ބޮޑު ފޯކަސް މެޗަށް، ސްޕެއިން މެޗަކީ ޖަރުމަނަށް ފައިނަލެއް

Nov 27, 2022, 5:53 AM
ބޮޑު ފޯކަސް މެޗަށް، ސްޕެއިން މެޗަކީ ޖަރުމަނަށް ފައިނަލެއް

ދޯހާ، ގަތަރު (ނޮވެމްބަރު 27) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗަކީ މި އަހަރުގެ މުބާރާތުގައި ޖަރުމަނުން ކުރިމަތިލާނެ ފުރަތަމަ ފައިނަލު މެޗު ކަމަށް ޖަރުމަންގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖަޕާން އަތުން ބަލިވެ، ޖަރުމަން މިހާރު އޮތީ މުބާރާތުން ކެޓުމުގެ ބިރާ ކުރިމަތިލާން ޖެހިފަ އެވެ. އެ ޓީމަށް ދެ ވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ލިބޭނީ މި މެޗުގައި ސްޕެއިން އަތުން މޮޅުވެގެންނެވެ. ފަހަރުގައި އެ ގްރޫޕްގެ ދެ މެޗުގެ ނަތީޖާ މިއަދު ނުކުންނަ ގޮތަކުން ޖަރުމަނަށް މޮޅެއް ނުލިބިއްޖެނަމަ އެ ޓީމު މުބާރާތުން ކެޓުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ޖަރުމަން ވަނީ އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެ ފަހަރު ޗެމްޕިއަނުން ގޮތުގައި މުބާރާތަށް ނުކުމެ ގްރޫޕް ސްޓޭޖުން ކެޓުމުން އެ ޓީމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. މި ވަގުތު ހާލަތަށް ބަލާއިރު ޖަރުމަން އޮތީ ނާޒުކު ފައްތަރެއްގަ އެވެ.

ޖަރުމަންގެ ކޯޗު ފްލިކް ބުނީ ސްޕެއިން މެޗަކީ ބޮޑު ފައިނަލެއް ކަަމަށާއި، މި ފައިނަލަށް އެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

ފުރަތަމަ މެޗުގައި ޖަޕާން އަތުން ބަލިވީ އަމިއްލަ އަށް ހެދުނު ގޯސްތަަކަކުން ކަމަށާއި، އެ މެޗުގައި ހިނގައިދިޔަ ކަންތައްތަކުން މިހާރު ޓީމު އޮތީ އިތުރަށް ބަދަހިކޮށް ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

"މިދިޔަ ދެ ބޮޑު މުބާރާތުގައި އަހަރުމެން ބޭނުންވި ވަރުގެ ކާމިޔާބެއް ނުލިބުނު، އެހެންވީމަ މިފަހަރު އެބަޖެހޭ އިތުރަށް ހިތްވަރުކުރަން. ޓިމާމެދު އިތުބާރު އެބައޮތް މިކަންކުރެވޭނެކަމުގެ" ފްލިކް ބުންޏެވެ.

ކުރިން ޖަރުމަނުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ފްލިކް ބުނީ ޖަރުމަނަކީ ކޮންމެ ހާލަތެއްގައި އޮވެ ކޮންމެ މެޗަކަށް ނުކުތަސް ފޭވަރިޓެއް ކަމަށާއި، އެހެންކަމުން ކޮންމެ މެޗަކުން ވެސް އެ ޓީމަށް މޮޅުވުން ނޫންގޮތެއް ނޯންނާނެ ކަމަށެވެ.

ފުރަތަމަ މެޗުގައި ޖަޕާނާ ދެކޮޅަށް ޖަރުމަނުން ޓީމު ފޮޓޯ އަށް ހުއްޓުނުއިރު، އަނގަމަތީގައި އަތްއަޅައިގެން އެލްޖީބީޓީ ކޮމިއުނިޓީގެ (އެއްޖިންސުގެ ގުޅުން ޕްރޮމޯޓްކުރާ ފަރާތްތަކުގެ) ހަންގުގައި ކުރިއަށް ގެންދިޔަ ހަޅުތާލަށް ވުރެ މި މެޗުގައި މެޗަށް ބޮޑަށް ފޯކަސް ކުރާނެ ކަމަށް ޖަރުމަނުގެ ކޯޗު ފްލިކް ވަނީ ބުނެފަ އެވެ.

ޖަރުމަން މެޗާ ގުޅޭގޮތުން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިއީ ސްޕެއިން އަށް ގްރޫޕް ސްޓޭޖުގައި ކުޅެލަން ލިބޭ ރަނގަޅު ޗެލެންޖިން މެޗެއް ކަމަށެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 7-0 އިން ކޮސްޓަ ރިކާ ބަލިކުރި ސްޕެއިން އަށް ގިނަ ބަޔަކު ތައުރީފު ކުރިއަސް ހަގީގީ ޓެސްޓަކީ މި މެޗުކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ.

އެންރީކޭ ބުނީ މުބާރާތުގައި އެ ޓީމު ސްކޯރިން ރަނގަޅުވުމަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ޓީމަށް ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ. އެޓޭކިން ލައިނުގެ ގިނަ ކުޅުންތެރިން ގޯލް ޖެހުމަކީ މި ވަރުގެ މުހިންމު މެޗަކާ ކުރިމަތިލާއިރު ލިބޭ ހިތްހަމަޖެހުމެއް އެންރީކޭ ފާހަގަކޮށްފަ އެވެ.

އެންމެ ފަހުން މި ދެ ޓީމު ވާދަކުރީ 2020 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގަ އެވެ. އެ މެޗު ސްޕެއިން އިން ކާމިޔާބުކުރީ 6-0 ގެ ބޮޑު ތަފާތަކުންނެވެ. މިއީ 1931 ވަނަ އަހަރުގެ ފަހުން ޖަރުމަނު ރަސްމީ މެޗެއްގައި ބަލިވި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox