2002 ގެ ހެއާ ސްޓައިލް މައްސަލައިގައި ރޮނާލްޑޯ މައާފަށް އެދުނީ ކީއްވެ؟

Nov 29, 2022, 4:31 AM
2002 ގެ ހެއާ ސްޓައިލް މައްސަލައިގައި ރޮނާލްޑޯ މައާފަށް އެދުނީ ކީއްވެ؟

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެގެ ތާރީހުގައި އެންމެ އާދަޔާހިލާފު ހެއާ ސްޓައިލެއް ފެނުނީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕްގައި ބްރެޒިލްގެ ލުއިސް ރޮނާލްޑޯ ނަޒާރިއޯގެ ފަރާތުންނެވެ. އެ މުބާރާތް ނިމުނުތާ 20 އަހަރު ފަހުން ރޮނާލްޑޯ ވަނީ ދާދި ފަހުން، އެ ހެއާ ސްޓައިލް އިހުތިޔާރުކުރި ސަބަބު ބުނެދީ މައާފަށް ވެސް އެދިފަ އެވެ.

ބޮލުގެ މަތީގައި އިސްތަށި ކޮޅެއް ހުންނަ ގޮތަށް ބޯކޮށައިގެން ރޮނާލްޑޯ އެ ފަހަރުގެ ގޯލްޑް ކަޕަށް ނުކުތްއިރު، އަދިވެސް އެ ހެއާ ސްޓައިލް ގިނަ ބަޔެއްގެ މެދުގައި މަގުބޫލެވެ. މި ފަހަރުގެ ވޯލްްޑް ކަޕްގައި ވެސް ބްރެޒިލްގެ ބައެއް ސަޕޯޓަރުން ރޮނާލްޑޯގެ އެ ހެއާ ސްޓައިލް ބޭނުން އެބަކުރެ އެވެ. އެއީ ރޮނާލްޑޯގެ ޓްރޭޑްމާކް ހެއާ ސްޓައިލެއް ގޮތަށް މިހާރު އޮތީ މަޝްހޫރުވެފަ އެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗެއްގެ ކުރިން ރޮނާލްޑޯ: އެ ފަހަރު ރޮނާލްޑޯގެ ހެއާ ސްޓައިލަކީ އަދިވެސް ގިނަ ސަޕޯޓަރުން އޭނާ އަށް ހާއްސަކޮށްގެން ބޭނުންކުރާ ހެއާ ސްޓައިލެއް.

ރޮނާލްޑޯ ބުނީ ހަގީގަތަކީ އެ ހެއާ ސްޓައިލަކީ އޭނާ އަށް ވެސް ކަމުދާތީ ކުރި ކަމެއް ނޫން ކަމަށެވެ.

"އެ ގޮތަށް ބޯކޮށި ހުރިހާ ކުދިންގެ މަންމަ އިންގެ ކިބައިން އަހަރެން މައާފަށް އެދެން. ހަގީގަތަކީ އެ ކުދިންނަށް ހީވެދާނެ މިއީ އަހަރެން ވެސް ވަރަށް ކަމުގޮސްގެން ބޯކޮށި ގޮތެއް ހެން. ހަގީގަތަކީ މި ހެއާ ސްޓައިލަކީ އަހަންނަށް ވެސް އެހާ ކަމުދިޔަ ގޮތެއް ނޫން،" ރޮނާލްޑޯ ބުންޏެވެ.

ބްރެޒިލާ އެކު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، 1994 އާއި 2002 ވަނަ އަހަރު ހޯދި ރޮނާލްޑޯ ވަނީ 2002 ވަނަ އަހަރުގެ މުބާރާތުގައި އެ ގޮތަށް ހެއާ ސްޓައިލް ހަދަން ނިންމި ސަބަބު ވެސް ބުނެދީފަ އެވެ.

"އަހަންނާ އެއް ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ކުރި ސުވާލެއް އެއީ، އެ ހެއާ ސްޓައިލް އަހަންނަށް ކަމުދިޔަތޯ، ހަގީގަތަކީ، އަހަންނަށް އެ ހެއާސްޓައިލް ހަދަން މަޖުބޫރުވީ، އެހެން ވިސްނުމެއް އައިސްގެން. އަހަރެންގެ އެ ހެއާކަޓް ފެނިފައި ނޫސްވެރިންނާއި އެންމެން ދެއްކީ އަހަރެންގެ ހެއާ ކަޓްގެ ވާހަކަ. އޭރު އަހަރެން ވެފައި ހުރި އަނިޔާގެ ވާހަކަ އެއް ގޮތަކަށް ވެސް ނުދެއްކި،" ކެރިއަރުގައި ބޮޑު ދެ އަނިޔާގެ މައްސަލަ ކުރިމަތިވި ރޮނާލްޑޯ ބުންޏެވެ.

ފީފާ އާއި ގަތަރު ފުޓްބޯޅަ ފެޑެރޭޝަނުގެ ހާއްސަ ދައުވަތަކަށް ރޮނާލްޑޯ މި ވަގުތު ހުރީ ގަތަރުގަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕް އިސްތިހާރު ކުރުމާއި ފޯރިގަދަ ކުރުމުގެ ބޭނުމުގައި ގަތަރުން ވަނީ ކޮންމެ ގައުމެއްގެ ވެސް ފުޓްބޯޅަ ލެޖެންޑުންނަށް ދައުވަތުދީފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox