ވާދަވެރި ކުޅުމަކަށް ފަހު ކޮރެއާ އަތުން ގާނާ އަށް މުހިންމު މޮޅެއް

Nov 28, 2022, 3:31 PM
ގާނާގެ މުހައްމަދު ކުޑޫސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ގާނާގެ މުހައްމަދު ކުޑޫސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އަލް ރައްޔާން، ގަތަރު (ނޮވެމްބަރު 28) - މުހައްމަދު ކުޑޫސްގެ ދެ ގޯލާ އެކު 3-2 އިން ދެކުނު ކޮރެއާ ބަލިކޮށް ގާނާ އިން، މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާާރާތުގެ ދެ ވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފި އެވެ.

ދެކުނު ކޮރެއާ އަތުން މޮޅުވެ، ގާނާ މި ވަގުތު އޮތީ މި ގްރޫޕުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ޕޯޗުގަލް އެވެ. ދެ ޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ފަހު މެޗުގައި އުރުގުއޭ އާ ވާދަކުރާ މެޗުން ގާނާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަ ލިބޭނެ އެވެ. އަނެއްކޮޅުން، މިރޭ އުރުގުއޭ އަތުން ޕޯޗުގަލް މޮޅުވެއްޖެ ނަމަ ފަހު މެޗުގެ ކުރިން އެ ޓީމަށް ވެސް ދެ ވަނަ ބުރުގެ ޖާގަ ޔަގީން ވާނެ އެވެ.

މި މެޗުން ބަލިވެ، ދެކުނު ކޮރެއާ އަށް ދެ ވަނަ ބުރުގެ އަމިއްލަ ބާރު ގެއްލިފައިވާއިރު، އެ ޓީމަށް ރަނގަޅު ފުރުސަތެއް ލިބޭނީ މިރޭ ޕޯޗުގަލް އާ އުރުގުއޭ ވާދަކުރާ މެޗު އެއްވަރުގެންނެވެ.

މި މެޗަށް ގާނާ އިން ނުކުތީ ޕޯޗުގަލް އަތުން އެ ޓީމު ބަލިވި މެޗުގައި ކުޅުނު ފުރަތަމަ 11 އަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެ ގޮތުން އަރިމައްޗަށް ކުޅޭ ދެ ޑިފެންޑަރުން ކަމަށްވާ ތޯރިގު ލަމްޓޭ އަދި ގައިޑޮން މެންސާ ކުޅެން އަރުވާފަ އެވެ. މީގެ އިތުރުން ފޯވާޑް ޖޯޑަން އަޔޫ އަށް ވެސް މިމެޗުގައި ފުރަތަމަ އެގާރައިން ގާނާގެ އޮޓޯ އައްޑޯ ވަނީ ފުރުސަތު ދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ރަނގަޅަށް ފެށީ ދެކުނު ކޮރެއާ އިންނެވެ. މި ގޮތުން ފުލުފުލުގައި ހަމަލާތައް އުފައްދާ ގިނަ ކޯނަރުތަކެއް ވެސް ހޯދި އެވެ. ފުރަތަމަ ހާފުގެ 20 މިނެޓްގެ ތެރޭގައި ކޮރެއާ އިން ފަސް ހަމަލާ އެއް އުފެއްދި، އެކަމަކު އެއްވެސް ބޯޅައެއް ކީޕަރު އަޓީ ޒިގީ ދިފާއުކުރާކަށް ނުޖެހުނެވެ.

ދެކުނު ކޮރެއާ އަށް މި މެޗުގައި ދެ ގޯލު ޖަހައިދިން ޗޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ގާނާ އިން މެޗުގެ ލީޑު ނެގީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގެ ފައިދާ ނަގައިގެންނެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ޖޯޑަން އަޔޫ ނަގައިދިން ބޯޅަ ދިފާއުނުކުރެވިގެން އުޅެނިކޮށް އެ ބޯޅަ ލިބުނީ މުހައްމަދު ސަލީސޫ އަށެވެ. އޭނާ ވަނީ ކީޕަރަށް ފުރުސަތެއް ނުދީ އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ. މި ބޯޅަ ސަލީސޫ އަށް ލިބުމުގެ ކުރިން އަންދްރޭ އަޔޫގެ އަތުގައި ޖެހުނު ނަމަވެސް ވީއޭއާރުން ނިންމީ އެއީ ރަނގަޅު ގޯލެއްކަމަށެވެ. މިއީ ގާނާގެ ޑިފެންޑަރެއް ވޯލްޑް ކަޕް މެޗެއްގައި ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

ގާނާ އިން ދެ ވަނަ ގޯލު ޖެހީވެސް ގޯލު ކުރިމައްޗަށް ހުރަސްވެގެން އައި ބޯޅައަކުންނެވެ. މިފަހަރު ވެސް އަރިމަތިން ޖޯޑަން އަޔޫ ނަގައިދިން ހުރަސް ޑިފެންޑަރުންގެ ފަހަތުން ގޮސް ބޮލުން ޖައްސާ ގޯލަށް ފޮނުވާލީ މުހައްމަދު ކުޑޫސް އެވެ.

ގާނާގެ ދެ ގޯލަށް ފަހު ކޮރެއާ އިން ދެ ހަމަލާއެއް ފޮނުވާލި އެވެ. ޖުން ވޫ ޔަންގް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވެ ބޭރަށް ދިޔައިރު، ސަން ހުއެން މިން ފޮނުވާލި ހަމަލާ ޑިފެންޑަރުންވަނީ ބްލޮކް ކޮށްފަ އެވެ.

ދެވަނަ ހާފު ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ ދެކުނު ކޮރެއާ އިންނެވެ. ކިމް ޖިން ސޫ ނަގައިދިން ހުރަހަކުން ޗޫ ގޫ ސުން ފޮނުވާލި ބޯޅަ ކީޕަރު ޒިގީ ދިފާއުކުރި އެވެ.

ދެކުނު ކޮޮރެއާ އިން ނަތީޖާ ހަމަހަމަ ކުރީ ތިން މިނެޓުގައި ދެ ގޯލު ޖަހައިގެންނެވެ. ދެ ގޯލު ވެސް ޖަހައިދިނީ ޗޯ ގޫ ސުން އެވެ. ފުރަތަމަ ގޯލު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލީ ކަން އިން ނަގައިދިން ހުރަހުން ޗޯ ޖަހައިންއިރު، ދެ ވަނަ ގޯލު އޭނާ ޖެހީ ކިމް ޖިން ސޫ ނަގައިދިން ހުރަހަކުންނެވެ. ދެ ގޯލުވެސް އޭނާ ޖެހީ ގާނާގެ ޑިފެންޑަރުންގެ ފަހަތުން އަރައި ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މެޗު ނިމުނު ފަހުން ދެކުނު ކޮރެއާއާ ހަވާލުވެ ހުރި ކޯޗު، ޕޯޗުގަލްގެ ބެންޓޯ (ކ) އަށް މެޗުގެ ރެފްރީ ޓޭލާ ރަތް ކާޑު ދައްކަނީ

ދެކުނު ކޮރެއާ އިން ދެ ގޯލު ޖެހިތާ މާ ގިނައިރުތަކެއް ނުވެ، ގާނާ އިން ގޯލެއް ޖަަހައި އަނެއްކާވެސް މެޗުގެ ލީޑު ނެގި އެވެ. މި ގޯލުވެސް ޖަހައިދިނީ ދެ ވަނަ ގޯލު ޖަހައިދިން ކުޑޫސް އެވެ. އަރިމަތިން މެންސާ ނަގައިދިން ހުރަސް ކޮރެއާގެ ކުޅުންތެރިންނަށް ދިފާއު ނުކުރެވި ލިބުނީ ހުސްކޮށް ހުރި ކުޑޫސް އަށެވެ. އޭނާ ވަނީ އެއް ފަހަރުން ޖަގާ ގޯލުގެ ކަނަށް ތިރި ތިރިން ބޯޅަ ވައްދާލާފަ އެވެ.

މެޗުގެ ފަހު 15 މިނެޓުގައި ދެކުނު ކޮރެއާ އިން ނުރައްކާތެރި ހަ ހަމަލާއެއް ފޮނުވާލި އެވެ. އެ ޓީމު ދެ ގޯލު ޖަހައިދިން ޗޯ ފޮނުވާލި ދެ ހަމަލާއެއް ކީޕަރު ޒިގީ ދިފާއުކުރި އިރު، ސަން ފޮނުވާލި ދެ ބޯޅައެއް ގާނާގެ ޑިފެންޑަރުން ބްލޮކް ކުރި އެވެ. އޭގެ އިތުރުން ޑިފެންޑަރު ކިމް ޖިން ސޫ ފޮނުވާލި އެއް ހަމަލާ ރޮނގުމަތިން ސަލީސޫ ދިފާއުކުރިއިރު، އެއް ހަމަލާ ކީޕަރު ޒިގީވެސް މަތަކުރި އެވެ.

މި މެޗު ނިންމާލަން މެޗުގެ ރެފްރީ، އިންގްލެންޑްގެ އެންތަނީ ޓޭލާ ނިންމާލިއިރު، އިތުރު ވަގުތުގެ 10 މިނިޓް ހަމަވެގެން އިތުރު ވަގުތު ކުޅެމުން ދިޔައިރު، އޭރު އޮތީ ދެކުނު ކޮރެއާ އަށް ކޯނަރެއް ލިބިފަ އެވެ. ކޯނަރު ނަގަން ފުރުސަތު ނުދީ ރެފްރީ ޓޭލާ މެޗު ނިންމާލުމާ އެކު، ދެކުނު ކޮރެއާގެ ކޯޗު ޕޯޗުގަލްގެ ޕައުލޯ ބެންޓޯ ވަނީ ވަގުތުން ގޮސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ބެންޓޯ ދެއްކި ވާހަކަތަކާ އެކު ރެފްރީ ޓޭލާ ވަނީ ބެންޓޯ އަށް ރަތް ކާޑެއް ދައްކައިފަ އެވެ.

ގާނާ ފަހު މެޗުގައި ނުކުންނާނީ އުރުގުއޭ އާ ދެކޮޅަށެވެ. ކޮރެއާ ފަހު މެޗުގައި ނުކުންނާނީ ޕޯޗުގަލް އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox