ކްރޮއޭޝިއާ އަތުން މޮރޮކޯ އަށް މުހިންމު ޕޮއިންޓެއް

Nov 23, 2022, 1:05 PM
ކްރޮއޭޝިއާ އަތުން މޮރޮކޯ އަށް މުހިންމު ޕޮއިންޓެއް

ދޯހާ، ގަތަރު (ނޮވެމްބަރު 23) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މޮރޮކޯ އިން އެންމެ ފަހުގެ ރަނަރަޕް، ކްރޮއޭޝިއާ ހިފަހައްޓައިފި އެވެ.

ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މެޗު 0-0ގެ ނަތީޖާ އަކުން އެއްވަރުވިއިރު، މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު މެޗުތަކުގައި ފެނުނު ގޮތަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ ދެ ޓީމުގެ ކީޕަރުންނެވެ. ގޯލާ އަމާޒުކޮށް ދެ ޓީމުންވެސް ފޮނުވާލި މަދު ހަމަލާތައް ހުށިޔާރުކަމާއިއެކު ދެ ޓީމުގެ ކީޕަރުންވެސް ދިފާއުކުރި އެވެ.

ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ހޯދައިފަ އެވެ. ފުރަތަމަ ހާފަށް ބަލާއިރު އެންމެ ރަނގަޅު ފުރުސަތު ހޯދީ ކްރޮއޭޝިއާ އިންނެވެ. ހާފުގެ ފަހު ކޮޅު ކްރޮއޭޝިއާގެ އަރިމަތިން ބޯނާ ސޫސާ ނަގައިިދިން ހުރަހަކުން ނިކޮލާ ވްލާސިޗު ފޮނުވާލި ބޯޅަ މޮރޯކޯގެ ކީޕަރު ޔަސިން ބޯނޯ ދިފާއުކުރި އެވެ.

އޭގެ ފަހުން، ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗު ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި މޮރޮކޯއަށް ގޯލެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފޯވާޑް ޔޫސުފް އަލް ނަސޭރީ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލްކޮށްލާފައި ގޯލަށް އަމާޒުކޮށްލުމުން ހުރަސް އެޅީ ކްރޮއޭޝިއާގެ ޑިފެންޑަރު ޑޭޔާން ލޮވްރެން އެވެ.

ދެ ވަނަ ހާފު ފަށައިގެން ރަނގަޅު ފުރުސަތުތައް ހޯދީ މޮރޮކޯ އިންނެވެ. މިގޮތުން އޭރިއާ ތެރެއިން ހުރަސްވެގެން އައި ބޯޅައެއް މޮރޮކޯގެ ނުސައިރު މަޒޮރާއި ފޮނުވާލުމުން ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ދިފާއުކުރި އެވެ. އޭގެ ފަހުން އަޝްރަފް ހަކީމީ ފޮނުވާލި ބޯޅަވެސް ދިފާއުކުރީ ލިވަކޮވިޗެވެ.

މެޗުގެ ދެވަނަ ހާފުގައި ކްރޮއޭޝިއާ އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ތަނަވަސްކޮށްދިނީ ކެޕްޓަން މޮޑްރިޗެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައީ ނަސޭރީގެ ފައިގައި ޖެހި އެވެ.

މި ގްރޫޕުގައި ކްރޮއޭޝިއާ ދެން ކުޅޭ މެޗުގައި ނުކުންނާނީ ކެނަޑާއާ ދެކޮޅަށެވެ. މޮރޮކޯ ނުކުންނާނީ ބެލްޖިއަމް އާ ދެކޮޅަށެވެ. މި ގްރޫޕްގެ ދެ ވަނަ މެޗުގައި މިރޭ 12 ޖަހާއިރު، ކެނަޑާ އާއި ބެލްޖިއަމް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox