ޖަރުމަނު ޓީމުގެ ވޯލްޑް ކަޕް ބޯނަހުން ނޭޕާލްގެ ކުޑަކުދިންނަށް އެއް މިލިއަން ޑޮލަރު ދެނީ

Nov 22, 2022, 8:48 AM
ޖަރުމަނުގެ ފުޓްބޯޅަ ރައީސް ނޮއެންޑޯފް (ކ) އާއި ޓީމު މެނޭޖަރު ކުރީގެ ކުޅުންތެރިޔާ، ބިއަހޯފް.-- ފޮޓޯ: އޭއެފްޕީ

ޖަރުމަނުގެ ފުޓްބޯޅަ ރައީސް ނޮއެންޑޯފް (ކ) އާއި ޓީމު މެނޭޖަރު ކުރީގެ ކުޅުންތެރިޔާ، ބިއަހޯފް.-- ފޮޓޯ: އޭއެފްޕީ

ދޯހާ، ގަތަރު (ނޮވެމްބަރު 22) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނު ގައުމީ ޓީމަށް ލިބޭ ބޯނަހުގެ ތެރެއިން އެއް މިލިއަން ޑޮލަރު، ނޭޕާލްގެ ކުޑަކުދިންނަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ބާޑް ނޮއެންޑޯފް ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ޖަރުމަނުގެ މީޑިއާ ކުރިމަތީގައި އެ ގައުމުގެ ފުޓްބޯޅައިގެ ވާހަކަތަކާ ގުޅޭ ސުވާލުތަކަށް ޖަވާބު ދޭން ހުއްޓިވަޑައިގެން ހުންނަވައި، ނޮއެންޑޯފް ވިދާޅުވީ، މި ފަހަރުގެ ވޯލްޑް ކަޕަށް ޖަރުމަނުން ތައްޔާރުވި ހުރިހާ ގޮތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ނޮއެންޑޯފް ވިދާޅުވީ މި ފަހަރުގެ ވޯލްޑް ކަޕްގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ގިނަ ކަންކަން ކުރަން ޖެހޭ ކަމަށް ބުނެ، ގިނަ ގައުމުތަކުން ކެމްޕެއިންތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކަމުގައި ޖަރުމަނުން ބައިވެރިވާން ބޭނުންވަނީ "މިސާލެއް ދެއްކޭ" ގޮތަކަށް ކަމަށް ނޮއެންޑޯފް ފާހަގަކުރެއްވި އެވެ.

އެ ގޮތުން، ޖަރުމަނުގެ ކުޅުންތެރިންނާއި އޮފިޝަލުން ފެޑެރޭޝަނާ މަޝްވަރާ ކުރުމަށް ފަހު، މުޅި ޓީމަށް އެއްބަސްވެވުނީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް ކުޑަކުދިންނަށް އެހީތެރިކަން ބޭނުންވެފައިވާ ގައުމަކަށް އެހީތެރިކަން ފޯރުކޮށްދޭށެވެ.

ނޮއެންޑޯފް ވިދާޅުވީ، ގިނަ ގައުމުތަކެއްގެ ތެރެއިން ނޭޕާލް އިހުތިޔާރުކުރީ އެ ގައުމުގެ ގިނަ މީހުން އެކި ގައުމުތަކަށް މަަސައްކަތްކުރަން ދަނީ ކުޑަ މުސާރައަކަށް ކަމަށާއި އޭގެ ސަބަބަކީ އެ މީހުންގެ ދަރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ކަމަށްވާތީ އެވެ.

"މި ހުރިހާ ކަމަކަށް ބަލާފައި ޖަރުމަނު ޓީމުން ނިންމީ ނޭޕާލްގެ އެހީ އަށް ބޭނުންވާ ކުޑަކުދިންނަށް މި ފައިސާ ދޭން، މިއީ ކުޅުންތެރިންގެ ފައުންޑޭޝަނުން ނިންމި ނިންމުމެއް، މި ފައިސާ އަހަރެމެން ފޯރުކޮށްދޭނީ ފަސް އަހަރަށް ބަހާލައިގެން،" ނޮއެންޑޯފް ވިދާޅުވި އެވެ. "ބޭނުމަކީ ރަނގަޅު ދިރިއުޅުމެއް ހޯދަން ނޭޕާލުގައި ތިބި ކުޑަކުދިންނަށް އެހީވާން،"

ނޮއެންޑޯފް ވިދާޅުވީ ނޭޕާލަށް މި އެހީދެނީ ދެން އޮންނަ ޖީލުތަކުގެ ތެރެއިން ހަމަހަމަ ފުރުސަތުތަކެއް ލިބިގެން ބޮޑުވާ ޒުވާނުންގެ ނިސްބަތް އިތުރު ކުރުމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޮއެންޑޯފް ވަނީ ފީފާ އަށް ވެސް ނުސީދާކޮށް ބަހުގެ ހަމަލާއެއް ފޮނުވާލައިފަ އެެވެ.

ނޮއެންޑޯފް ފާހަގަކުރެއްވި ކަމަކީ ފީފާ އިން ޑެންމާކު ހުއްޓުވަން މަސައްކަތްކުރި ގޮތަށް އިރާންގައި ހިނގާ ކަންކަމަށް ރިއާޔަތްކޮށް ކަންކަން ނުކުރާތީ "ހަމަހަމަ" ކަމެއް ނުފެންނަ ކަމަށެވެ.

ޑެންމާކުން ވޯލްޑް ކަޕް ކިޓްގައި އިންސާނީ ހައްގުތައް ކަށަވަރުކުރަން ގޮވާލައި މެސެޖެއް ލިޔަން އުޅުނު ނަމަވެސް ފީފާއިން އެކަން ހުއްޓުވި އެވެ. އެކަމަކު، އިރާނުގައި އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދޭން ގޮވާލާ މުޒާހަރާތަކުގައި މަރުވާ މީހުން ވެސް އިތުރުވަމުން އަންނައިރު، ފީފާ އިން އެކަމަށް ދެނީ ބީރު ކަންފަތެއް ކަމަށް ނޮއެންޑޯފް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox