ކެނަޑާ އަށް ބެލްޖިއަމް އިން އިހުތިރާމްކުރާނެ

Nov 23, 2022, 8:46 AM
ކެނަޑާ އަށް ބެލްޖިއަމް އިން އިހުތިރާމްކުރާނެ

ދޯހާ (ނޮވެމްބަރު 23) - ފީފާ ވޯލްޑް ކަޕްގައި މިރޭ ކެނަޑާއާ ދެކޮޅަށް ބެލްޖިއަމް ނުކުުންނައިރު، ކެނަޑާ އަށް ދޭންޖެހޭ ފުރިހަމަ އިހުތިރާމް ދޭނެ ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެ ފިއެވެ.

މި މުބާރާތަށް ބެލްޖިއަމް ކުރިމަތިލާއިރު، އެ ޓީމު ބެލެވިފައިވަނީ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދީ ބެލްޖިއަމް އެވެ.

އެކަމަކު، ކެނަޑާ އަކީ ވޯލްޑް ކަޕަށް މާ އާދަވެފައިވާ ގައުމެއް ނޫނެވެ. ކެނަޑާ އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނީ މީގެ 36 އަހަރު ކުރިން، 1986 ވަނަ އަހަރު އެވެ.

"ކެނަޑާ އިން ހާސިލްކުރި ކަންތައްތަކަށް އަހަރަމެން ވަރަށް ބޮޑަށް އިހުތިރާމް ކުރަން. ކޮލިފައިންގެ އެމެރިކާ އާއި މެކްސިކޯ ފަހަތަށް ޖައްސާލުމަށް ފަހު އެއް ވަނަ ހޯދުމަކީ އާދައިގެ ކަމެއް ނޫން،" މާޓީނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ މި މެޗަށް ދެ ޓީމު ނުކުންނައިރު، ޕްރެޝަރު އޮތީ ބެލްޖިއަމް އަށް ކަމަށެވެ. އަދި އެއީ ކެނެޑާއާ ދެކޮޅަށް ކުޅެން އުނދަގޫވާނެ އެއް ސަބަބު ކަމަށް ގަބޫލްކުރެވޭ ކަމަށެވެ.

"ކެނަޑާ އަށް މި މެޗުން ގެއްލޭނެ އެއްޗެއް ނެތް. އެހެންވީމަ، އެ މީހުން މި މެޗަށް ނުކުންނާނީ ޕްރެޝަރެއް ނެތި. މި ކަހަލަ ޓީމަކާ ދެކޮޅަށް ކުޅުމަކީ ނުރައްކާތެރިކަމެއް،" މާޓިނޭޒް ބުންޏެވެ.

ވޯލްޑް ކަޕްގައި ބެލްޖިއަމް ކުޅޭ ފުރަތަމަ ދެ މެޗުގައި އެ ޓީމުގެ މުހިންމު ފޯވަޑް ރޮމެލޫ ލުކާކޫ އަކަށް ނުކުޅޭވޭނެ އެވެ. އަދި އެ ޓީމުގެ ކެޕްޓަން އެޑިން ހަޒާޑަށް ވެސް ދިމާވި އަނިޔާ އާއި ފިޓްނަސްގެ މައްސަލަތަކާ ގުޅިގެން، ރެއާލް މެޑްރިޑުގައި އޭނާ އަށް ލިބުނީ މަދު ފުރުސަތުތަކެކެވެ.

ބެލްޖިއަމް އާއި ކެނަޑާ މިހާތަނަށް ބައްދަލުކޮށްފައިވަނީ 1998 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗުން ކެނަޑާ އަތުން ބެލްޖިއަމް ވަނީ 2-0 އިން މޮޅުވެފަ އެވެ. އެކަމަކު، އޭރު ކެނަޑާ ޓީމު އޮތް ލެވަލާއި ފުޓްބޯޅައިގެ ހާލަތު މިހާރު ތަފާތެވެ. ކެނަޑާ ދިގު އިންތިޒާރަކަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވެސް އޭގެ އެއް ސަބަބެވެ.

ކެނަޑާ ވޯލްޑް ކަޕަށް ގެންގޮސްދިން ކޯޗު، ޖޯން ހާޑްމަން އަކީ ތާރީހީ ރެކޯޑެއް އޮތް ކޯޗެކެވެ. ހާޑްމަން ވަނީ މީގެ ކުރިން ނިއު ޒީލެންޑާއި ކެނަޑާގެ އަންހެން ޓީމު ގޮވައިގެން ފީފާ ވިމެންސް ވޯލްޑް ކަޕްގައި ވާދަކޮށްފަ އެެވެ. މި ފަހަރު ކެނަޑާ ފިރިހެން ޓީމު ގޮވައިގެން ވޯލްޑް ކަޕްގައި ވާދަކުރާއިރު، ހާޑްމަން އަށް ކެނަޑާ ފުޓްބޯޅަ ތާރީހުގެ އިތުރުން ފީފާގެ މުބާރާތްތަކުގައި ވެސް ހާއްސަ ޖާގައެއް އޮންނާނެ އެވެ.

ކެނަޑާ އާއި ބެލްޖިއަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox