ފުލްކްރޫގް ވިދާލައިފި، ފުރަތަމަ 11 އިން ޖާގައެއް ލިބޭނެތަ؟

Dec 1, 2022, 7:42 AM
ފުލްކްރޫގް ވިދާލައިފި، ފުރަތަމަ 11 އިން ޖާގައެއް ލިބޭނެތަ؟

މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ އުންމީދު ޖަރުމަނުން ދެމެހެއްޓީ ގުރޫޕް އީގައި އެންމެ ފަހުން ކުޅުނު މެޗުގައި ސްޕެއިންއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުންނެވެ. ސްޕެއިން އިން ލީޑު ނަގާފައިވަނިކޮށް، ޖަރުމަނުން މެޗުގެ ނަތީޖާ އެއްވަރުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ނިކްލަސް ފުލްކްރޫގް ޖެހި ލަނޑުންނެވެ.

ޖަރުމަންގެ ތަޖުރިބާކާރު ފޯވަޑް ތޯމަސް މުލާގެ ބަދަލުގައި މެޗުގެ ފަހު 20 މިނިޓުގައި ކުޅެން ލިބުނު ފުރުސަތުގައި، ފުލްކްރޫގް ކާމިޔާބުކުރި ލަނޑުން ފެނިގެންދިޔައީ ގޯލުގެ ކުރިމަތީގައި އޭނާގެ އަމިއްލަ އިތުބާރު ބޮޑުކަމެވެ. މުހިންމު ލަނޑަކާ އެކު، ޖަރުމަނަށް ވޯލްޑް ކަޕްގައި ކުރިއަށް ދިއުމުގެ އުންމީދެއް އެބައޮތެވެ. އަދި ޖަރުމަންގައި ފުލްކްރޫގް ވަނީ ބަތަލަކަށްވެފަ އެވެ.

ފުލްކްރޫގް ،29، އަކީ ޖަރުމަން ބުންޑަސްލީގާގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ފޯވަޑެކެވެ. އެހެން ނަމަވެސް، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އޭނާ އަށް ފުރުސަތު ލިބުނީ ވަރަށް ފަހުންނެވެ. ޖަރުމަނުގެ ޔޫތު ޓީމުތަކަށް ކުޅުނު ނަމަވެސް، ސީނިއާ ޓީމުން ފުރުސަތު ހޯދުމަށް އޭނާ ވަނީ ދިގު އިންތިޒާރެއްކޮށްފަ އެވެ. އަދި ފުލްކްރޫގް ވަނީ ލިބުނު ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފަ އެވެ.

ފުލްކްރޫގަކީ ޒަމާނީ ފުޓްބޯޅައިގައި މިހާރު މަދުން ނޫނީ ފެންނަ "ކްލެސިކް ސެންޓަ ފޯވަޑް"އެކެވެ. ޖަރުމަނުގެ ވާޑާ ބްރޭމަންގެ ޔޫތު ސިސްޓަމް އިން ނުކުތް ފުލްކްރޫގް ވަނީ ޖަރުމަންގެ ނުރެންބާގާއި ހެނޯވާ އަށް ކުޅެފައެވެ. ފުލްކްރޫގް ބްރޭމަން އަށް އެނބުރި 2019 ވަނަ އަހަރެވެ.

ސްޕެއިން ކޮޅަށް ފުލްކްރޫގް ބޯޅަ ގޯލަށް ފޮނުވާލަނީ.

މިދިޔަ ސީޒަންގައި ބްރޭމަން ބުންޑަސްލީގާ އަށް ޕްރޮމޯޓް ކޮށްދިނުމުގައި، ފުލްކްރޫގްގެ ދައުރު ބޮޑެވެ. މިދިޔަ ސީޒަންގައި ބްރޭމަން އަށް އޭނާ 19 ލަނޑު ޖެހި އެވެ. އަދި ބުންޑަސްލީގާގާއި މި ސީޒަންގައި ވެސް އޭނާ ހުރީ ރަނގަޅު ފޯމެއްގަ އެވެ. ޖަރުމަނު ލީގުގެ 14 މެޗުން އޭނާ ވަނީ މިހާތަނަޑް 10 ލަނޑު ޖަހައިފަ އެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕަށް ޖަރުމަނުން ނެގި ސްކޮޑުން ފުލްކްރޫގަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ފުރުސަތު ދިން މައިގަނޑު ސަބަބެވެ.

"ފުލްކްރޫގް ހުރީ ވަރަށް ރަނގަޅު ފޯމެއްގައި. އަދި ވަރަށް ބޭނުންތެރި ފޯވަޑެއް އޭނާ އަކީ،" ފުލްކްރޫގް ސްކޮޑަށް ނެގި ސަބަބު ކިޔައިދެމުން ފްލިކް ކުރިން ބުނެފައިވެ އެވެ.

ޖަރުމަނުގެ ގައުމީ ޓީމަށް ފުލްކްރޫގް ފުރަތަމަ ފަހަރަށް ކުޅުނީ މި މަހުގެ ކުރީކޮޅު އޮމާންއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ.

ލެޖެންޑުންނާއި ސަޕޯޓަރުން އެދޭގޮތް: ފުލްކްރޫގް ފުރަތަމަ 11 ގައި ކުޅެންޖެހޭ

ވޯލްޑް ކަޕްގައި މިރޭ ކޮސްޓަ ރިކާއާ ދެކޮޅަށް ޖަރުމަން ނުކުންނަނީ މަރުގެ މެޗަކަށެވެ. މޮޅުނުވެ، އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގައެއް ނެތެވެ. އެހެންކަމުން، ޖަރުމަނުން މިރޭ ނުކުންނާނީ އެ ޓީމުގެ ހުރިހާ ހަތިޔާރަކާ އެކު އެވެ. ސަޕޯޓަރުންނާއި ޖަރުމަންގެ ލެޖެންޑުން މިހާރު ބުނަމުންދަނީ، މިރޭގެ މެޗުގައި ފުލްކްރޫގަކީ ޖަރުމަންގެ ފުރަތަމަ 11 ގައި ކުޅެންޖެހޭ ކުޅުންތެރިއެއް ކަމަށެވެ.

ފުލްކްރޫގް މިރޭ ފުރަތަމަ 11 ކުޅެންޖެހޭ ކަމަށް ބުނެފައިވާ ލެޖެންޑުންގެ ތެރޭގައި ޖަރުމަންގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ މައިކަލް ބަލަކް އާއި ލޯތާ މަތެއަސް ހިމެނެ އެވެ. އަދި ފުލްކޫރްގެ ކްލަބް ވާޑާ ބްރޭމަން އިން ވެސް ދަނީ އޭނާ އަށް އޭނާ އަށް ފުރަތަމަ 11 އިން ޖާގަ ދިނުމަށް މިހާރު ފަށާފައިވާ "ކެމްޕޭނަށް" ތާއީދުކުރަމުންނެވެ.

ފުލްކްރޫގަކީ ސުރުހީތަކަށް އަރަން ބޭނުންވާ މީހެއް ނޫން

ފުލްކްރޫގަށް މިހާރު އޮއްސެމުންނާއި ތައުރީފާއި ސަނާގެ ބަސްތަކާ އެކު ވެސް، އޭނާ ހުރީ ހަމަބިމުގަ އެވެ. ފުލްކްރޫގް ގަބޫލުކުރާ ގޮތުގައި ލަނޑުޖެހުމަކީ އޭނާގެ ޒިންމާ އެކެވެ. ސްޕެއިން މެޗުގައި އޭނާ ފުރިހަމަކުރީ އޭނާގެ ޒިންމާކަމަށް ފުލްކްރޫގް ގަބޫލްކުރެ އެވެ.

"ފޯވަޑަށް ކުޅޭތީ ވަރަށް ގިނަ މެޗުތަކުގައި ހީރޯ އަކަށް ވުމުގެ ފުރުސަތު އަހަންނަށް ލިބޭ. އެކަމަކު، ބައެއް މެޗުތަކުގައި ހީރޯ އަކީ ޑިފެންޑަރުން ނުވަތަ (ގޯލްކީޕަރު) ނޯޔާ. އެކަމަކު ބައެއް ފަހަރު އެމީހުން މޮޅަށް ކުޅުނަސް، ހީރޯގެ ދަރަޖަ ނުލިބޭ ފަހަރުވެސް ދޭ،" ފުލްކްރޫގް ބުންޏެވެ.

ފުލްކްރޫގަކީ ސުރުހީތަކަށް އަރައި، މާބޮޑު ސަމާލުކަމެއް ހޯދަން ބޭނުންވާ ޒާތުގެ ކުޅުންތެރިއެއް ނޫނެވެ. އެކަމަކު، މިރޭ ކޮސްޓަ ރީކާއާ ދެކޮޅަށް ކުޅޭ މެޗުން އޭނާ އަށް ފުރުސަތު ލިބި، އަނެއްކާ ވެސް އޭނާގެ ފަރާތުން ލަނޑުތަކެއް ފެނިއްޖެނަމަ، ކިތަންމެ ބޭނުންނުވިޔަސް ފުލްކްރޫގް ވަނީ ޖަރުމަންގެ ބަތަލަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox