ޓީމުގެ މެޗު ޖާޒީ އަގުބޮޑުކަމުން އިންގްލެންޑް ސަޕޯޓަރުން ރަތަށް

Nov 21, 2022, 10:55 AM
ޓީމުގެ މެޗު ޖާޒީ އަގުބޮޑުކަމުން އިންގްލެންޑް ސަޕޯޓަރުން ރަތަށް

ލަންޑަން (ނޮވެމްބަރު 21) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށް އިންގްލެންޑްގެ ސަޕޯޓަރުންނަށް ވިއްކަން ނެރުނު ގައުމީ ޓީމުގެ މެޗު ޖާޒީ އާއި ސަޕޯޓަރުންގެ ޖާޒީތައް އަގުބޮޑުވެގެން އިނގިރޭސި ސަޕޯޓަރުން ރުޅިގަދަވެއްޖެ އެވެ.

މި އަހަރުގެ ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި އިނގިރޭސިން މިއަދު ނުކުންނާނީ އީރާންއާ ދެކޮޅަށެވެ. ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު ފަށާ މި މެޗަށް ސަޕޯޓަރުން ތައްޔާރުވަމުން އަންނައިރު މިވަގުތު އިނގިރޭސި ސަޕޯޓަރުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނަނީ ޖާޒީތަކުގެ އަގު ބޮޑުވެގެންނެވެ.

މުބާރާތަށް ހާއްސަކޮށް އިންގްލެންޑްގެ ގައުމީ ޓީމްގެ ސަޕޯޓަރުންނަށް ވިއްކަން ނެރުނު ޖާޒީތަކަށް ބަލާއިރު އަގު އުޅެނީ 75 ޕައުންޑަށް (88 ޑޮލަރު) ވުރެ މަތީގަ އެވެ. ސަޕޯޓަރުންނަށް ހާއްސަ ސްޓޭޑިއަމް ޖާޒީތައް 75 ޕައުންޑަށް (88 ޑޮލަރަށް) ވިއްކަމުން އަންނައިރު މެޗު ޖާޒީތައް އުޅެނީ 115 ޕައުންޑް (136 ޑޮލަރު) އަށެވެ. ކުޑަކުދިންގެ ޖާޒީތައް 60 ޕައުންޑު (70 ޑޮލަރު) އަށް އުޅޭއިރު ނަމާއި ނަންބަރު ޖަހާކަމަށް ވާނަމަ އިތުރު 15 ޕައުންޑް (18 ޑޮލަރު) ހޭދަ ކުރަން ޖެހެ އެވެ.

"މިއީ ރޮމާ ދުވާލު އަހަރުމެން އަތުން ވައްކަންކުރުން ކަހަލަ ކަމެއް. އިގްތިސާދީ ގޮތުން ހުރިހާ ގައުމެއްވެސް އޮތީ އެހާ ރަނގަޅު ހާލަތެއްގައެއް ނޫން. މި އަގުގައި ޖާޒީ ގަނެވޭނެ ފެންވަރެއް އަހަރެންގެ އެއް ނެތް. މިއީ މަހުޖަނުންނަށް ވިއްކަން ނެރުނު އެއްޗެއްހެން ހީވަނީ" ރުޅިގަދަވެފައި ހުރި އިންގްލެންޑްގެ ސަޕޯޓަރެއް ބުންޏެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުން މި ޖާޒީތައް ތައްޔާރުކޮށްފައިވަނީ ކޮން ގައުމަކުންކަން ބުނަން އިނގިރޭސި އެފްއޭއިން ދެކޮޅު ހަދަ އެވެ. ނަމަވެސް ޖާޒީތަކުގެ އެތެރޭގައިވާ ލޭބަލްގައިވާ ގޮތުން މި ޖާޒީތައް ތައްޔާރުކޮށްފައިވަނީ ތައިލެންޑުގައި ހުންނަ ނައިކީގެ ފެކްޓަރީ ތަކުންނެވެ.

ތައިލެންޑުގެ ފެކްޓަރީތަކުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު މީގެ ޖާޒީއެއް އުފައްދަން ހޭދަވަނީ 11 ނުވަތަ 12 ޕައުންޑް (12 ނޫނީ 13 ޑޮލަރު) އެވެ. އެއީ އެއަށް ބޭނުންވާ ސާމާނަށް ހަރަދުވާ ހަތް ޕައުންޑާއި އުފެއްދުމަށް ހޭދަވާ ހަތަރު ޕައުންޑް (4.72 ޑޮލަރާއި 8.27 ޑޮލަރު) އެވެ.

ފެކްޓަރީތަކުން މިހާ ކުޑަ އަގެއްގައި ޖާޒީތައް ތައްޔާރުކުރެވޭއިރު، ބޮޑު އަގުގައި ޖާޒީ ވިއްކުމަކީ އިނގިރޭސި އެފްއޭއިން ކުރާ ބޮޑު ވައްކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

އިނގިރޭސި ގައުމީ ޓީމްގެ ޖާޒީ އަގުބޮޑުކޮށް ވިއްކާ މައްސަލަ މީގެ ކުރިންވެސް އެތައް ފަހަރަކު ފެންމަތިވި އެވެ. 2008ގައި 40 ޕައުންޑް (47 ޑޮލަރު) އަށް ވިއްކަމުން އައި ޖާޒީތަކުގެ އަގު މިހާރު 70 ޕައުންޑް (82 ޑޮލަރު) އަށް އަރައިގެން ދިޔުމަކީ ސަޕޯޓަރުންނަށް ލިބޭނެ ބޮޑު މާޔޫސްކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox