ސެނެގާލް އަތުން ނެދަލޭންޑްސް އަށް އުނދަގޫ މޮޅެއް

Nov 21, 2022, 7:03 PM
ސެނެގާލް އަތުން ނެދަލޭންޑްސް އަށް އުނދަގޫ މޮޅެއް

ދޯހާ، ގަތަރު (ނޮވެމްބަރު 21) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ނެދަލޭންޑްސް ކުޅުނު ފުރަތަމަ މެޗުގައި ސެނެގާލް އަތުން 2-0 ގެ ނަތީޖާ އަކުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މިއީ 2014ގެ ވޯލްޑްކަޕްގެ ތިން ވަނަ ހޯދި ނެދަލޭންޑްސް އިން 2018ގެ މުބާރާތަށް ކޮލިފައިނުވެ، އަނެއްކާ އެނބުރި މުބާރާތަށް ނުކުމެ، އެ ޓީމަށް ލިބުނު ރަނގަޅު ފެށުމެކެވެ. މި މޮޅާ އެކު ނެދަލެންޑްސް އޮތީ އިކުއެޑޯއާ އެކު ގްރޫޕުގެ ކުރީގަ އެވެ. އިކުއެޑޯ އިން ވަނީ ފުރަތަމަ މެޗުގައި ގަތަރު އަތުން 2-0 އިން މޮޅުވެފަ އެވެ.

ވޯލްޑް ކަޕަށް މިފަހަރު ސެނެގާލް ނިކުތީ އަނިޔާގެ ސަބަބުން ކެޕްޓަން ސަދިއޯ މާނޭއާ ނުލަ އެވެ. މުބާރާތަށް އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑުގައި މާނޭ ހިމެނުނު ނަމަވެސް، ބަޔާން މިޔުނިކަށް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އޭނާ ސާޖަރީއެއް ހަދަން ޖެހި ވޯލްޑް ކަޕްގައި ނުކުޅެވޭ ގޮތްވީ އެވެ.

އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް އަވަސް ގޭމެއް ކުޅުނުއިރު، ފުރަތަމަ ހާފުގައި ގޯލެއް ޖަހަން މާ ރަނގަޅު ހުސް ފުރުސަތުތަކެއް ދެ ޓީމަށްވެސް ނުލިބެ އެވެ.

އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނެދަލޭންޑްސްގެ ފްރޭންކީ ޑި ޔޯން އަށެވެ. ހުސްކޮށް އޭރިއާ ތެރޭގައި ހުއްޓައި ލިބުނު ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތް ނުވީ މާ ބޮޑަށް ލަސްކުރުމުންނެވެ. މީގެ އިތުރުން އަރިމަތިން ކޯޑީ ގަކްޕޯ ނަގައިދިން ހުރަހަކުން ސްޓީވެން ބާގްވައިން އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.

ސެނެގާލް އިން މި ހާފުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއަކީ ފޯވާޑް، އިސްމާއިލާ ސާ ފޮނުވާލި ހަމަލާއެވެ. އަރިމަތިން ލިބުނު ބޯޅަތަކުގައި ސާ ވަނީ ނެދަލެންޑްސްގެ ޑިފެންސް ލައިނަށް ނުރައްކާ ކޮށްފަ އެވެ.

ދެ ވަނަ ހާފަށް ބަލާއިރު ސެނެގާލް އަށް ދިމާވި އެންމެ ބޮޑު މައްސަލަކީ އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިންތަކެއް ބަދަލުކުރަން ޖެހުމެވެ. މިގޮތުން ހާފުގެ މެދުތެރެއިން މިޑްފިލްޑަރު ޗެއިކް ކުޔާޓޭ އަދި އަބްދޫ ޑިއާލޯގެ ފަލަމަސްގަނޑަށް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ.

ދެވަނަ ހާފުގައި ސެނެގާލްއަށް ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ މިޑްފިލްޑަރު އިދުރިސާ ގުއޭ އަށެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅަ އިން ފޮނުވާލި ބާރު ހަމަަލާ ކީޕަރު އަންދްރޭސް ނޮޕާޓް ވަނީ ދިފާއުކޮށްފަ އެވެ. މިއީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް ނޮޕާޓް ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ފަހުކޮޅު ޕަޕޭ ގުއޭ ފޮނުވާލި ހަމަލާއެއްވެސް ގޯލުގެ ކަނަށް ދަނިކޮށް ނޮޕާޓް ދިފާއުކުރި އެވެ.

ނެދަލޭންޑްސް އިން މެޗުގެ ފުރަތަމަ ގޯލު ޖެހީ 84 ވަނަ މިނެޓުގަ އެވެ. ފްރޭންކީ ޑިޖޮންގ ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ ގަކްޕޯ އެވެ. ޑިޖޮން ނަގައިދިން ބޯޅައަށް ޑިފެންޑަރުންގެ މެދުން އަރައި ގަކްޕޯ ބޯޅަ ގޯލަށް ފޮނުވާލީ، އެބޯޅައަށް ނުކުތް ކީޕަރު އެޑުއާޑް މެންޑީއަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

ނެދަލޭންޑްސް އިން ދެވަނަ ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާ ކީޕަރު މެންޑީގެ އަތުގައި ޖެހިފައި ނުކުތް ވަގުތު އެ ބޯޅަ ގޯލަށް ފޮނުވާލީ ޑާވީ ކްލާސެން އެވެ. ކްލާސެން ވެސް ކުޅެން އެރީ ބެންޗުން ދެވަނަ ހާފުގަ އެވެ.

ގްރޫޕް ސްޓޭޖުގައި ނެދަލޭންޑްސް އަށް ދެން އޮތީ އިކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގަ އެވެ. ސެނެގާލް ދެން ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ގަތަރާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox