13 އަހަރުގެ އިލާން ރާއްޖޭގެ ގައުމީ ސީނިއާ ޓީމުގެ ޕްރެކްޓިހަށް

Nov 25, 2022, 8:39 AM
ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އިލާން: އިލާން އަށް ގައުމީ ސްކޮޑާ އެކު ޕްރެކްޓިސް ކުރުމުގެ ފުރުސަތު ދޭން ނިންމާފައިމިވަނީ 14 އަހަރުން ދަށުގެ ޔޫތު ލީގުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން.-- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އިލާން: އިލާން އަށް ގައުމީ ސްކޮޑާ އެކު ޕްރެކްޓިސް ކުރުމުގެ ފުރުސަތު ދޭން ނިންމާފައިމިވަނީ 14 އަހަރުން ދަށުގެ ޔޫތު ލީގުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން.-- ފޮޓޯ: އެފްއޭއެމް

ދާދި ފަހުން ނިމިގެންދިޔަ އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެލެންސިއާ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި، ޒުވާން ފޯވާޑް، މުހައްމަދު އިލާން އިމްރާން، ގައުމީ ސީނިއާ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފި އެވެ.

އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފަށާފައި މި ވަނީ އަންނަ މަހު ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށެވެ.

އުމުރުން 13 އަހަރުގެ އިލާން، ސީނިއާ ގައުމީ ޓީމުގެ ޕްރެކްޓިހުގައި އިއްޔެ ބައިވެރިވާން ފެށިއިރު، އޭނާ ވަނީ 14 އަހަރުން ދަށުގެ ލީގުގައި އަށް މެޗުން 35 ގޯލު ޖަަހައިފަ އެވެ. މިއީ ރާއްޖޭގެ ކްލަބް ފުޓްބޯޅައިގެ ޔޫތު މުބާރާތެއްގައި ލަނޑު ޖެހުމަށް ބަލާއިރު، އެންމެ ރަނގަޅު ރެކޯޑެވެ.

މީގެ ކުރިން އާލީޓަޗްފުޓްބޯލް އެެެކެޑަމީ (އީޓީއެފްއޭ)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެކެޑަމީ، ޓީސީ ސްޕޯޓްސް ކްލަބް އެކެޑަމީގައި ކުޅުމަށް ފަހު، މިހާރު ކްލަބް ވެލެންސިއާ ޔޫތު ޓީމަށް ކުޅެމުން އަންނަ އިިލާން ވަނީ މީގެ ކުރިން އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

އާންމު ގޮތެއްގައި ސްޓްރައިކަރަކަށް ކުޅެމުން އަންނަ އިލާން ވަނީ އެފްއޭއެމް 12 އަހަރުން ދަށުގެ ޔޫތު ލީގުގައި އެޓޭކިން މިޑްފީލްޑަރަކަށް ކުޅުނު ނަމަވެސް އިލާން އަކީ "ސްޓްރައިކަރެއް" ކަމަށް އޭނާ "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު މޮރިއޭރޯ (ކ) އާއި 13 އަހަރުގެ ފޯވާޑް އިލާން.-- ފޮޓޯ: އެފްއޭއެމް

އިލާން، އަށް ގައުމީ ސީނިއާ ޓީމާ އެކު ޕްރެކްޓިސްކުރަން ލިބުނު މި ފުރުސަތަކީ އެ އުމުރުގައި މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިއަކަށް ލިބިފައިވާ ފުރުސަތެއް ނޫނެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު މެލޭޝިއާއާ ދެކޮޅަށާއި އަންނަ މަހު 17 ވަނަ ދުވަހު ސިންގަޕޫރާ ބައްދަލުކުރާ މެޗަށް ފަރިތަކުރުންތައް ފެށިއިރު، ސީނިއާ ގިނަ ކުޅުންތެރިންތަކެއް ޕްރެކްޓިހުން ނުފެނެ އެވެ. ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް މީގެ ކުރިން ރާއްޖޭން ކުޅުނު ގިނަ މެޗުތަކަކުން ވަނީ ބަލިވެފަ އެވެ.

އެނގިފައިވާ ގޮތުގައި އޮފް ސީޒަނުގައި ކުޅޭ މެޗުތަކެއް ކަމަށްވެފައި، މި ދުވަސްވަރު ރަށްރަށުގެ މުބާރާތްތަކުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކުޅޭއިރު، ގައުމީ ޓީމުގެ ޕްރެކްޓިހުގައި ބައެއް ކުޅުންތެރިން ބައިވެރިނުވެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް ކުރެއްދޫ ރިސޯޓްގައި ގައުމީ ޓީމުން ކުޅުނު އަގުބޮޑު ފުޓްބޯޅަ މެޗުން ލިބެން ޖެހޭ އިނާމް ފައިސާ ނުދޭތީ ވެސް ގައުމީ ޓީމުގެ ކުޅުންތެރިންގެ ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox