އިންޑޮނީޝިއާއަށް އައި ބިންހެލުމެއްގައި 162 މީހުން މަރުވެއްޖެ

ބިންހެލުމަށް ފަހު އާއްމުންގެ ގިނަ ބަޔަކު ޖަމާވެފައި އޮތް ތަނެއްގައި ބައެއް މީހުންނަށް ފަރުވާ ދެނީ.

ބިންހެލުމަށް ފަހު އާއްމުންގެ ގިނަ ބަޔަކު ޖަމާވެފައި އޮތް ތަނެއްގައި ބައެއް މީހުންނަށް ފަރުވާ ދެނީ.

އިންޑޮނީޝިއާގެ ޖާވާ ރަށަށް އައި ބިންހެލުމެއްގައި 162 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

ހުޅަނގު ޖާވާގެ ކިއަންޖޫރް އަވަށަށް ބިންހެލުން އައީ 5.6 މެގްނިޓިއުޑްގައި ބިމުގެ 10 ކިލޯމީޓަރު އަޑިން ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭގެ ތަފާސްހިސާބުން ދައްކަ އެވެ.

ގިނަ އަދަަދެއްގެ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އިރު، ބައެއް މީހުންނަށް ފަރުވާ ދިނީ މަގުމަތީގައި ތިބެގެންނެވެ.

Advertisement

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރެވޭތޯ ރެސްކިއު ޓީމުތަކުން ދަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ.

ބިންހެލުން އައި ސަރަހައްދަކީ ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅޭ ސަރަހައްދެކެވެ. އިންޑޮނީޝިއާގެ ނޭޝަނަލް ޑިޒާޒްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ) އިން ބުނީ 162 މީހުން މަރުވި ކަމަށެވެ.

އޭގެ އިތުރުން ކިއަންޖޫރްގައި 5،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށާއި 2،200 އަށް ވުރެ ގިނަ ގެޔަށް ގެއްލުން ލިބިފައިވާ ކަމަށް ބީއެންޕީބީއިން ބުންޏެވެ.

ހުޅަނގު ޖާވާގެ ގަވަރުނަރު ރިދްވަން ކާމިލް ވިދާޅުވީ 700 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށެވެ. އަނިޔާވި މީހުންނާއި މަރުވި މީހުންގެ އަދަދުތައް އަދިވެސް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.

ބިންހެލުމުގެ އަސަރު ވެރިރަށް ޖަކާޓާއަށް ވެސް ކުރި އެވެ. ކިއަންޖޫރްއާ 100 ކިލޯމީޓަރު ދުރުގައި އޮންނަ ޖަކާޓާގެ އުސް އިމާރާތްތަކުން މީހުން ހުސްކުރި އެވެ.

އިންޑޮނީޝިއާއަކީ ވަރަށް ގިނައިން ބިންހެލުން ކުރިމަތިވާ ގައުމެކެވެ. އެ ގައުމު އޮންނަނީ ބިންހެލުންތައް އާއްމުކޮށް އަންނަ ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔާ" ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox