ބެންޗުން އަރައި އަބޫބަކާރު ކެމަރޫނަށް އުއްމީދެއް ހޯދައިދީފި

Nov 28, 2022, 1:06 PM
ބެންޗުން އަރައި އަބޫބަކާރު ކެމަރޫނަށް އުއްމީދެއް ހޯދައިދީފި

އަލް ވަކްރާ، ގަތަރު (ނޮވެމްވަބަރު 28)- ފަހު ހާފުގައި ބަދަލަކަށް ކުޅެން އަރައި ވިންސެންޓް އަބޫބަކާރު ދެއްކި މޮޅު ކުޅުމާ އެކު، 3-3 އިން ސާބިއާ އެއްވަރުކޮށް ދެ ވަނަ ބުރުގެ އުއްމީދު ކެމަރޫނުން ދަމަހައްޓައިފި އެވެ.

ސާބިއާ އާއި ކެމަރޫން އެއްވަރުވުމާ އެކު ދެ ވަނަ ބުރުގެ ފުރުސަތު ހޯދަން މި ދެ ޓީމަށް އަމިއްލަ ބާރެއް މި ވަގުތު ނެވެ. މިރޭ މި ގްރޫޕުގެ ބާކީ އޮތް ދެ ޓީމު ކަމަށްވާ ބްރެޒިލް އާއި ސްވިޒަލެންޑް ވާދަކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތުން މި ދެ ޓީމަށް ފުރުސަތު އޮތް މިންވަރު ބަދަލުވެދާނެ އެވެ.

މިއަދުގެ މެޗަށް ކެމަރޫން ނުކުތީ އެއް ނަންބަރު ގޯލް ކީޕަރު އަންދްރޭ އޮނާނާ ނުހިމަނަ އެވެ. ކޯޗު ރިގޮބާޓް ސޯންގް އާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ކޯޗު ވަނީ އޮނާނާ ސްކޮޑުން ބޭރު ކޮށްލާފަ އެވެ. އޮނާނާގެ ބަދަލުގައި މިއަދުގެ މެޗުގައި ކެމަރޫންގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު ޑެވިސް އެޕާސީ އެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ސާބިއާ އިންނެވެ. މިގޮތުން ފޯވާޑް އެލެގްޒަންޑާ މިޓްރޮވިޗަށް ސާބިއާ އަށް ލީޑު ނަގައިދޭން ހުސް ދެ ފުރުސަތެއް ލިބުނެވެ. އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ހުސްކޮށް އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑީ ކައިރިން ބޭރަށެވެ.

ސާބިއާ އިން ރަނގަޅަށް ކުޅުނު ނަމަވެސް ލިބުނު ކޯނަރަކުން ކެމަރޫނުން ފުރަތަމަ ގޯލް ޖަހައި ލީޑު ނެގި އެވެ. ކޯނަރުން ހުރަސްވެގެން އައި ބޯޅަ ގޯލަށް ފޮނުވާލައި ކެމަރޫންގެ މި ގޯލު ޖަހައިދިނީ ޑިފެންޑަރު ޗާލްސް ކަސްޓެލެޓޯ އެވެ.

ކެމަރޫންގެ ގޯލަށް ފަހު ސާބިއާ އިން ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ އިތުރަށް މަސައްކަތްކުރި އެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމާ ހާފުގެ އިތުރު ވަގުތުގެ ތިން މިނެޓުގެ ތެރޭގައި ދެ ގޯލު ޖަހައި ސާބިއާ އިން ފަހަތުން އަރާ ލީޑު ނެގި އެވެ. ފުރަތަމަ ގޯލު ޑޫސާން ޓަޑިޗް ނަގައިދިން ހިލޭޖެހަކުން ސްޓަރަހިންޖާ ޕަވްލޮވިޗް ޖަހައިދިން އިރު، ދެވަނަ ގޯލު އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލަށް ވައްދާލައިން ޖަހައިދިނީ ސާޖޭ މިލިންކޮވިޗް ސަވިޗެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ސާބިއާ އިން އެ ޓީމްގެ ލީޑު ފުޅާކުރި އެވެ. ރަނގަޅު ޓީމް ގޯލެއްގެ ގޮތުގައި ފާހަގަވި މި ގޯލު ޖަހައިދިނީ މިޓްރޮވިޗް އެވެ.

ސާބިއާގެ ތިންވަނަ ގޯލާއިއެކު ކެމަރޫން އިން ބަދަލުތަކެއް ގެނައެވެ. މިގޮތުން ފޯވާޑް ވިންސެންޓް އަބޫބަކާރު ކުޅެން އެރުވި އެވެ.

އޭގެ މާގިނަ އިރުތަކެއް ނުވެ އަބޫބަކާރުގެ ތަފާތު މޮޅު ކުޅުމުން ކެމަރޫން ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެޓީމްގެ ދެވަނަ ގޯލު އަބޫބަކާރު ޖަހައިދިނީ އޮފްސައިޑް މަޅިން ސަލާމަތްވެ ކައިރިއަށް އައި ޑިފެންޑަރު ކައިރިން ނައްޓާފައި ކީޕަރު ބޯމަތިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. މިއީ ވޯލްޑް ކަޕްގައި ކެމަރޫނަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

އޭގެ ދެ މިނެޓު ފަހުން ކެމަރޫން އިން ނަތީޖާ ހަމަހަމަކުރުމަށް ކެޕްޓަން ޗޮޕޫ މޯޓިން ގޯލު ޖެހުމަށް އެހީތެރިވެދިނީވެސް އަބޫބަކާރު އެވެ. މިފަހަރުވެސް އޮފްސައިޑް މަޅިން ސަލާމަތްވެ ކުރިއަށް ބޯޅައާއިއެކު ގޮސް އޭނާ ނަގައިދިން ހުރަހުން މޮޓިން ގޯލަށް ފޮނުވާލީ ހުސްކޮށް ހުރެ އެވެ.

ކެމަރޫންގެ ގޯލަށް ފަހު ސާބިއާ އަށް ނަތީޖާ ހަމަހަމަކުރުމަށް ދެ ފުރުސަތެއް ލިބުނެވެ. މިޓްރޮވިޗް ފޮނުވާލި ބޯޅަ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައިރު، ޓަޑިޗް ފޮނުވާލި ބޯޅަ ކީޕަރު އެޕަސީ ވަނީ ދިފާއުކޮށްފަ އެވެ.

ގުރޫޕް ސްޓޭޖުގައި ކެމަރޫންގެ ފަހު މެޗުގައި ނުކުންނާނީ ބްރެޒިލް އާ ދެކޮޅަށެވެ. އަދި ސާބިއާގެ ފަހު މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox