އެއާ އިންޑިއާގެ 25 ޕަސެންޓް ހިއްސާ ސިންގަޕޯ އެއާލައިންސްއަށް

އެއާ އިންޑިއާގެ ބޯޓެއް. -- ފޮޓޯ: ރޮއިޓާޒް

އެއާ އިންޑިއާގެ ބޯޓެއް. -- ފޮޓޯ: ރޮއިޓާޒް

މުމްބާއި، އިންޑިއާ (ނޮވެމްބަރު 29) - އެއާ އިންޑިއާގެ 25 ޕަސެންޓު ހިއްސާ ސިންގަޕޯ އެއާލައިންސްގެ ދަށަށް ގެންދަން ނިންމައިފި އެވެ.

އެއާ އިންޑިއާ އުފެއްދީ ޓާޓާ ގްރޫޕުންނެވެ. މިދިޔަ ޖެނުއަރީ މަހު އަލުން ޓާޓާއިން އެއާ އިންޑިއާއާ ހަވާލުވި އެވެ. ޓާޓާ އާއި ސިންގަޕޯ އެއާލައިންސުން މިހާރު ވެސް އެކުގައި މަސައްކަތް ކުރެ އެވެ.

އެގޮތުން ވިސްޓާރާ ނިސްބަތް ވަނީ ޓާޓާ އަދި ސިންގަޕޯ އެއާލައިންސް އަށެވެ. އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ 10 ޕަސެންޓު ހިއްސާ ކުރާ ވިސްޓާރާގެ 51 ޕަސެންޓު ހިއްސާ އޮންނަނީ ޓާޓާ އަށެވެ. އަދި ބާކީ 49 ޕަސެންޓް ހިއްސާ އޮންނަނީ ސިންގަޕޯ އެއާލައިނަށެވެ.

Advertisement

ޓާޓާ އާއި ސިންގަޕޯ އެއާލައިންސްއިން ބުނީ މާޗް 2024 ގެ ކުރިން ވިސްޓާރާ އާއި އެއާ އިންޑިއާ އެއް އެއާލައިނެއްގެ ގޮތުގައި ހިންގަން އެއްބަސްވެފައިވާ ކަމަށެވެ.

ސިންގަޕޯ އެއާލައިންސްއަށް 25.1 ޕަސެންޓް ހިއްސާ ދެނީ 250 މިލިއަން ޑޮލަރުގެ އިކުއިޓީ ދިނުމުންނެވެ. ޓާޓާއިން ބުނީ އަމާޒަކީ އެއާ އިންޑިއާ ދުނިޔޭގެ ފެންވަަރުގެ އެއާލައިނަކަށް ހެދުން ކަމަށެވެ.

އެއާ އިންޑިއާ އާއި ވިސްޓާރާ އެއްކޮށްލުމުން 218 ވައިގެ އުޅަނދު އޮންނާނެ އެވެ. އޭރުން އެ އެއާލައިން ވެގެން ދާނީ އިންޑިގޯއަށް ފަހު އިންޑިއާގެ ދެ ވަނައަށް އެންމެ ބޮޑު ޑޮމެސްޓިކް އެއާލައިނަށެވެ.

މިހާރު ވެސް އިންޑިއާގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާލައިނަކީ އެއާ އިންޑިއާ އެވެ. އެހެން ނަމަވެސް އެތެރޭގެ އުދުހުންތަކުގައި އެ އެއާލައިން ހިއްސާ ކުރަނީ އެންމެ 8.6 ޕަސެންޓެވެ.

އިންޑިއާ ސަރުކާރުގެ ދަށަށް އެއާ އިންޑިއާ ގެންދިޔަތާ 69 އަހަރު ފަހުން، އެ އެއާލައިން ވުޖޫދަށް ގެނައި ޓާޓާއިން އަލުން އެއާލައިން ގަތީ މިދިޔަ ޖެނުއަރީ މަހު 2.4 ބިލިއަން ޑޮލަރަށެވެ.

އެއާ އިންޑިއާގެ ދަރަނީގެ ގޮތުގައި އޮތް 615 ބިލިއަން ރުޕީޒްގެ ތިންބައި ކޮށްފައި އެއްބައި ސަރުކާރުން ވަނީ މައާފުކޮށްދީފަ އެވެ. އޭގެ ފަހުން ޓާޓާއިން ވަނީ އެއާލައިނަށް ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން އެއާ އިންޑިއާގެ އާ ޗީފް އެގްޒެކްޓިވްގެ މަގާމަށް ކޭމްޕްބެލް ވިލްސަން އައްޔަނުކުރި އެވެ. އެއީ އެހެން ގައުމަކަށް ނިސްބަތްވާ މީހަކު ކުންފުނި ހިންގުމާ ހަވާލުވި ފުރަތަމަ ފަހަރެވެ.

ވިލްސަންއަކީ ސިންގަޕޯ އެއާލައިންސްގެ ބަޖެޓް ސަބްސިޑަޔަރީ އެއާލައިން ސްކޫޓްގެ ކުރީގެ ވެރިޔާ އެވެ. އެއާ އިންޑިއާގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުހް 30 ޕަސެންޓް ޔަގީން ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox