މުލާ މުހިންމު ދައުރެއް އަދާކުރި އެވެ. އޭގެ ފަހުން ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި މި ފަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުން ޖަރުމަނަށް މުބާރާތް ނިމުނީ ގްރޫޕް ސްޓޭޖުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox