އިންޑިއާގައި ހެދި ދިރާސާ: ޕެޑުގެ ސަބަބުން ކެންސަރަށް މަގުފަހިވެ، ދަރިމައިވުމަށް ހުރަސް!

އިންޑިއާގައި ހެދި ދިރާސާ: ޕެޑުގެ ސަބަބުން ކެންސަރަށް މަގުފަހިވެ، ދަރިމައިވުމަށް ހުރަސް!

ގިނަ އަދަދެއްގެ ދިވެހިން އިންޑިއާގައި ދިރިއުޅެމުން އަންނާތީ، އަދި ދިވެހިން އެންމެ ގިނައިން ޒިޔާރަތްކުރާ އެއް ގައުމަކީ އެއީ ކަމަށް ވާތީ، ސެނިޓަރީ ޕްރޮޑަކްޓްތަކާ ގުޅޭ ގޮތުން އިންޑިއާގައި ހެދި އެންމެ ފަހުގެ ދިރާސާގެ ނަތީޖާ އެނގިފައި އޮތުން މުހިންމެވެ. އެ ދިރާސާގެ ނަތީޖާއިން ވަނީ ހައިރާންކަމާއި ސިހުން ލިބިފަ އެވެ. ސަބަބަކީ އިންޑިއާގައި ވިއްކާ ގިނަ ޕެޑުގައި ކެންސަރަށް މަގުފަހިވާ ނުރައްކާތެރި މާއްދާ ހިމެނޭތީ އެވެ.

"އާންމުކޮށް ލިބެން ހުންނަ ސެނިޓަރީ ޕްރޮޑަކްޓްތަކުން ގެއްލުން ބޮޑު ކެމިކަލްތަކެއް ފެނުމަކީ ލިބުނު ޝޮކެއް،" އެ ދިރާސާ ހެދުމުގައި ބައިވެރިވި އިންޑިއާގެ ޓޮކްސިކް ލިންކްސް ޖަމްއިއްޔާގެ އިންވެސްޓިގޭޓަރެއް ކަމަށްވާ ޑރ. އަމިތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެޑުގައި ހިމެނޭ ނުރައްކާތެރި މާއްދާތަކުގެ ތެރޭގައި ކެންސަރަށް މަގުފަހި ކުރުވާ ކާސިނަޖެންސް އާއި، ދަރިމައިވުމަށް ހުރަސް އަޅާ ރީޕްރޮޑަކްޓިވް ޓޮކްސިންސް އަދި ހޯމޯންސްއަށް އަސަރު ކުރާ އެންޑޯކްރިން ޑިސްޓްރިބިއުޓާސްގެ އިތުރުން އެލާޖެންސްފަދަ ކެމިކަލްތައް ވެސް ހިމެނޭ ކަމަށެވެ.

Advertisement

ދިރާސާގެ ބޭނުމަށް އިންޑިއާގައި އެންމެ އާންމުކޮސް ވިއްކާ 10 ބްރޭންޑެއްގެ ޕެޑު ވަނީ ޓެސްޓުކޮށްފަ އެވެ. ޓެސްޓު ކުރި ޕެޑުތަކުން ކެންސަރަށް މަގު ފަހިވާ ދެ މާއްދާއެއް ކަމަށްވާ ފާލޭޓްސް އަދި ވޮލެޓައިލް އޯގަނިކް ކޮމްޕައުންޑްސް ތަކުރާރުކޮށް ފެނިފައި ވެއެވެ. ހަމައެއާއެކު ޔޫރަޕިއަން ރެގިއުލޭޝަންސް އިން މަނާކޮށްފައިވާ ފާލޭޓްސްގެ ބާވަތްތައް ވެސް ފެނިފައިވާ ކަމަށް ޓޮކްސިކް ލިންކުން ބުނެ އެވެ.

ޔޫރަޕިއަން ރެގިލޭޝަނުން މަނާކޮށްފައިވާ ބާވަތްތަކުގެ ފާލޭޓްސް ޕެޑުން ފެނިފައިވާއިރު، ޕެޑު އުފައްދާ، ބޭނުންކުރުމުގެ ކަންކަން ބަލަހައްޓާނެ އިދާރާއެއް އިންޑިއާގައި ނުހުރެ އެވެ. އަދި ކެމިކަލްތައް ބޭނުންކުރުމުގެ ވަކި އުސޫލެއް ވެސް ނެތްކަން އެ ޖަމްއިއްޔާއިން ފާހަގަކުރެ އެވެ.

މީގެ އެންމެ ކަންބޮޑުވާ އެއްކަމަކީ ޕެޑުން ފެނުނު ނުރައްކާތެރި މާއްދާތައް ހަށިގަނޑު ތެރެއަށް ދިއުމުގެ ފުރުސަތު ބޮޑުވުން. ހަންގަނޑަށް ވުރެ ފަސޭހައިން އަދި އަވަހަށް ކުރިމަތި ފަރާތުން މި ނުރައްކާތެރި ކެމިކަލްތައް ހަށިގަނޑަށް ދަމައިގަނޭ" ދިރާސާގައި ބައިވެރިވި ޑރ. އަކަންކްޝާ މެހްރޯތްރާ ވިދާޅުވި އެވެ.

އިންޑިއާއިން އެންމެ ފަހުން އާންމުކުރި ނެޝަނަލް ފެމިލީ ސާވޭއިން ދައްކާގޮތުގައި އެ ގައުމުގެ 15 އަހަރާއި 24 އަހަރާ ދެމެދުގެ 64 ޕަސަންޓު އަންހެނުން ޕެޑު ބޭނުންކުރެ އެވެ. އޭގެ އިތުރަށް މައްސަރު ދުވަސްވަރު ރައްކާތެރިކަމާއެކު ސާފުތާހިރުކަން އިސްކުރުމަށްޓަކައި ޕެޑު ބޭނުންކުރުމަށް ގިނަ ބަޔަކު ދަނީ އިންޑިއާގެ އަންހެނުންނަށް ބާރުއަޅަމުންނެވެ.

ޕެޑު ނޫން ދެން ކޯއްޗެއް؟

އިންޑިއާގެ ޒުވާން އުމުރުގެ 64 ޕަސަންޓު އަންހެނުން ޕެޑު ބޭނުންކުރާއިރު، ރާއްޖޭގައި ވެސް ޕެޑު ބޭނުންކުރާ ގިނަ އަދަދެއްގެ ބަޔަކު އުޅެ އެވެ. ޕެޑާ ބެހޭ ގޮތުން ފެންމަތިވި ނުރައްކާތެރި ހަބަރާއެކު ސުވާލު އުފެދިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ. ޕެޑު ބޭނުންނުކޮށް ސާފުތާހިރުކަމާއި، ރައްކާތެރިކަން ދަމަހައްޓާނީ ކިހިނެތް ހެއްޔެވެ؟ ޕެޑު ބޭނުން ނުކޮށް ބޭނުންކުރެވޭނީ ކޯއްޗެއް ހެއްޔެވެ؟

މައްސަރު ދުވަސްވަރު ޕެޑު ބޭނުން ނުކޮށް ބޭނުން ކުރެވިދާނެ ރައްކާތެރި އެހެނިހެން ތަކެތި ވެސް ހުރެ އެވެ. އޭގެ ތެރޭގައި ޓެމްޕޮންސް ހިމެނެ އެވެ. ޕެޑާ ހިލާފަށް ޓެމްޕޮން ބޭނުން ކުރަނީ ކުރިމަތި ފަރާތުން އެތެރެއަށް ލައްވައިގެންނެވެ. ޓެމްޕޮން ބޭނުން ކުރަން ބައެއް މީހުން ފަސް ޖެހެ އެވެ. ނަމަވެސް މިއީވެސް ރައްކާތެރި އެއް ގޮތެވެ.

އޭގެ އިތުރަށް ވެސް މެންސްޓުރަލް ޑިސްކް ނުވަތަ މެންސްޓުރަލް ކަޕްސް ވެސް ބޭނުން ކުރެވިދާނެ އެވެ. މެންސްޓުރަލް ޑިސްކަކީވެސް އެތެރެއަށް ލައްވައިގެން ބޭނުންކުރާ އެއްޗެކެވެ. މެޑިކަލް ގްރޭޑް ޕޮލީމާއިން ތައްޔާރުކޮށްފައިވާ މި ޑިސްކު ބޭނުން ގޮތަކަށް ލަންބާލެވެ އެވެ. މެންސްޓުރަލް ޑިސްކު ބަދަލު ކުރަން ޖެހެނީ ފްލޯއަށް ބިނާކޮށް ކޮންމެ 12 ގަޑިއިރަކުންނެވެ.

މެންސްޓުރަލް ކަޕް ވެސް ބޭނުންކުރަނީ ހަމަ މިހެންނެވެ. މެންސްޓުރަލް ޑިސްކާއި ކަޕް ވެސް ބޭނުންކުރުމުގައި ބައެއް މީހުން ފަސްޖެހިދާނެ އެވެ. ނަމަވެސް މިއީ ވެސް ރައްކާތެރި އަދި ގިނަ ބަޔަކު ބޭނުންކުރަމުންދާ ގޮތްތަކެކެވެ.

ހަމައެއާއެކު ފޮތި ޕެޑާއި ޕީރިއަޑް ޖަންގިޔާ އަކީވެސް މައްސަރު ދުވަސްވަރު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. މި ދޭއްޗަކީވެސް ތިމާވެއްޓާއި ރައްޓެހި، އަދި ދޮވެގެން ތަކުރާރުކޮށް ބޭނުންކުރެވިދާނެ އެއްޗެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox