ނޭމާ ނެތްތަން ރޮޑްރިގޯ އަށް ފޫބެއްދޭނެ ކަމަށް ކަސިމޭރޯ ގަބޫލްކުރޭ

Nov 27, 2022, 10:47 AM
ނޭމާ ނެތްތަން ރޮޑްރިގޯ އަށް ފޫބެއްދޭނެ ކަމަށް ކަސިމޭރޯ ގަބޫލްކުރޭ

ދޯހާ (ނޮވެމްބަރު 27) - އަނިޔާއާ ހެދި، މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެން ނުފެންނާނެކަން ޔަގީންވެފައިވާ ބްރެޒިލްގެ ތަރި ނޭމާ ނެތްތަން ޒުވާން ފޯވަޑް ރޮޑްރިގޯ އަށް ފޫބެއްދޭނެ ކަމަށް ގަބޫލްކުރާ ކަމަށް ބްރެޒިލްގެ މިޑްފީލްޑަރު ކަސިމޭރޯ ބުނެފި އެވެ.

ބްރެޒިލް ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ސާބިއާއާ ދެކޮޅަށް ކުޅެނިކޮށް ނޭމާ އަށް އަނިޔާވެ، އޭނާ އަށް ވަނީ ގުރޫޕް ސްޓޭޖުގައި ބާކީ އޮތް ދެ މެޗު ގެއްލިފަ އެވެ. އެހެންކަމުން، މާދަމާ ރޭ ސްވިޓްޒަލޭންޑާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުގައި ނޭމާ ނުފެންނާނެ އެވެ.

ނޭމާ ނެތްތަން ފޫބެއްދުމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބޭނުންކުރާނީ ރެއާލް މެޑްރިޑަށް ކުޅެމުންދާ ފޯވަޑް ރޮޑްރިގޯ ،21، ކަމަށް ބެލެވެއެވެ. މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ މިޑްފީލްޑަރު ކަސިމޭރޯ ބުނީ ރޮޑްރިގޯ އަކީ ތަރިއެއް ކަމަށާއި ނޭމާ ނެތްތަން އޭނާ އަށް ފޫބެއްދޭނެ ކަމަށެވެ.

"ރޮޑްރިގޯ އަކީ ތަރިއެއް. އޭނާ ކުޅޭތަން ބަލާލުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ކަސިމޭރޯ ބުންޏެވެ.

ސާބިއާއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގެ ތެރެއިން ރޮޑްރީގޯ ބޯޅަ ފޮނުވާލަނީ

އާންމުކޮށް ރޮޑްރިގޯ ކުޅެނީ ވިންގަށް ނުވަތަ ސެންޓަ ފޯވަޑަށެވެ. އެކަމަކު، އޭނާ އަކީ ނޭމާ ކުޅޭ މަގާމަށް ވެސް ކުޅެވޭނެ ކުޅުންތެރިއެއް ކަމަށް ރޮޑްރިގޯގެ ކޯޗުން ވަނީ ކުރިން ބުނެފަ އެވެ.

ކަސިމޭރޯ ބުނީ ނޭމާ ނުކުޅޭ ވާހަކަދައްކަން ފަށައިފިނަމަ ހުއްޓަން އުނދަގޫވާނެ ކަމަށާއި ނޭމާ ނެތްތަން ފޫބެއްދޭނެ ކުޅުންތެރިން ބްރެޒިލްގައި އެބަތިބި ކަމަށެވެ.

"މި ޓީމުގައި ތިބި ކުޅުންތެރިންގެ ފެންވަރަށް ވިސްނާލީމަ ބައެއް ފަހަރު އިދިކޅުން ނުކުންނަ ޓީމަށް ވެސް ހަމްދަރުދީވޭ،" ކަސިމޭރޯ ބުންޏެވެ.

ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ކަސިމޭރޯ ވަނީ ވެސްޓް ހޭމަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް ޕަކްއެޓާ އަށް ވެސް ތައުރީފްކޮށްފިއެވެ.

"އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިޔަކީ ޕަކްއެޓާ. އެއީ ޒަމާނީ ކުޅުންތެރިއެއް. މެދުތެރެއަށް ވެސް ފޯލްސް ނައިންއަކަށް ވެސް އޭނާ ކުޅޭ. އޭނާއާ އެއްކޮށް ކުޅުމަކީ ޝަރަފެއް،" ކަސިމޭރޯ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox