ކޯޗު ބުނާ ގޮތް ހަދަން ބޭނުން ނުވާތީ އޮނާނާ ޓީމުން ބޭރުކޮށްފި

Nov 29, 2022, 4:16 AM
ކޯޗު ބުނާ ގޮތް ހަދަން ބޭނުން ނުވާތީ އޮނާނާ ޓީމުން ބޭރުކޮށްފި

ދޯހާ، ގަތަރު (ނޮވެމްބަރު 29) - ކެމަރޫންގެ ކޯޗު ރިގޮބާޓް ސޮންގާއި މައްސަލަ ޖެހި މި ވަގުތު ޓީމުން ބޭރުކޮށްފައިވާ އަންދްރޭ އޮނާނާ ހުރީ ވަގުތީ ސަސްޕެންޝަނެއްގައި ކަމަށާއި، އޭނާ މައާފަށް އެދި ކޯޗުގެ އެންގުންތަކަށް ތަބާވާނަމަ ކުރިއަށް އޮތް މެޗުގައި ފުރުސަތު ދޭނެ ކަމަށް ކޯޗު ސޮންގް ބުނެފި އެވެ.

އޮނާނާގެ ގޯލްކީޕިން ސްޓައިލާ ގުޅޭގޮތުން ޖެހުނު ދެބަސްވުމެއްގައި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުން ކެމަރޫން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން އޮނާނާ ވަނީ ބޭރުކޮށްލައިފަ އެވެ. މެޗުގައި އޮނާނާގެ ބަދަލުގައި ކުޅެފައިވަނީ ކީޕަރު ޑާވިސް އެޕަސީ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޮނާނާ އޭރިއާ ބޭރަށް ނިކުންނަ ނިސްބަތް ގިނަވުމާއި، ފައިން ކުޅޭ ބޯޅަތައް ގިނަވުމުގެ ސަބަބުން ކޯޗު ސޮންގް ވަނީ އެ ގޮތަށް ނުކުޅުމަށް ބުނެފަ އެވެ. އަދި ވީހާވެސް ބޮޑަށް ސޭފްކޮށް ކުޅުމަށް އިރުޝާދު ދިނުމުން އަމިއްލަ ކުޅުމުގެ ސްޓައިލް ބަދަލު ނުކުރާނެ ކަމަށް ބުނެ އޭނާ ކޯޗާ ޒުވާބުކުރީ އެވެ. އެކަމާ ހިތްހަމަނުޖެހިގެން ކޯޗު އޭނާ ސްކޮޑުން ބާކީ ކުރީކަމަށް ރިޕޯޓްތަކުގައިވެ އެވެ.

އޮނާނާގެ މި މައްސަލައާ ގުޅޭގޮތުން ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަނުންވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވާ ގޮތުން އެސޯސިއޭޝަނުން ވަނީ ވަގުތީ ގޮތުން އޮނާނާ ސަސްޕެންޑު ކޮށްފައިވާކަން ހާމަކޮށްފަ އެވެ. އަދި ކޯޗު ސޮންގްގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

އެ ފެޑެރޭޝަނުން ބުނީ ޓީމުގެ ތެރޭގައި މަސްލަހަތު ހިފަހައްޓައި ކުޅުންތެރިންގެ ޑިސިޕްލިން ހިފަހައްޓަން ކޯޗު ނިންމާ ނިންމުންތަކަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި، ހުރިހާ ކުޅުންތެރިން ވެސް ހަދާފައިވާ ގަވާއިދުތަކަށް ބޯލަނބަން ޖެހޭނެ ކަމަށެވެ.

ސާބިއާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ކޯޗު ސޮންގް ބުނީ ވޯލްޑް ކަޕްގައި ކުޅެން އޮނާނާ ބޭނުންވާނަމަ ހަދާފައިވާ ގަވާއިދުތަކަށް ކިޔަމަންވާން ޖެހޭނެކަމަށެވެ.

"ދެބަސްވުމެއް އުފެދިގެން އަހަރެން އޭނާ އެހެރީ އެކަހެރިކޮށްފައި. އޭނާ އެނބުރި އައުން ބިނާ ވަނީ ގަވާއިދަށް އޭނާ ކިޔަމަންވުމާ. އަހަރެން ބުނާ ގޮތަށް އޭނާ އެއްބަސްވާނަމަ އެނބުރި ސްކޮޑަށް އާދެވޭނެ" ކޯޗު ބުންޏެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން އޮނާނާ ވަނީ މިހާރު ގަތަަރު ދޫކޮށް ގޮސްފަ އެވެ. ނަމަވެސް މި ވާހަކަތައް ކޯޗު ސޮންގް ދޮގުކުރި އެވެ.

އޮނާނާގެ މައްސަލަ ހައްލުކުރުމަށް ޓީމުގައި ތިބި ސީނިއާ ބައެއް ކުޅުންތެރިންނާއި، ކުރީގެ ކުޅުންތެރިން ވެސް މަސައްކަތްކުރި ކަމަށްވެ އެވެ. ނަމަވެސް މި މަސައްކަތްތަކަށް އަލިމަގެއް ނުފެނުނީ އޮނާނާ ގޮތް ދޫކުރަން ބޭނުން ނުވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox