ދުވަހަކަށްވުރެ ދުވަހެއް މިނީ ބަސް ބޭނުންކުރާ މީހުންގެ އަދަދު ދަށަށް

މާލޭ މަގުމަތީ މިނީބަހެއް ދަތުރުކުރަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާލޭ މަގުމަތީ މިނީބަހެއް ދަތުރުކުރަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ގެ ދަށުން މި އަހަރު މާލޭގައި ދޭން ފެށީ މިނީ ބަހުގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންދާކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގު ހައްގުގެ ދަށުން "އަދަދު" އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު ޖުމްލަ 236،954 މީހުން މިނީ ބަހުގެ ހިދުމަތް ބޭނުންކުރި އެވެ. އެއީ ދުވާލަކަށް 9،478 މީހުންވެ. ގަޑިއަކަށް 394 އެއްހާ މީހުންނެވެ.

އެކަމަކު, މި އަދަދުތަށް މިހާރުވަނީ ބޮޑުތަނުން ދަށްވެފަ އެވެ.

Advertisement

އެގޮތުން, ނިމިދިޔަ އޮކްޓޫބަރު މިނީ ބަސް ބޭނުންކޮށްފައިވަނީ 153،682 މީހުންނެވެ. މި އަދަދު މި މަހުގެ މިހާތަނަށް ބަލާއިރު ހުރީ 87،030 ގަ އެވެ. އެއީ ދުވާލަކު 4،352 މީހުންނެވެ. ގަޑިއަކަށް ބަލާނަމަ 181 އެއްހާ މީހުންނެވެ.

ބަސް ބޭނުން ކުރާ މީހުންގެ އަދަދު ދަށްވަމުން ދާއިރު މި އަހަރު ނިމޭއިރު ދުވާލަކު މިނީ ބަހުގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު 3000 އަށްވުރެ ދަށަށް ވެއްޓޭނެ ކަމަށް ބެލެވެ އެވެ. ގަޑިއިރުން ބަލާނަމަ 100 އަށްވުރެ އަދަދު ދަށްވެގެން ދާނެ ކަމަށް ލަފާ ކުރެވެ އެވެ.

މިކަމާ ގުޅޭގޮތުން ބަހުގެ ހިދުމަތްދޭ މައި ކުންފުނި އެމްޓީސީސީއާ ސުވާލުކުރުމުން ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަކީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމެވި އެއް ކަމެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ލަސްވެގެން ގޮސް މި އަހަރު މި ހިދުމަތްދޭން ފެށުމާ އެކު ރައީސް ވިދާޅުވީ މި ހިދުމަތަކީ "ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް" ވެގެންދާނެ ކަމަށެވެ.

އަގަކާ ނުލާ ދެ ހަފުތާ ވަންދެން މިނީ ބަހުގެ ޓެސްޓު ދަތުރުތައް ކުރިއިރު އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. ނަމަވެސް ދަތުރަށް ހަތް ރުފިޔާގެ މަގުން އަގު ނަގަން ފެށުމާ އެކު ބަސްތައް ބޭނުން ކުރާ މިންވަރު ވެއްޓުނެވެ. މީގެ އިތުރުން ވެސް މިނީ ބަހުގެ ހިދުމަތައް ވަނީ އެކި ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން މާލޭގެ ޓްރެފިކް ބާރުބޮޑުވާ ކަމުގެ ޝަކުވާ އާއި ޓެކްސީ ކުރަން ދަތިވުމުގެ ޝަކުވާތައް ވެސް އިވުނެވެ.

"އެއްވެސް އިރަކު މާލޭގަ ބަސް ދުއްވާކަށް ގަބޫލެއް ނޫން. ދެން އަންނަ ސަރުކާރެއްގައި މި ބަސްތައް ހުއްޓުވާނަން. މާލޭގަ މިހާ ބޮޑެތި ބަސްތައް ދުއްވުމަކީ ޓެކްސީ ދުއްވާ މީހުނަށްވާ އެންމެ ބޮޑު އުނދަގޫ،" މި މައްސަލައިގެ މީގެ ކުރިން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ.

މާލޭގައި ޖުމްލަ 40 ބަސް ހުއްޓި ބަހައްޓާ މިހާރު ވެސް 18 ބަހަކުން އަންނަނީ ހިދުމަތް ދެމުންނެވެ. މީގެ އިތުރުން ކަރަންޓު ހަކަތައިން ދުއްވާ ހަ ބަހެއް ވެސް ވަނީ މި މަހުގެ ހަތްވަނަ ދުވަހު ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox