ޕެލޭގެ ހާލު ބޮޑުވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

Dec 1, 2022, 4:10 AM
ޕެލޭގެ ހާލު ބޮޑުވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ސައޮ ޕައޮލޯ، ބްރެޒިލް (ޑިސެމްބަރު 1) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެޑްސަން އަރަންޓޭސް ޑޮ ނެސިމެންޓޯ (ޕެލޭ)ގެ ބަލި ހާލު ބޮޑުވެ، ކުއްލި ގޮތަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

ޕެލޭ، 82، ގެ ބަލި ހާލަތު ގޯސްވެފައިވަނީ މިދިޔަ އަހަރު އޭނާގެ ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނެގި ފަހުންނެވެ. އޭގެ ފަހުން، އާންމުކޮށް، އޭނާ ޑޮކްޓަރަށް ދައްކަމުން އަންނައިރު، ކެންސަރު ބަލީގެ އިތުރުން ހިތުގެ ބައްޔަށް ޕެލޭ އަންނަނީ ފަރުވާ ހޯދަމުންނެވެ.

ބްރެޒިލްގެ ސައޮ ޕައޮލޯގެ އަލްބާޓް އެއިންސްޓައިން ހޮސްޕިޓަލުގައި ޕެލޭ އެޑްމިޓްކުރީ އޭނާގެ ހަށިގަނޑު ކުއްލިއަކަށް ދުޅަވާން ފެށުމުން ކަމަށް ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އޭނާ ހޮސްޕިޓަލަށް ގެނައުމާ އެކު ވަގުތުން އެމަޖެންސީގައި އަވަސް ފަރުވާ ދީފައިވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕެލޭގެ ހަށިގަނޑުގެ ދުޅަވާން ފެށުމާ އެކު އޭނާގެ ހިތުގެ ވިންދު އަވަސްވެ ސްޓްރޯކެއް ޖެހުމުގެ ބިރު ބޮޑުވުމުން އޭނާ އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ އެވެ.

ޕެލޭގެ ހާލަތު ދެނެ ގަތުމަށް އިތުރު ޓެސްޓްތަކެއް ހަދަމުން އަންނައިރު އޭނާގެ ސަޕޯޓަރުންނާއި ދުނިޔޭގެ ފުޓްބޯޅައިގެ ނަން މަޝްހޫރު އެތައް ބަޔަކު އަންނަނީ ހެޔޮ ދުއާގެ މެސެޖުތައް ފޮނުވަމުންނެވެ.

ޕެލޭގެ ހާލަތާ ގުޅޭ ގޮތުން ޕެލޭގެ އަންހެން ދަރިފުޅު ކެލީ ނެސެމެންޓޯ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.

ކެލީ ބުނީ އޭނާގެ ބައްޕަގެ ހާލަތު މިހާރު ހަމައަކަށް އެޅިފައިވާ ކަމަށާއި، އެންމެން ވެސް ހެޔޮދުއާ ކޮށްދިނުމަށެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި ޓެސްޓްތަކުގެ ނަތީޖާތައް ލިބުމުން ޕެލޭގެ ހާލަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ފުޓްބޯޅަ ދުނިޔެ އަށް ހިއްސާކުރާނެ ކަމަށް ކެލީ ވަނީ ބުނެފަ އެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ޕެލޭ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ލެޖެންޑެވެ. ޕެލޭ އަކީ ފީފާ ވޯލްޑްކަޕް ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ޕެލޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 92 މެޗުގައި 77 ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox