ވޯލްޑް ކަޕްގެ ކުޅުމާ އެކު ނެދަލެންޑްސްގެ ތަރި ގަކްޕޯގެ އަގު ބޮޑުވެއްޖެ

Nov 30, 2022, 6:06 AM
ވޯލްޑް ކަޕްގެ ކުޅުމާ އެކު ނެދަލެންޑްސްގެ ތަރި ގަކްޕޯގެ އަގު ބޮޑުވެއްޖެ

ދޯހާ، ގަތަރު (ނޮވެމްބަރު 30) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސްގެ ތަރި ކޯޑީ ގަކްޕޯ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އޭނާ ވިއްކާލަން ކިޔާ އަގު ޕީއެސްވީ އައިންދޯވަން އިން ބޮޑު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގަކްޕޯ، 23، ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ނެދަލެންޑްސް ކުޅުނު ތިން މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. ނެދަލެންޑްސް ތާރީހުގައި ވެސް ޖެހިޖެހިގެން ވޯލްޑް ކަޕްގެ ތިން މެޗުގައި ގޯލު ޖެހުނު ކުޅުންތެރިންނަކީ 1974 ވަަނަ އަހަރުގެ ވޯލްޑް ކަޕްގައި ގޯލުތައް ޖެހި ޔޯހަން ނީސްކެންސް، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގޯލުތައް ޖެހި ޑެނިސް ބާކެމްޕްގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ލަނޑުތައް ޖެހި ވެސްލީ ސްނައިޑާ އެވެ.

ޕީއެސްވީގެ ކެޕްޓަންކަން ކުރަމުން އަންނަ ގަކްޕޯ ވަނީ މި ސީޒަނުގައި އެ ޓީމަށް 32 މެޗުން 18 ލަނޑު ޖަހައި، 18 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ވޯލްޑް ކަޕްގެ ކުރިން ވެސް ގިނަ ކްލަބްތަކުން ވަނީ ގަކްޕޯގެ ޓްރާންސްފާގެ މަޝްވަރާތައް ޕީއެސްވީއާ އެކު ކުރިއަށްގެންގޮސްފަ އެވެ. އޭރު، ޕީއެސްޖީން ގަކްޕޯ ވިއްކާލަން ކިޔާ އަގު އުޅުނީ 60 މިލިއަން ޑޮލަރުގަ އެވެ. އެކަމަކު، ވޯލްޑް ކަޕްގައި ގަކްޕޯ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ގަކްޕޯގެ އަގު 80 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި ގަކްޕޯ ކްލަބް ބަދަލުކުރާނެ ކަމަށް ބެލެވޭ ކަމަށް ޕީއެސްވީގެ އޮފިޝަލަކު ވެސް މީޑިއާގައި ބުނެފަ އެވެ. އަދި ވޯލްޑް ކަޕްގެ ތެރެއިން މީޑިއާގެ ސުވާލަކަށް ޖަވާބު ދެމުން ގަކްޕޯ ވެސް ވަނީ ޖެނުއަރީ ޓްރާންސްފާގައި ކްލަބް ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

"މި ވަގުތު އަހަރެން ފޯކަސް މި ކުރަނީ ވޯލްޑް ކަޕަށް، ހިނގާ ޖެނުއަރީ ޓްރާންސްފާގައި ވާގޮތެއް ބަލަމާ. އަހަރެން ލަދެއް ނުގަނޭ ނޫނީ ހާހެއް ނުވޭ ޓްރާންސްފާގެ ހުށަހެޅުންތައް ލިބޭ ވާހަކަތަކަށް ޖަވާބު ދޭން، ފުޓްބޯޅައިގައި މިކަންކަން އަބަދުވެސް ހިނގާނެ،" ގަކްޕޯ ބުންޏެވެ.

ނެދަލެންޑްސް ގައުމީ ޓީމުގެ ކުޅުންތެރިން އަންނަނީ ގަކްޕޯގެ ކުޅުމަށް ތައުރީފް ކުރަމުންނެވެ. އެ ގޮތުން ނެދަލެންޑްސްގެ ކެޕްޓަން، ވާޖިލް ވެން ޑައިކްގެ އިތުރުން ނޭތަން އަކޭ އަދި މެމްފިސް ޑިޕާއި ވަނީ ގަކްޕޯ އަކީ ނެދަލެންޑްސްގެ އިތުރުން ކްލަބް ލެވަލްގައި ވެސް މުސްތަގުބަލުގައި ވިދާލާނެ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.

ގަކްޕޯ ގަންނަން މަސައްކަތް ކުރާ ކްލަބްތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، ބަޔާން މިއުނިކް، އިންޓަ މިލާން އަދި ލިވަޕޫލް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox