ސްރީލަންކާއަށް ފަތުރުވެރިން ގެނައުމަށް ރިސޯޓުތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް

ކޮލޮމްބޯގެ ލޮޓަސް ޓަވަރު ކައިރީގައި ފަތުރުވެރިންތަކެއް ފޮޓޯ ނަގަނީ.

ކޮލޮމްބޯގެ ލޮޓަސް ޓަވަރު ކައިރީގައި ފަތުރުވެރިންތަކެއް ފޮޓޯ ނަގަނީ.

ސްރީލަންކާއަށް ދަތުރު ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށްޓަކައި ރިސޯޓުތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކޮށްފި އެވެ.

އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާ ސްރީލަންކާއިން ޑޮލަރު ހުސްވެ ޒަރޫރީ ތަކެތި އިމްޕޯޓް ކުރުން ހުއްޓުނެވެ. އެހެންވެ، ކަރަންޓު އުފައްދާނެ ތެޔޮ ލިބުން ވަނީ ދަތިވެފަ އެވެ.

ހާލަތު އެބްމެ ގޯސްވި އިރު ދުވާލަކު 13 ގަޑިއިރަށް ކަރަންޓު ކަނޑަމުން ދިޔަ އެވެ. މިހާރު ވެސް ކޮންމެ ރެޔަކު 2-3 ގަޑިއިރު ލަންކާގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަން ޖެހެ އެވެ.

އެހެން ނަމަވެސް، ހަލަބޮލިކަން ވަރަށް ބޮޑަށް މައިތިރިވެ ސަރުކާރުގެ އުއްމީދަކީ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ޑޮލަރު ހޯދޭނެ ގޮތްތައް ފަހިކުރުމެވެ.

"މިއީ ރަނގަޅު ފިނި މޫސުމެއް. ހާލަތު ރަނގަޅުވެއްޖެ. ފަތުރުވެރިންނަށް ލަންކާ ރައްކާތެރިވާނެ،" ޓޫރިޒަމް މިނިސްޓަރު ހަރިން ފެނަންޑޯ ވިދާޅުވި އެވެ.

އެނާޖީ މިނިސްޓަަރު ވިދާޅުވީ ކަނޑައަޅާ ވަކި ފަތުރުވެރި ސަރަހައްދުތަކުން ކުރިއަށް އޮތް ތަނުގައި ކަރަންޓު ނުކަނޑާނެ ކަމަށެވެ. ކަނޑައެޅި ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ ދެކުނު ގޮނޑުދޮށްތަކާއި، އެލާ ވަށައިގެންވާ ފަރުބަދަމަތީ ހިސާބުތަކެވެ.

އިގްތިސާދީ ކާރިސާ އާއި އެތެރޭގެ ހަލަބޮލިކަމަށް ފަހު ފަތުރުވެރިކަން ވަނީ ރަނގަޅު ވާން ފަށައިފަ އެވެ. މި އަހަރުގެ ފުރަތަމަަ 10 މަހު 570،000 ފަތުރުވެރިން ލަންކާއަށް ދިޔަ އެވެ. އެއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު 200،000 އިތުރު އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox