ވޯލްޑުކަޕް ފެށުމުގެ ރަސްމިއްޔާތުގައި މޯގަން ފުރީމެން އަތަށް އެންމެ އަންގިއެއް އަރުވާފައި ހުރީ ކީއްވެ؟

ގަތަރު ވޯލްޑުކަޕް 2022 ފެށުމުގެ ރަސްމިއްޔާތުގައި މޯގަން ފުރީމެން ބައިވެރިވަނީ

ގަތަރު ވޯލްޑުކަޕް 2022 ފެށުމުގެ ރަސްމިއްޔާތުގައި މޯގަން ފުރީމެން ބައިވެރިވަނީ

މިދިޔަ އާދީއްތަ ދުވަހު ވޯލްޑުކަޕް ފެށުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށް ދިޔަ ވަގުތަކީ މުޅި ދުނިޔޭގެ ސަމާލުކަން މެދުއިރުމައްޗަށް ހުއްޓިފައި އޮތް ވަގުތެކެވެ. މީގެ ކުރީގެ ވޯލްޑުކަޕުތަކާ ހިލާފަށް މިފަހަރުގެ މުބާރާތް ބާއްވާ ގައުމުގެ ގޮތުން، ގަތަރަށް ހުޅަނގުގެ ފާޑުކިޔުންވެސް އޮތީ އިންތިހާއަށް އަމާޒުވެފަ އެވެ.

އެހެން ނަމަވެސް ތަފާތު ގޮތަކަށް ގެނެސްދެމުން ދިޔަ ހުށަހެޅުންތަކުގެ ތެރެއިން ކުއްލިއަކަށް ހޮލީވުޑުގެ މަޝްހޫރު އެކްޓަރު، މޯގަން ފުރީމެން ނުކުމެގެން އައުންވީ އެންމެންގެ ޝައުގުވެރިކަން އެކަމަށް ދަމައިގަތް ކަމަކަށެވެ. މޯގަންއާއެކު ދަނޑުމަތިން ދެން ފެނުނީ މަދުން ނޫނީ ނުފެންނަ ނުކުޅެދުންތެރިކަމެއް ކަމުގައިވާ "ކައުޑަލް ރިގްރެޝަން ސިންޑްރޯމް" ތަހަންމަލު ކުރަމުންދާ، ޣަނީމް އަލް މުފްތާހު އެވެ. އެ ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކުން މުޅި ދުނިޔެއަށް ދޫކޮށްލީ ވަރަށް އަގުހުރި މެސެޖެކެވެ.

"މިހާރު ދުނިޔެ މިއޮތީ ވަރަށް ބޮޑަށް ބައިބައިވެ ވަކިވަކިވެފައި، ދިރިއުޅެން އޮތީ އެންމެ ގޮތެއް ކަމަށް ގަބޫލުކުރާ ނަމަ، މި ހުރިހާ ގައުމުތަކާއި، ބަހާއި، ސަގާފަތާ އެކު އެންމެން އެކުގައި އުޅޭނީ ކިހިނެއް،؟" މޯގަން ސުވާލު ކުރެއެވެ.

Advertisement

އެ ސުވާލުގެ ޖަވާބު ގަތަރުގެ އެންމެ ހަގު ވިޔަފާރިވެރިޔާ އަދި މަޝްހޫރު ޔޫޓިއުބަރު، ޣަނީމް ދިނީ ކީރިތި ޤުރުއާނުގެ ސޫރަރުލް ޙުޖުރާތުގެ 13 ވަނަ އާޔަތުންނެވެ.

"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ."

އެ އާޔަތް ކިޔަވައި ނިންމާލުމަށްފަހު އާޔަތުގެ އިނގިރޭސި މާނަ ވެސް އޭނާ ކިޔައިދެ އެވެ. އަހަރުމެން ތަރުބިއްޔަތުވެފައި ވަނީ، ދުނިޔޭގައި އިންސާނުން ލެއްވެވީ އެކި ގައުމުތަކާއި ގަބީލާތަކަށް މީހުން ބެހިގެންވާ ގޮތަށް ކަމާއި އެއީ އެއްބަޔަކު އަނެއްބައެއްގެ ފުށުން ކަންކަން ދަސްކޮށް، ތަފާތުތަކުގައި ހުރި ރީތިކަން ދެނެގަތުމަށް ދަސްކޮށްގެން ކަމަށް ޣާނިމް ބުނެ އެވެ.

ގިނަބައެއްގެ ސަމާލުކަން ހުއްޓިގެންދިޔަ މި ވަގުތުކޮޅުގައި މީހުންގެ ލޮލުގައި އިތުރު ކަމެއްވެސް އަޅައިގަތެވެ. އެއީ މި ވަރުގަދަ މެސެޖު ދުނިޔެއަށް ދިން އިރު، މޯގަންގެ އެއް އަތަށް އަންގިއެއް އަރުވާފައި ހުރި ހުރުމެވެ. ދެކެވުނީ ވެސް ތަފާތުތަކުގެ ވާހަކަ ކަމަށް ވެފައި އެންމެ އަތަކަށް އަންގިއެއް އަރުވާފައި ހުރުންވެސް އެއީ އެކަމާ ގުޅުންހުރި ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ.

އެހެންނަމަވެސް ކަން އޮތީ އެހެނަކުން ނޫނެވެ. މޯގަންގެ އަތަށް އަރުވާފައި ހުރި އަންގިއަކީ 2008، ވަނަ އަހަރު އެމެރިކާގެ މިސިސިޕީގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އޭނާގެ އަތުގެ ވާގި ނެތުމުގެ ސަބަބުން އަރުވަން މަޖުބޫރު "ކޮންޕުރެޝަން" އަންގިއެއް ކަމަށެވެ.

މޯގަން ފުރީމެން
މޯގަން ފުރީމެން

2013، ވަނަ އަހަރު، އޮލިމްޕަސް ހޭޒް ފޯލެން ފިލްމު ޕުރިމިއާގައި މޯގަން ފުރީމެން ބައިވެރިވަނީ -- ފޮޓޯ: އަލަމީ ސްޓޮކް ފޮޓޯ

އެ ހާދިސާގައި މޯގަންގެ ކާރު އެތައް ފަހަރަކު ފުރޮޅި، ވިއްސައިގެން ގޮސްފައިވެ އެވެ. އެ ހާދިސާގައި އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށްޓަކައި ބޮޑު އޮޕަރޭޝަނެއް ކުރި އެވެ. އުމުރުން 85 އަހަރުގެ މޯގަން ފުރީމެން އަތަށް އަރުވާފައި ހުރި އަންގިއަކީ އަތުގެ ލޭދައުރުކުރުމަށް އެހީވެދޭ އަންގިއެކެވެ.

މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރު އެމެރިކާގެ ހަފުތާ މަޖައްލާ، ޕީޕަލް އަށް ދިން އިންޓަވިއުއެއްގައި ވެސް މޯގަން އެކަމާ ބެހޭ ގޮތުން ވާހަކަދައްކާފައި ވެއެވެ. އެކްސިޑެންޓުގެ ސަބަބުން އޭނާގެ ނާރުތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި އެކަން ރަނގަޅު ނުވާ ކަމަށް އެ އިންޓަވިއުގައި އޭނާ ބުނެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ އަތް ހަރަކާތް ނުކުރެވޭކަމަށް ބުންޏެވެ.

އަތް ހަރަކާތް ނުކުރަންޏާ [އަތް] ދުޅަވާނެ، އެނގޭތަ އާންމުކޮށް ދުވާލަކު މިލިއަނެއްހާ ފަހަރު އަތް ހަރަކާތްކުރެވޭ ކަން،؟ މޯގަންގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

އޭގެއިތުރުން މޯގަން އަކީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ "ފައިބްރޯމައިއަލްޖާ" ބަލީގެ ވޭން ވެސް ތަހަންމަލު ކުރަމުންދާ މީހެކެވެ.

ފައިބްރޯމައިއަލްޖާ އަކީ ގައިގެ މަސްތަކަށާއި ޓިޝޫތަކަށް ކުރިމަތިވާ މައްސަލަ އެކެވެ. މި ބަލީގެ ސަބަބުން ގައިގައި ރިއްސުމާއި ބޯ އެނބުރުމުގެ އިތުރުން ނިދުމުގެ އުނދަގޫތައް ކުރިމަތިވެ އެވެ.

އެމެރިކާގެ މަޖައްލާ، އެސްކުވަޔާއަށް 2012 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި މޯގަން ވަނީ ފައިބްރޯމައިއަލްޖާގެ ސަބަބުން އޭނާގެ އަތަށް ވަރަށް ބޮޑަށް ތަދުވާކަމަށާއި އެކަން (ކާރު އެކްސިޑެންޓުން ލިބުނު ގެއްލުން) އެންމެ ބޮޑު ވަނީ ވެސް އެ ސަބަބާއި ހުރެކަން ފާހަގަކޮށްފަ އެވެ.

މިހުރިހާ ކަމެއް މިހެން ހުރި ކަމުގައިވީ ނަމަވެސް ވޯލްޑުކަޕު ހުޅުވުމުގެ ރަސްމިއްޔާތުގައި އޮސްކާ އެވޯޑުވެސް ހާސިލުކޮށްފައިވާ މޯގަން ބައިވެރި ވުމަށް އޮތް ހުރަހެއް ކަމުގައި އެ ކަންކަން ނުވި އެވެ. މީގެ ކުރިންވެސް މުސްލިމުންނާ ގާތް ގުޅުމެއް ބާއްވާ މޯގަން މި ރަސްމިއްޔާތުގައި ބައިވެރިވުމުން ހުޅަނގުގެ ފާޑުކިއުމާއި ނަފުރަތު ވެސް އޭނާ އަށް އަމާޒުވި އެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑުކަޕު ފެށުމުގެ ރަސްމިއްޔާތު ބީބީސީން ލައިވްކޮށް ދައްކާފައި ނުވާއިރު، އެ ރަސްމިއްޔާތުގައި ހުށަހެޅުންތައް ހުށަހެޅުމަށް ޝަކީރާއާއި، އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލިޕާގެ އިތުރުން ވެސް އެތައް ބައިވަރު ތަރިންނެއް ދެކޮޅު ހަދާފައި ވެއެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox