ޕެނަލްޓީ ދޭ ގޮތެއް އޮޅުންފިލުވަން އިންގްލެންޑްގެ ރިޕޯޓެއް ފީފާ އަށް

Nov 25, 2022, 6:10 AM
އެމެރިކާ މެޗުގެ ކުރިން އިންގްލެންޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެ ޓީމުގެ ކޯޗު ސައުުތުގޭޓް (ކ) އާއި ޑިފެންޑަރު މެގުއާ.

އެމެރިކާ މެޗުގެ ކުރިން އިންގްލެންޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެ ޓީމުގެ ކޯޗު ސައުުތުގޭޓް (ކ) އާއި ޑިފެންޑަރު މެގުއާ.

ގަތަރު، ދޯހާ (ނޮވެމްބަރު 25) - މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން ފީފާ އިން ރެފްރީންނަށް ބޭއްވި ސެޝަންތަކަށް ފަހު، މުބާރާތުގެ މެޗުތަކުގައި ޕެނަލްޓީ ދިނުމުގައި އަމަލުކުރާ އުސޫލެއް ނޫނީ ގަވާއިދެއް އޮޅުންފިލުވަން އިނގިރޭސި އެފްއޭ އިން ފީފާ އަށް ރިޕޯޓެއް ފޮނުވައިފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން ފީފާގެ ރެފްރީސް ކޮމިޓީ ޗެއާމަން، ޕިއެރްލުއީޖީ ކޮލީނާ ވަނީ ރެފްރީން ރިފްރެޝާ ކޯހެއް ކުރިއަށް ގެންގޮސްފަ އެވެ.

އެ ކޯހުގެ ތެރޭގައި ދެއްކި ވީޑިއޯ ކްލިޕެއްގައި ކޮލީނާ ވަނީ މި ފަހަރު، ވޯލްޑް ކަޕްގައި އޭރިއާތެރެއިން ވާ ފައުލުތައް ބެލުމުގައި އިތުރަށް ސަމާލުވާނެ ގޮތްތަކެއް ކިޔައިދީފަ އެވެ. އެ ގޮތުން ރެފްރީންނަށް އޮޅުންފިލުވައިދިނުމުގެ ގޮތުން ކޮލީނާ ދެއްކި ވީޑިއޯއެއްގައި އިންގްލެންޑުން މީގެ ކުރިން މެޗެއްގައި ޖެހި ގޯލެއް ދައްކާފައިވެ އެވެ.

އެ ގޯލަކީ އިންގްލެންޑްގެ ހެރީ މެގުއާ ކޯނަރަކުން ބޮލުން ޖެހި ގޯލެއްގެ ވީޑިއޯ އެވެ. މެގުއާ އަށް ބޯޅައިގައި ޖައްސަން ފަސޭހަވަނީ އެ މެޗުގައި އިންގްލެންޑްގެ މެދުތެރެއަށް ކުޅުނު ކަލްވިން ފިލިޕްސް އިދިކޮޅު ކުޅުންތެރިޔާ އަށް ހުރަސް އަޅައި މެގުއާ އަށް ޖާގަ ހޯދައިދޭން މަސައްކަތް ކުރުމުންނެވެ.

ކޮލީނާ ވަނީ، މި ފަަހަރުގެ ވޯލްޑް ކަޕްގައި ދިމާވާ އެ ފަދަ ހާލަތްތަކުގައި ފައުލު ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.

އިންގްލެންޑުން ވަނީ އެ ކަންކަން އޮޅުންފިލުވަން ފީފާ އަށް ރިޕޯޓެއް ހުށަހަޅައިފަ އެވެ.

ޕެނަލްޓީ ދިނުމުގައި މި ފަހަރުގެ ވޯލްޑް ކަޕްގައި ފައުލު ގުނަނީ ކިހިނެއްތޯ ސާފުކޮށްދޭން އިންގްލެންޑުން އެދިފައިވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި އިރާން އަތުން 6-2 އިން މޮޅުވިއިރު އެ މެޗުގައި ދިމާވި ކަމެއްގެ ސަބަބުންނެވެ.

އެ މެޗުގައި އިރާންގެ ޑިފެންޑަރުން މެގުއާ އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ޕެނަލްޓީ ދީފައިނުވެ އެވެ. އިންގްލެންޑްގެ ކޯޗު ސައުތުގޭޓް ވަނީ ފައުލު ދިނުމުގައި އިންސާފުވެރި އުސޫލެއް އޮންނަން ޖެހޭ ކަމަށް ބުނެފަ އެވެ.

"އަހަރެމެން ރިޕޯޓެއް ލައިފިން. އެކަމަކު، ފީފާ އިން ޖަވާބެއް ނާދޭ،" މިރޭ އެމެރިކާއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުންޏެވެ.

"ދަނޑުގެ އެއް ދިމާލަކުން ފައުލުދޭ ހާލަތްތައް، އަނެއް ދިމާލަކުން ފައުލަކަށް ނުވެސްވޭ،"

އިރާން މެޗުގައި އަނިޔާވި އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭންގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކަށް ފަހު، ކޭން އަށް އެމެރިކާ މެޗުގައި ކުޅެވޭނެކަން ވަނީ ކަށަވަރުވެފަ އެވެ.

އިންގްލެންޑާއި އެމެރިކާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox