ޖަރުމަނަށް ގޭސް ފޯރުކޮށްދޭން ގަތަރުން އެއްބަސްވެއްޖެ

ގަތަރުގެ އަލް ޝަމާލް ގޭސް ފީލްޑުގައި އޮތް ޕްލެޓްފޯމެއް. -- ފޮޓޯ: އޭއެފްޕީ

ގަތަރުގެ އަލް ޝަމާލް ގޭސް ފީލްޑުގައި އޮތް ޕްލެޓްފޯމެއް. -- ފޮޓޯ: އޭއެފްޕީ

އަހަރަކު ދެ މިލިއަން ޓަނުގެ ގޭސް ޖަރުމަނަށް ފޮނުވަން ގަތަރުގެ ދައުލަތުގެ ތެލާއި ގޭހާ ބެހޭ ކުންފުނި ގަތަރްއެނާޖީއިން އެއްބަސްވެއްޖެ އެވެ.

ޖަރުމަނުން ކޮންމެ އަހަރަކު ވެސް 100 ބިލިއަން ކިޔުބިކް މީޓަރުގެ ގޭސް ހަކަތަ އުފައްދަން ބޭނުންކުރެ އެވެ. އޭގެ 50 ޕަސެންޓު ހޯދަމުން ގޮސްފައި ވަނީ ރަޝިއާއިންނެވެ.

ގަތަރްއެނާޖީއާ އެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން ލިބޭ ގޭހުން 2.7 ބިލިއަން ކިޔުބިކް މީޓަރުގެ ގޭސް ކަށަވަރުވާނެ އެވެ.

"ގަތަރުގެ އަމާޒަކީ ޖަރުމަނާއި ޔޫރަޕްގައި ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރަން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުން،" ގަތަރްއެނާޖީގެ ސީއީއޯ ސާދް ޝެރީދާ އަލް ކާބީ ވިދާޅުވި އެވެ.

"ޖަރުމަނަކީ ޔޫރަޕްގެ އެންމެ ބޮޑު ގޭސް މާކެޓް. އަޅުގަނޑުމެން މި ތިބީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތަށް އެއްބާރުލުން ދޭން."

ޖަރުމަނުގެ ހުޅަނގުގައި އޮންނަ ޝްލެސްވިގް-ހޮލްސްޓެއިން ސްޓޭޓުގެ ބްރުންސްބުޓެލް ގޭސް ޓާމިނަލާ ހަމައަށް ގޭސް ސަޕްލައި ކުރާނީ ގަތަރުގެ ރާސް ލައްފާނުންނެވެ.

ގަތަރުން ގޭސް ވިއްކާނީ އެމެރިކާގެ ކުންފުނި ކޮނޯކޯ ފިލިޕްސް އަށެވެ. ޖަރުމަނާ ހަމައަށް ގޭސް ފޯރުކޮށްދޭނީ އެ ކުންފުނިންނެވެ. ދެހާސް ސައްބީހުގައި ސަޕްލައި ފަށައި، 15 އަހަރު ވަންދެން ކުރިއަށް ގެންދާނެ އެވެ.

ގަތަރުގެ ގޭހުގެ އެންމެ ބޮޑު މާކެޓަކީ ޗައިނާ، ޖަޕާން އަދި ދެކުނު ކޮރެއާ އެވެ. މިދިޔަ ހަފުތާގައި ގަތަރުން ވަނީ ޗައިނާއަށް އަހަރަކު ހަތަރު މިލިއަން ޓަނުގެ ގޭސް ފޯރުކޮށްދޭން 27 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޖަރުމަނާއި ގަތަރާ ދެމެދު އެއްބަސްވުމަކަށް ދިޔުން ލަސްވީ އެއްބަސްވުމުގައި ދިގު މުއްދަތެއް ހިމަނަން ޖަރުމަނުން ބޭނުން ނުވާތީ އެވެ.

ޖަރުމަނުގެ އިކޮނޮމީ މިނިސްޓަރު ރޮބަޓް ހޭބެކް ވިދާޅުވީ ދިގު ރާސްތާގައި ހާސިލްކުރަން ކަަނޑައެޅި މޫސުމީ ބަދަލާ ގުޅޭ ލަނޑުދަނޑިތަކާ މެދު ވިސްނުން އެ ގައުމަށް މުހިއްމު ކަމަށެވެ.

ޖަރުމަނާއި ހުޅަނގު ޔޫރަޕްގެ އެހެން ގައުމުތަކަށް ހަކަތައިގެ ދަތިކަން ކުރިމަތިވެފައި ވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއިން ސަޕްލައި ހުއްޓާލުމުންނެވެ.

މިދިޔަ އޯގަސްޓު މަހުން ފެށިގެން ރަޝިއާގެ ގޭށް ޖަރުމަނަށް ނުލިބެ އެވެ. ރަޝިއާގެ ސަޕްލައި ބޭނުންކުރުން ހުއްޓާލުމަށް ޖަރުމަނުން މިހާރު ދަނީ ފަސް ގޭސް ޓާމިނަލް އަޅަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox