ޖަރުމަނު ކެޓިޔަސް ފްލިކް ކޯޗުކަމުން އިސްތިއުފާއެއް ނުދޭނެ

Dec 1, 2022, 5:11 AM
ޖަރުމަނު ކެޓިޔަސް ފްލިކް ކޯޗުކަމުން އިސްތިއުފާއެއް ނުދޭނެ

ދޯހާ، ގަތަރު (ޑިސެމްބަރު 1) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓިޔަސް އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޖަރުމަނު ގައުމީ ޓީމުގެ ކޯޗުކަން 14 އަހަރަށް ފަހު ދޫކޮށްލަން ޔަކީމް ލޯ ނިންމުމުން ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ފްލިކް ގެނައީ އޭނާގެ މަސައްކަތް ބަޔާން މިއުނިކާއި ޖަރުމަނު ޓީމުގައި ވެސް ކަމުގޮސްފައިވާތީ އެވެ. ފްލިކް އަކީ 2014 ވަނަ އަހަރުގެ ޖަރުމަނުން ވޯލްޑް ކަޕް ކާމިޔާބުކުރިިއިރު، ޓީމުގެ އެސިސްޓަންޓް ކޯޗެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނަށް އަދި މޮޅެއް ނުލިބެ އެވެ. ފުރަތަަމަ މެޗުން ޖަރުމަނު ވަނީ ޖަޕާން އަތުން 2-1 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުން ޖަރުމަނު ވަނީ 1-1 އިން ސްޕެއިނާ އެއްވަރުވެފަ އެވެ.

ގްރޫޕް އީގެ ފަހު މެޗުތަކަށް ނުކުންނައިރު، ޖަރުމަނު އޮތީ ފުލުގަ އެވެ. އެ ގްރޫޕްގެ އެއް ވަނައިގައި އޮތް ސްޕެއިނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ޖަޕާނާއި ތިން ވަނައިގައި އޮތް ކޮސްޓަ ރިކާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ޖަރުމަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ޖަރުމަނަށް ދެ ވަނަ ބުރުގެ ކިރިޔާ ވެސް ފުރުސަތެއް އޮތީ މިރޭގެ މެޗުން ކޮސްޓަ ރިކާ އަތުން މޮޅުވެގެންނެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ޖަރުމަނު ގްރޫޕް ސްޓޭޖުން ކެޓިއިރު، ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖާ ހަމައިން މުބާރާތުން ކެޓުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. ޖަރުމަނު މި ފަހަރު ވެސް ގްރޫޕް ސްޓޭޖުން ކަޓައިފިނަމަ، ފްލިކް މަގާމުން އިސްތިއުފާ ދޭނެތޯ މީޑިއާ އިން އަންނަނީ ސުވާލުކޮށްފަ އެވެ.

"އަހަންނަށް ޔަގީންކަމާ އެކު ބުނެވޭނެ މިއީ އެއްވެސް ގޮތަކުން އަހަރެންގެ ފަހު މެޗެއް ނޫން، އެކަމަކު، މިހެން ބުންޏަސް ކުރިއަށްވާނެ ގޮތެއް ބުނާނެ ގޮތެއް ނޭނގޭ. އަހަރެން ޔަގީނުން ވެސް މި ހުރީ ކޮންޓްރެކްޓްގައި އޮތްގޮތަށް އަމިއްލަ ގައުމުގައި 2024 ވަނަ އަހަރު ބާއްވާ ޔޫރޯ އަށް ވެސް ފޯކަސް ކޮށްގެން މަސައްކަތް ކުރަން،" ފްލިކް ބުންޏެވެ.

މިރޭ ސްޕެއިން އަތުން ޖަޕާން މޮޅުވެއްޖެނަމަ ޖަރުމަނަށް ދެ ވަނަ ބުރުގެ ފުރުސަތު ލިބޭނީ ކޮސްޓަަ ރިކާ ކޮޅަށް އަށް ގޯލުގެ ފަރަގަކުން މޮޅުވެގެންނެވެ. ފްލިކް ބުނީ ލަނޑުގެ ތަފާތަށް ބަަލައިގެން މޮޅުވެގެން، އަނެއް ބުރަށް ދާން އެ ކަހަލަ ގޮތްގޮތަށް ޖަރުމަނުގެ ވިސްނުން ބައްޓަން ކުރަން ބޭނުންނުވާ ކަމަށެވެ.

ޕްރެޝަރު ބޮޑުވެފައިވާ ހާލަތެއް ފްލިކަށް އޮތް ކަމަށް ބުނެ، ދެކެވޭ ވާހަކަތަކަށް ރައްދުދެމުން އޭނާ ބުނީ ފުޓްބޯޅައިގައި ކޮންމެ ކަމެއްގެ ވެސް ޕްރެޝަރު އަބަދު އޮންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox